ސަރުކާރާއި ޕާޓީއާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ރަށްޔިތުންގެ ޝަކުވާތައް ހައްލުކުރުމަށް މަސަތްކަތް ކުރަމުން ގެންދާނެ ކަމުގައި އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ތަރުޖަމާނު އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.

އަފްޝާން ވިދާޅުވީ އެމްޑީޕީން އެޖެންޑާ 19 އަށް ހުށަހެޅި ސިޔާސަތުގެ ދަށުން މަޖިލީހުގައި ކުރެވެމުންދާ މަސަތްކަތްތަކުން އެކަން ފެނިގެންދާނޭ ކަމަށެވެ. "ރަށްވެހި ފަތިހަކީ" ބޮޑެތި ބާރުތަކެއް ލިބި ބަޖެޓާއި އެކު ހޮވިގެންދާނެ ކައުންސިލް ތަކެއް ކަމަށް އަފްޝާން ވިދާޅުވިއެވެ.

އަފްޝާން ވިދާޅުވީ އެމްޑީޕީން އެދޭ "ރަށްވެހި ފަތިހެއް"ގައި ކައުންސިލްތަކަށް ލިބިފައިވާ ބާރާއި ބަޖެޓް ބޭނުންކުރާނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި ރައްޔިތުންގެ ފުރިހަމައަށް ބައިވެރިވުން އެކުލެވޭ ގޮތަކަށް ކަމަށެވެ.

މީގެ އިތުރުން 33 ޕަސަންޓް އަންހެނުން ރިޒާވް ވެފައި އޮތުމުން އަންހެނުންގެ ފުރިހަމަ އެއްބާރުުމާއި އެކީ ރަށްރަށުގެ ހިންގޭ ހުރިހާ ޕްރޮޖެކްޓެއް ހިންގޭނީ އަންހެނުންގެ ހިއްސާ އާއި ބާރުވެރި ކަމުގެ މަތީގައި ކަމުގައި އޭނާ ވިދާޅުވިއެވެ.

"ސަރުކާރުން ކުރިއަށް ރާވާފައިވާ މަޝްރޫއުތަކާއި އަދި ކައުންސިލް ތަކުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއު ތަށް ކުރިއަށް ގެންދެވޭނެ އެންމެ ފުރިހަމަ ގޮތަކީ ސަރުކާރުގެ މި ވިސްނުމާއި އެޖެންޑާ 19 ގެ މި ވިސްނުން ފުރިހަމައަށް ގަބޫލުކޮސްގެން އެ ކަންކަމުގައި ޝާމިލުވެ އުޅެފައި ތިބި ބަޔަކު އިންތިހާބު ވެގެން" އަފްޝާން ވިދާޅުވިއެވެ.

އަފްޝާން ވިދާޅުވީ ވީހާވެސް ގިނަ ބަޔަކު އެމްޑީޕީއަށް ކައުންސިލްގެ މެޖޯރިޓީ ދިނުން ވަރަށް މުހިންމު ކަމަށެވެ. އެމްޑީޕީން ދަނީ ވޯޓުލުމާއި ބެހޭ ގޮތުން ރައްޔިތުން އަހުލުވެރިކުރުުވުމަށް ޕްރޮގްރާމްތައް ހިންގަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އަލިފް

  ނޯނީޑް ދަ ޝަކުވާ ޓުޔޯ ޕާޓީ ނައު ލޭޑީ........2023 ޔާން........

 2. ހުވަދޫ ޑޮކް

  ތިޔަކަންތައްތައް ދެނެއް ހައްލެއް ނުކުރެވޭނެ ! ރައްޔިތުންނަށް އެނގިހާމަވެ ހިނގައްޖެޔޭ ތިޔަ އެމްޑީޕީއަކީ " ޖަމަލު ފޮނޑި" ޕާޓީއެއްކަން !! މި ޤަޢުމުގެ ރައްޔިތުން ވާވައްދަން ދޮގާއި މަކަރުވެރި ސަޅިބައިސާ ކަނޑިއްޖެ މިހާރުވާވަރަށް !! އިތުރަށް ރައްޔިތުން ވާވައްދަން މަސައްކަތް ނުކުރިއްޔާ ރަނގަޅުވާނީ!

 3. ކަޅޯއް

  ކޮންޕާޓީ ތަކަކާ ގުޅިގެން މިހާރުގުޅިގެން އުޅޭ ޕާޓީތައްކޮބާ ކަލޭމެންގެ އަސްލުސޫރަ މިހާރު އަހަރެމެންނައްފެނިއްޖެ ކަންތައްކުރެވޭމީހުންނާ ނުކުރެވޭމީހުންވެސް ފެނިއްޖެ މިހާރުތިއުޅެނީ ކައުންސިލް އިންތިޚާބު ހޯދަންވެގެން މިފަހަރު އިރާދަކުރެއްވިއްޔާ އަހަރެމެން އެމްޑީޕީއަކައްވޯޓް ދޭކައްނެތީން

 4. Anonymous

  ލާދީނީ މުރުތައްދު ބަޔަކައް ހައްލު ކުރެވޭނީ ކޮންކަމެއް. ޢަމިއްލަ ނަފްސު ފުރަތަމަ އިސްލާހް ނުވާ ބަޔަކައް އަދި ﷲ ސުބުހާނަހޫ ވަތަޢާލާގެ ހައްގުތައް އަދާ ނުކުރެވޭ ބަޔަކައް ރައްޔިތުންގެ ހައްގުވާނެތަ އެއްޗަކައް. ނުވާނެކަން ޔަގީން