ހުވަދު އަތޮޅުގެ ކުދި ވިޔަފާރިތަކަށް ހާއްސަކޮށް ކުރިއެރުވުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހުވަދޫ ފައިނޭންސް ކޯޕަރޭޝަން ގެ ނަމުގައި ބޭންކެއް ތައާރަޕް ކުރުމުގެ މަސައްކަތް ގއ، އަތޮޅު ކައުންސިލުން ފަށައިފިއެވެ.

ގއ.އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހްމަދު ނަޒްމީން "ވަގުތަށް" ވިދާޅުވީ އެ ބޭންކް އުފައްދަން ބޭނުންވާ ގާނޫނުތަކާއި ގަވައިދު ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި ރޯދައިގެ ކުރިން ބޭންކް ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ބޭންކް އުފައްދުމަށް ހަމަޖެހިފައިވަނީ 10 މިލިއަން ރުފިޔާގެ ކެޕިޓަލްއިން އެވެ. އޭގެ ތެރޭގައި ކައުންސިލުން އިންވެސްޓް ކުރާ ފަސް މިލިއަން ރުފިޔާ އާއި ދައުލަތުން އިންވެސްޓް ކުރާ ފަސް މިލިއަން ރުފިޔާ ހިމެނެއެވެ.

ހުވަދޫ ފައިނޭންސް ކޯޕަރޭޝަންގެ ނަމުގައި ބޭންކެއް ހުޅުވަން އުޅޭކަން އިއުލާން ކުރީ ގއ. ވިލިނގިލީ ބިޒްނަސް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޑިކްޓޭޓަރ ހުސެންހަލީމް

    ކައުންސިލަށް 5 މިލިޔަން ދެނީކީ ދައުލަތަކުން ނޫންބާ؟ އެހެންކަށް ވާނަމަ ތި 10 މިލިއަންއަކީ ދައުލަތުގެ ފައިސާކަމަށް ކީނަމަ ރަނގަޅުވީސް.

  2. ހުވަދޫ މީހާ

    ހުވަދޫ ފައިނޭންސް ކޯޕަރޭޝަންގެ ނަމުގައި ބެންކް ހަދަނީ އެކަމް ގއ ވިލިގިލާމީހުން އެޑްވާންޓޭޖްނަގަނީ ތީތިކަޑައޭ ބްރޯ ?

  3. ބާރައް??????

    ކައންސިލް ވޯޓްލާދުވަހައް ތިބޭންކު ހުޅުވޭވަރުވާނެދޯ????

  4. ޢަލިބެ

    ކުއްލިއަކަށް ގއ ގައިކުއްލިއަކަށް ބެންކެއް ހުޅުވަން މިޖެހުނީ ކީއްވެބާ؟ އެހެން އަތޮޅުތަކުގައި އެއަތޮޅުގެ ނަމުގަ ބެންކް ހުޅުވައި ނުދެނީ ކީއްވެ؟ ކޮންމެވެސް މީހަކު ވެރިކަންކުރާ ޤައުމެއް އުފެއްދުމުގެ ކޮޅުމަތި ފެންނަނީކީ ނޫންބާ ؟

  5. ޝަފާނާ އަލީ

    މައުމޫނުގެ މަންމަ ގެ ރަށް.