ޓީސީއެލްގެ ސަޕޯޓަރުން ފައިނަލް މެޗްގައި ޓީމަށް ސަޕޯޓް ކުރަނީ – ފޮޓޯ: ކްލަބް މޯލްޑިވްސް
ޓީސީއެލްގެ ސަޕޯޓަރުން ފައިނަލް މެޗްގައި ޓީމަށް ސަޕޯޓް ކުރަނީ – ފޮޓޯ: ކްލަބް މޯލްޑިވްސް

ކުލަބު މޯލްޑިވްސްގެ ޗެމްޕިއަންކަން ކްލަބު ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ކްލަބު ޓީސީއެލް) އަށް ލިބުނީ "ދިރުމެއް ވާނަމަ އުއްމީދެއް ވާނެ" ކަމަށް ވިދާޅުވެ ރައީސް ޔާމީން ދެއްވި އުއްމީދުން ހިތްވަރު ލިބިގެން ކުރި މަސައްކަތުންކަމަށް މިހާރު ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިންގ ޑައިރެކްޓަރު އަހުމަދު ނާސިފް ވިދާޅުވެއްޖެއެވެ.

ޓީސީއެލް ކްލަބް މޯލްޑިވްސް މުބަރާތުގެ ޗެމްޕިއަންކަން ހޯދުމާއި ގުޅިގެން "ވަގުތު" އަށް ދެއްވި އިންޓަވިއުއެއްގައި ކުރިން ޓީސީއެލްގެ އެމްޑީ އަދި މިހާރު ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެގެ އެމްޑީގެ މަގާމު އަދާކުރައްވާ ނާސިފް ވިދާޅުވީ، ތިލަފުއްޓަކީ އެހެން ސަރުކާރުތަކުން އަޅާނުލާ އޮތްތަނެއް ކަމަށާއި، ރައީސް އަބްދުﷲ ޔާމިން ސަރުކާރު އައިސް އެތަން ވިޔަފާރިވެރިން ބޭނުންވާފަދަ ތަނަކަށް ހައްދަވާދެއްވާފައިވާކަމަށެވެ.

"ތިލަފުށި ވަނީ އެހެން ސަރުކާރުތަކުން އަޅާނުލާ ދޫކޮށްލާފައި. ރައީސް ޔާމީންގެ ސަރުކާރުން ވަނީ ތިލަފުށި ހިންގުމުގައި ވިޔަފާރިވެރިންނަށް ފަހި، ގިނަ ބަދަލުތަކެއް ގެނެސްދީފައި". ނާސިފް ވިދާޅުވިއެވެ.

ނާސިފް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ އުއްމީދީ ސަރުކާރެއް ކަމަށާއި، އުއްމީދީ ސަރުކާރެއްގައި ހުރި އުއްމީދުތައް ވިޔަފާރިވެރިންނާއިއެއްކޮށް މުވައްޒަފުންގެ ހިތްވަރުން ފަހުރުވެރިކަން ގެނެސްދެއްވާފައި ކަމަށެވެ.

"މުވައްޒަފުންގެ އެއްބައިވަންތަކަން އިތުރުކޮށް، ރައްޔިތުން ފަހުރުވެރިކަން ގެނެސްދެއްވައި ގައުމިއްޔަތު ހިފެހެއްޓުމުގައި ރައީސް ޔާމީން ދައްކުވާ ދެއްވާފައި ވަނީ ލާމަސީލު މިސާލެއް"، އެމްޑީ ވިދާޅުވިއެވެ.

ކްލަބް މޯލްޑިވްސްގެ ޗެމްޕިއަންކަން ޓީސީއެލް އިން ހޯދީ މޯލްޑިވިއަން އާއި ބައްދަލު ކޮށެވެ. ޓީސީއެލް އިން މޯލްޑިވިއަންގެ މައްޗަށް ކުރި ހޯދީ 4-1 ގެ ނަތީޖާ އަކުންނެވެ.

މެޗުގައި ޓީސީއެލްއިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު މުހައްމަދު ލިޔާހު ކާމިޔާބުކޮށްދީ ހެޓްރިކް ހަދާފައިވާއިރު އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ރިއްފަތެވެ. މޯލްޑިވިއަންގެ ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށް ދިނީ ހުސައިން އަފްސަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އެމްޑީ ނާސިފަކީ ވަރަށް ހިންގުންތެރި މުރާލި ބޭފުޅެއް!
  ތިލަފުށީގެ ތަރައްޤީއަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި އަދި ކުރައްވަމުން ގެންދަވާ ބޭފުޅެއް! އުންމީދަކީ
  ގުރޭޓާރ މާލޭ އިންޑަސްޓްރީ ޒޯން އެމަނިކުފާނުގެ ޒަޢާމަތުގައި ތަރައްޤީވުން!

 2. ސާބަހޭ އެމްޑީ ނާސިފް! ރައީސް ޔާމީނުގެ ފަހަތްޕުޅުގައި ކުންފުނި ތަރައްޤީ ކުރެއްވުމަށް ހިތްވަރާއި އެކުމަސައްކަތް ކުރައްވާކަން ތިލަފުއްޓަށް އަރާފައިބާ ރައްޔިތުންނަށް ފެންނާނެ! މިހާރު އެއީ ކުރީގެ ތިލަފުއްޓެއް ނޫން! ވަރަށް ސަޅި ތަނެއް!

 3. ޝުކުރިއްޔާ ރައީސް ޔާމީންް.

 4. ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެގެ އެމްޑީގެ މަގާމު އަދާކުރައްވާ ނާސިފަކީ ވަރަށް ހީވާގި އިހްލާސްތެރި
  ބޭފުޅެއް!

 5. ހުރިހާ ކުދިން ވެގެން ޔާމީނަށް ވޯޓް ދީގެން ދީން ޙިމާޔަތް ކުރަންވީ އަވަހަށް މިސަރުކާރަށް ނޫނީ ދީން ޙިމާޔަތެއް ނުކުރެވޭނެ އަދުރޭ މެންކަހަލަ ދީންވެރި ބޭފުޅުން އަބަދުވެސް ސަރުކާރުގައި ތިބީމަ ދީން ރަނގަޅަށް ބެލެހެއްޓޭނީ