ގިނަ މީހުން އެއްވެގެން ހިންގާ ހަރަކާތްތައް ނުބޭއްވުމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްގެ ހާލަތު އެ އޮތޯރިޓީން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އެގޮތުން ޗައިނާގެ އިތުރުން ދެކުނު އިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކަށް ޗައިނާއަށް ދަތުރުކޮށްފައި ނުވާ ފަރާތްތަކުގެ ކިބައިންވެސް އެ ބަލި ފެނި، އެ ގައުމުތަކުގައި ބަލި ފެތުރެމުންދާ ކަމަށް ފާހަގަކުރެވޭ ކަމަށް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން، ޖަޕާނާއި ސިންގަޕޫރާއި ހޮންގް ކޮންގް އަދި ސައުތް ކޮރެއާ ތައިލެންޑާއި އީރާނުގެ އިތުރުން އިޓަލީއަށް ދަތުރުކުރުމުގައި ސަމާލުކަން ދިނުމަށް އެ އޮތީރިޓީން ވަނީ އިލްތިމާސްކޮށްފައެވެ. މީގެއިތުރުންވެސް ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކުން ބައެއް ކަންކަމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެގޮތުން ދަތުރު ކުރާ ގައުމެއްގައި ބަލި ފެތުރޭ މިންވަރާއި، ސަރަހައްދުތައް ދެނެގަތުމާއި، އެ ގައުމެއްގެ ސަރުކާރުން ރައްކާތެރިވުމަށް އެޅުމަށް އަންގާފައިވާ ފިޔަވަޅުތައް ދެނެގަނެ، އެކަންކަމަށް އަމަލު ކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

މީގެ އިތުރުން އެޗްޕީއޭއިން ވަނީ، ރޯގާޖެހި ހުސް އައިސްފައި ތިބި މީހުންނާއި ކައިރީގައި ނޫޅުމަށާއި، ސައިބޯނި ލައިގެން ގިނަ ގިނައިން އަތް ދޮވުމަށާއި އަދި ސައިބޯނި ނެތް ނަމަ ހޭންޑް ސެނިޓައިޒާ ބޭނުންކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ދަތުރު ކުރުމަށްފަހު އެނބުރި އައިސް، ރޯނގާ ޖެހި، ކެއްސާ، ހުން އައުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ގޭގައި މަޑުނުކޮށް، ރަނގަޅު ނުވެ ގިނަ ދުވަސްވާ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށްވެސް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސޭކްސްތާން

    ލާދީނީ ސަރުކާރު ނޭވާ ހޮލިއަށް އެޅިފައިވާ ކަމުގެ ފުރިހަމަ ހެއްކެއް މީ ޕީޕީއެމް ލޯކަލް ކައުންސިލް އިންތިޚާބު ކެމްޕޭން ލޯންޗުކުރަން ބާއްވާ ޖަލްސާއަށްދާ މީހުން ބިރުގެންނެވުން

  2. ޥަސީލާ

    ބަލަ ތިހެންބުނަނީ މިގައުމަށް ވައިރަސް އައިސްގެން ތި ފެތުރެނީތަ؟ ކަމެއްސިއްރުކުރަނީ ނޫންބާ؟ އެކަހަލަ ކޭހެއް އަނެއްކާ ކަރަންޓީނުކޮށްގެންތޯ ތިއުޅުއްވަނީ؟

    5
    1
  3. ކުރާ

    ޢެއްވެސް ޕްލޭނެއް ނެތި އެއިރަކު ހިތަށް އެރި އެއްޗެއް ތިކިޔަނީ! މިތާމިއުޅޭ މީހުންގެ އަމަލު ތައް މިގޮތަށް ހުރެއްޖެނަމަ ޔައުނީ ބޭރުމީހުން ތިޔައިގެ ކޭހެއް މިތަނުން ފެނިއްޖެނަމަ ޖެހޭނީ ނޯތުކޮރެޔާގައި ހެދިގޮތް ހަދަންތޯ؟ ޥަރު ވަރުގެ ވެރިން ބޮޑުމުސާރަ ދީފަ ތިޔަމިނިސްޓްރީއަށް ވައްދާ އެބަ! ޢިލްމު ލިބިގެން އަމާބުނީތީ ފަރަށްދިޔަޔަސް ކަމަކުނުދާނެ!

  4. ރައްޔިތު

    ޕީޕީއެމް ޖަލްސާއަށް އަމާޒުކޮށް ބޯޅަ ޖަހަން ތިފެށީދޯ؟!

  5. މަބޭ

    ސަރުކާރުގެތާއީދުދައްވުމުން އިންތިހާބުލަސްކުރަން އުޅޭހެންހާދަހީވެޔޭ

  6. ޓްރިޕްލް ފޯ

    އެޗް ޕީ އޭ އަށްވެސް އެ ނގޭ އެމްޑީޕީގެ ހުރިހާ ކެމްޕެއި ނަކާ ޖަލްސާ ތައް ނިމިއްޖެކަމާ ޕީޕީއެމް ގެ ސިޔާސީ ހަރަކާތް ފެށެ ނީކަ ން. 444 ސަރުކާރު

    6
    1
  7. މަނިކެ

    ލާދީނީ ނުވަތަ ދީނީ މިހެން އެއްވެސް މީހަކާއި ދިމާލަށް ނުވަތަ ވަކި ޕާޓީއަކަށް ނިސްބަތްކޮށް ބުނުމުގެ ޙައްޤު އެއްވެސް މީހަކަށް ނޯނާނެ ދޯ؟

  8. ބިސް

    މީގެން ހީވަނީ ވައިރަސް ރާއްޖެއައިސް ފެތުރެނީހެން...ނޫނީ އިދިކޮޅުން ބާއްވާ ޖަލްސާއަށް ތަންކޮޅެއް ގިނައިން މީހުން ހިނގައިދާނެތީ މޭކަރަނީ...ކަޑަ ސަރުކާރެއްނު...މަ އުންމީދުކުރީ އިބޫ ވަރަށް ހިންގަލާނެ ކަމަށް. އެކަމަކު ސަރުކާރަށް ޖެހުނީ ކެންސަރެއް، އޭގެން ސަލާމަތް ނުވެވުނުތާ ހައްތަހާ ދަނީ ބަލިބޮޑުވަމުން. އިބޫއަށް އޮތް ނަސޭހަތަކީ ތި އަންނި ކިބައިން މިންޖުވާށޭ އަވަހަށް. ނޫނީ ކޮށިދަނޑު ގެއްލި، މަރިޔަބު ގެއްލި، ކަތިވަޅިވެސް ގެއްލޭނީ...