ސުލޫކީ މައްސަލައެއް ބަލަމުން ދަނިކޮށް އަމިއްލަފުޅަށް ރިޓަޔާވާ ފަނޑިޔާރުން އަށް އިނާޔާތް ނުލިބޭގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހަމަޖައްސައިފި އެވެ.

ޖޭއެސްސީން ފަނޑިޔާރުންގެ ގާނޫނުގެ ދަށުން ސިއްހީ ސަބަބަކަށްޓަކައި ނުވަތަ އުމުރުން 55 އަހަރު ވުމުން މަގާމުން ރިޓަޔާ ކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގެ ގަވާއިދުގައި ކުރިން އޮންނަނީ ފަނޑިޔާރުންގެ ގާނޫނުގެ ދަށުން އަމިއްލައަށް އެދިގެން ނުވަތަ ސިއްްހީ ސަބަބުތަކަށްޓަކައި ޖޭއެސްސީން ރިޓަޔާ ކުރަން ނިންމާ ބޭފުޅުންނަށް އިނާޔަތްތައް ހަމަޖައްސައިދޭ ގޮތަށެވެ.

މިދިޔަ ހަފްތާ ޖޭއެސްއީގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން، ރިޓަޔާ ކުރައްވަން އެދިވަޑައިގަންނަވާ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަމުން އަންނަ ނަމަ ނުވަތަ އެފަދަ މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅިފައިވާ ނަމަ، އެ ފަނޑިޔާރަކަށް އިނާޔަތް ހަމަޖައްސައި ނުދެވޭނެ އެވެ.

ނަމަވެސް ރިޓަޔާވާން އެދިފައިވާ ފަރާތުގެ އެއްވެސް މައްސަލައެއް ނެތްކަމުގައި ވާނަ ހަމަ ކުރީގައި ވާގޮތަށް ކުރިންވެސް އޮންނަ އުސޫލުގެ މަތިން މާލީ އިނާޔަތްތަކާއި ލިވިން އެލަވަންސާއި މެޑިކަލް އިންޝުއަރެންސްގެ އިތުރުން ސެކިއުރިޓީ ހަމަޖައްސައިދެވޭނެ ކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު