އިދިކޮޅު ޕާޓީތަކުން ބޭނުންވާ ގޮތައް އިލެކްޝަންސް ކޮމިޝަން އެކުލަވާކަން އިދިކޮޅު ފަރާތްތަކުގެ ނަމުގައި އަދާލަތު ޕާޓީ އިން ގޮވާލައިފިއެވެ.

އަދާލަތު ޕާޓީގެ ވެބްސައިޓްގައި އާންމު ކޮށްފައިވާ ބަޔާނެއްގައި މިހެން ބުނީ އީޔޫ އިން ދިވެހި ސަރުކާރަށް ހުށަހަޅާފައިވާ ހުށަހެޅުންތަކާއި ގުޅިގެންނެވެ.

އީޔޫ އިން ރާއްޖެ އަށް ހުށަހެޅި އިސްލާމްދީނާއި ހިލާފު ކަންތައްތައް އިދިކޮޅު ފަރާތްތަކުން ކުށްވެރިކޮށް، އެކަންކަމާއި ދެކޮޅަށް އަޑުއުފުލާފައި ނުވާތީ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ނެރުނު ބަޔާނުގައި ބުނީ އިސްލާމްދީން އުޒުރަކަށް ހަދައިގެން އިންތިޚާބާ ގުޅޭ ކަންކަން އިސްލާހުކުރުމަށް ދެކޮޅުހެދުމުގެ ބަދަލުގައި، މިނިވަން އިންސާފުވެރި އިންތިޚާބަކަށް މަގުފަހިކުރުމަށްޓަކައި ވިލާތުގެ އިއްތިހާދުގެ އިރުޝާދުތައް ތަންފީޒުކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި ސަރުކާރަށް އެއްބަސްވެވޭ މެންބަރުންގެ މައްޗަށް އެކުލަވާލާ އިލެކްޝަންސް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް ލަސްނުކޮށް ފެށުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

"ބައިނަލްއަޤުވާމީ މުޢާޙަދާތަކުގައި ބައިވެރިވުމަށް ދިވެހިރާއްޖެއިން މިހާތަނަށް ގެންގުޅެމުން އަންނަ އުސޫލަކީ އެހެނިހެން އިސްލާމީ ޤައުމުތަކުންވެސް ޢަމަލުކުރަމުން އަންނަ ފަދައިން އެ މުޢާޙަދާތަކުގައި ހިމެނޭ އިސްލާމް ދީނާ ޚިލާފުކަންކަން ފިޔަވާ ދެންހުންނަކަންކަމަށް އެއްބަސްވުންކަމަށް ވާހިނދު، ބައިނަލްއަޤުވާމީ ފަރާތްތަކުން ދެމުންއަންނަ އިރުޝާދު ތަކަށްވެސް އެއުސޫލުން ޢަމަލުކުރަންވާނެ ކަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ދެކެމެވެ." އަދާލަތު ޕާޓީގެ ވެބްސައިޓްގައި އާންމު ކޮށްފައިވާ ބަޔާނުގައި ވެއެވެ.

ބަޔާނުގައި ބުނެފައި ވަނީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި އެޤާނޫއަސާސީގެ ދަށުން ހެދިފައިވާ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފަށް ޝަރުޢީ ކޯޓުތަކަށް ނުފޫޒު ފޯރުވާގެން ސިޔާސީ ލީޑަރުންނާއި އިސްލާހަށް މަސައްކަތްކުރާ ފަރާތްތައް ނުޙައްޤުން ބަންދުކޮށް ބޮޑެތި ޣައިރުޤާނޫނީ ޙުކުމްތައް އިއްވަމުންދިއުމާއި، ސަރުކާރުގެ ޣައިރުޤާނޫނީ އަމުރަށް ތަބަޢަވެ ފުލުހުން މިފަދަ މައްސަލަތަކާގުޅޭ ހެކިއުފައްދާގެން ޣައިރުޤާނޫނީ ތަޙުޤީޤުތައް ކުރިޔަށް ގެންދާތީ އާއި އަދި އެއްވެސް ހަމައެއްނެތި ދައުލަތުގެ ނަމުގައި ޕޮރޮސެކިއުޓަރ ޖެނެރަލް މިފަދަ މައްސަލަތަކުގައި ދައުވާ ކުރަމުންދާކަމީ ވާދަވެރި އަދި ހަމަހަމަ އިންތިޚާބެއް ކަށަވަރުކުރުމަށްޓަކައި އެތައްކަމެއް އިސްލާޙުކުރަންޖެހޭކަމުގެ ހެއްކެކެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޢަފްލާ

    ޢަދާލަތު މިހާރުނމިހާރަށް އުވާލަންވީ 10000 މީހުން ހަމަ ނުވެޔ

  2. ހުޅުމާލެ ޗެމްޕިއަން

    މިހާރުފެންނަމުންދާ މަންޒަރުތަކުން އަޅުގަނޑުމެންފަދަ ކިތައްބޭބޭފުޅުންބާއޭ ހިޔާލާ ފިކުރުބަދަލުވެފަވާނީ. އިދިކޮޅުގެ މުޒާހަރާތައް ފެނިގެންމިދަނީ ޕާޓީސިސްޓަމް އައިފަހުން ވެސް ބަޔަކު ކުރި އެންމެ ވަންދު ކަންނެތް އެއްވެސްކަހަލަ ޖޯސާއި ފޯރިއެއް ނެތް މުޒާހަރާއާ އެއްވުންތަކެއް ގޮތުގަ. ކަންމިހެން އޮއްވާވެސް އަޅުގަނޑުފަދަ މަދު ބަޔަކު ނިކުމެ ތިޔަ މުޒާހަރާތަކާ އެއްވުންތަކުގެ ބޯވެސް ގިނަކޮއްލަދިނީމު.އެހެންނަމަވެސް އީޔޫ އާ ގުޅިގެން ތިޖަހާ ސަކަރާތާ ގުޅިގެން އަޅުގަނޑުވެސް މި ގަސްތުކުރަނީ އިދިކޮޅުންވަކިވެގެން ގޮސް ސަރުކާރާގުޅި އަދި ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް އާ ގުޅިގެންކުރިޔައްދާން. އެހެނީ އިސްލާމްދީނާ އިސްލާމްވަންތަކަމަށް ރައީސް ޔާމީން ބަހައްޓަވާ ސައުގުވެރިކަންް ފެނި ނުގުޑާފަދަ އަޖުމްފެނިފަވެސް އަޅުގަނޑުވެސް ހަމަ ކޮސްވެއްޖެ! އެހެރަ ބޮޑެތި ސިންގާހާ ގައުމުތަކާ އަލިފްދާލު ފަދަ ބޮޑެތި ބިޔަ ތަންތަނައްވެސް އިސްލާމް ދީނާ މި ފަސްގަނޑުގެ ހައްގުގަ ރައީސް ޔާމީން އެއްވެސް ޖެހިލުމެއް ނެތި ތިޔަ ދެއްވާ ރައްދުގެ ފޮނި މީރުކަން އަޅުގަނޑުގެ މި ރީނދޫ ހާޓް އަށްވެސް ފުންކޮށް ކޮއްފިކަން ގަބޫލް ކުރަން. ރައީސް ޔާމީން އެވެ. އަޅުގަނޑު މަނިކްފާންގެ އަރިހުން މާފަ އެދޭހާލުގަ މަނިކްފާން 2018 އިންތިހާބައް ހޮވުމައްޓަކައި ކުރެވެންހުރި ހުރިހާކަމެއް ކޮއްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ﷲގެ ވާގިފުޅާއެކުގަ އަރުވަން. ކުރިޔައް ދިވެހި ގައުމް އިސްލާމް ކަންމަތީގަ. ރައީސް ޔާމީން އައް ސުކުރު ރައްޔިތެއްގެ ހައިސިއްޔަތުން .

  3. ރާއިޒް

    ޝަރީފް ކަހަލަ ސިޔާސީ އަދި ޕީޕީއެމްގައި ވަރަށް ކުރީ ސަފުގައި އަޑުގަދަކުރާ މީހަކު ތިތަނަކަށް ލީމަ ވަރަށް ސުވާލު އުފެދޭ.

  4. ޙަސަން

    ތިޔައީކީ އަދާލަތު ޕާޓީއެއްވެސް ނޫން ބޭއަދުލް ޕާޓީ. ތިޔަޕާޓީ އަކުން ވިޔާދާ ހަމަ އެކައްޗެއްވެސް ނުކިޔާނެ

  5. ނަފުރަތު

    އާނ ކަލޭމެން ބުނެލާއިރަށް ވާނެ...

  6. ހުމާމު

    ތި ޕާޓީ ގަނޑު އުވާލާ. ތީ ދީނުގެ ނަމުގައި މީހުން މަގުފުރައްދާ، ނުބައި މީހުންނަށް ވާގިވެރިވާ ބައިގަނޑެއް!

  7. މަރިޔަބު

    އަދާލަތު ޕާޓީގައި ތިބީ ދީނީ އިލްމުވެރިންތަ؟ މަށަކީ ދީނީ އިލްމުވެރިޔެއްނޫން، އެކަމު ހަމަ މިމީހުންބުނި އަޑުއެހިން، ޔަހޫދީންނާއި ނަޞާރައިން އެމީހުންގެ ދީނަށް ތަބާނުވާހާ ހިނދަކު އެމީހުން ނުރުހޭނެ ކަމަށްވެސް. ދެން އީޔޫއިން ބުނާކަމެއް ކުރަންވީ ކީއްވެ؟

  8. ވާނު

    އަދާލަތު ޕާޓީގައި އިސްލާމު ދީން ދެކެ ލޯބިވާ މީހަކު ނެތީތަ؟ އަލީ ޒާހިރު ސިދާތާމެން ވެރިކަމުގެ ދަހިވެތިކަމުގަ އަދާލަތު ޕާޓީގެ ނަމުގައި ކޮންމެ ކަމެއްކުރިޔަސް ހެޔޮވެގެން ތިތިބެނީ؟ އަދާލަތު ޕާޓީގެ އިލްމުވެރިން ކައިރީ އަހާލަން ބޭނުން އާޚިރަތަށް ވުރެ މިދުނިޔެ މުހިންމު ވީތޯއެވެ؟

  9. ހުސޭނުބޭ

    އެއީ ކީއްކުރަން....... ވައްކަންކުރެވޭނީވެސް އޭރުންދޯ!

  10. ޙާލުގެދުލުން

    ޥޯޓް ލާވެން ޔާމީނަށް %5 ވޯޓް ނުލިބޭއިރު އިލެކްޝަން ކޮމިޝަން ބަދަލުކުރަން އުޅެނީކީއްކުރަނބާ އިދިކޮޅަށް އިންތިޚާބު ކާމިޔާބުނުވާނެކަން ޔަގޭންވީބާ