މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ފެތުރެމުން އަންނަ ގައުމުތަކުގެ ތެރޭގައި، ހިމެނޭ ހަތް ގައުމަކަށް ދިވެހިން ދަތުރުކުރުމުގައި ސަމާލުކަން ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭ ދެންމެ ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، މިދުވަސްވަރު ހަލުވިކަމާއެއެކު ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ ކޮވިޑް 19ގެ ހާލަތު އެ އެޖެންސީ ބަލަމުންދާ ކަމަށެެވެ. އެގޮތުން ޗައިނާގެ އިތުރުން ދެކުނު އިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކުގައި، ޗައިނާއަށް ދަތުރުކޮށްގައި ނެތް ފަރާތްތަކުގެ ކިބައިންވެސް މި ބަލި ފެނި، އެ ގައުމުތަކުގައި ބަލި ފެތުރެމުންދާ ކަމަށް ފާހަގަކުރެވިފައިވާކަމށަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ޖަޕާން، ސިންގަޕޫރް، ހޮންގް ކޮންގް، ސައުތް ކޮރެއާ، ތައިލެންޑް، އީރާން އިޓަލީއަށް ދަތުރު ކުރެއްވުމުގައި މުހިންމު ސަމާލުކަމެއް ދެއްވުމަށް އެދޭ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

ކޮވިޑް 19 ޖެހިގެން ގިނަ މީހުން މަރުވެފައި ވަނީ ޗައިނާއިންނެވެ. އެ ގައުމުގެ އިތުރުން، އީރާނުގައިވެސް މި ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު ކޮންމެ ދުވަހަކު ދަނީ އިތުރުވަމުންނެވެ. އަދި ކޮވިޑް 19 އާއި ގުޅިގެން ދެކުނު ކޮރެއާގައި ވަނީ ސިއްހީ ކުއްލި ހާލަތު އިއުލާނު ކޮށްފައެވެ.

ޗައިނާ އިން އިއްޔެ އާއި ހަމައަށް ކޮވިޑް 19 ޖެހިގެން މަރުވި މީހުންގެ އަދަދި 2442 އަށް ވަނީ އަރާފައެވެ. ޗައިނާ ފިޔަވައި އެހެން ގައުމުތަކުން ވަނީ 19 މީހަކު މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އެލެކްސް

    އިންޑިއާ ނެތީ ކީއްވެބާ މޯޑީ ދެކެ ބިރުން ދޯ؟ ޓްރިވެންޑްރަމް ގަވެސް ބަލި އުޅޭ ކަމަށް ބުނޭ.

    15
    1
  2. Anonymous

    އިންޑިއާގައި ނެތް ދޯ ކޮރޯނާއެއް

    11
    3
  3. ށސ

    ތިހެން ލާޗާރު ބިޗާރު ވާހަކަދެއްކިޔަސް ވާނެކަމެއްނޯންނާނެ! އަންނަވަރަކަށް އަންނާނެ! ދާނެވަރަކަށްދާނެ! ޢަޢީމާ ތެޅިގަންނާނެ! ޢޭރު އޮންނާނީ ވާނެ ހައެތި ވެފަޢި.

    21
  4. ބަބުރު

    އެހެންވީމަ ޗައިނާ އަށް ދަތުރުކުރިޔަސް ހެޔޮ ދޯ

    7
    8
  5. ކޮރޯނާ

    ދިވެހިން ނުދިޔުމުން ވައިރަސްއެއް ނާރާނެ. ޙެޔޮ އެތަނުން ކިތަންމެ ބަޔަކު ރާއްޖެ އައިސް މަގުތަކުގަ އުޅުނަސް...

    26
    1
  6. ޥާނުވާ

    ޥާނުވާ ބަލާނުލާ ގައުމުތަކެއްގެ ނަންތަކެއް ލިސްޓްކޮށްލުމަކީ އެންމެ ރަގަޅު ގޮތެއް ނޫން. ތައިލެންޑަކު އެއްވެސް ވަރަކަށް ނުފެތުރޭ. ބޮޑު އާބާދީ އަކުން 35 މީހުން ޕޮސިޓިވް ވެފަވަނީ އަދި މީގެ ތެރެއިން 21 މީހުން ވަނީ އެއްކޮށް ރަގަޅު ވެފައި. އަދި މީގެތެރެެއިން 23 މީހުނަކީ ޗައިނާއަށް ދަތުރު ކޮށްފައިވާ މީހުން. ރަގަޅު މައުލޫމާތުގެ މައްޗަށް ބިނާކޮށް މިފަދަ މުހިއްމު ނިންމުންތައް ނިންމުން އެދެން

    13
    2
  7. ކޮހާން

    ގައުމުތަކުގެ އިގުތިސާދަށް ގެއްލުންވާތީ ހަގީގަތް އޮޅުވާލަމުން
    މީޑިޔާ އިން ޚަބަރު ފެތުރުން ކޮންޓުރޯލްގެންއުޅެނީ. ބޮޑެތި އާބާދީ އޮންނަ ސާފުތާހިރުކަމަށް ސަމާލުކަން ނުދޭ ގައުމު ތަކުގައި މިވައިރަސް ނެތި ދިއުމަކީ ނާދިރުކަމެއް.

  8. މަނިކ

    ޢިނޑިއާ ޢިސްތިސްން