ކުރީގެ ރައީސް އަބްދުﷲ އަބްދުލްގައްޔޫމްގެ މައްޗަށް އިއްވާފައިވާ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމްގެ އިސްތިއުނާފީ ޝަރީއަތުގެ އަޑުއެހުމެއް ހައިކޯޓުގައި މާދަމާ ބާއްވަން ތާވަލުކޮށްފިއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވީ، ގއ. ވޮޑަމުއްލާ ކިޔާ ފަޅު ރަށެއް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލައެއްގައެވެ.

އެ މައްސަލަ އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހަޅާފައި ވަނީ ނޮވެންބަރު 30 ވަނަ ދުވަހު އެވެ.

ކޯޓުގެ ޝެޑިއުލްގައިވާގޮތުން، އެމަނިކުފާނު މައްޗަށް އިއްވާފައިވާ މަނީލައުންޑަރިންގ މައްސަލާގެ އިސްތިއުނާފީ ޝަރީއަތުގެ އަޑުއެހުން އޮތީ މާދަމާ މެންދުރު 13:00 ގައެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމްގެ އިސްތިއުނާފުގެ ދެ އަޑުއެހުމެއް މީގެ ކުރިންވެސް ހައިކޯޓުގައި ކުރިއަށް ދިޔައެވެ. އަދި އެ މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި، ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަން ކުރެވެން ނެތް ކަމަށް ހައިކޯޓުން ވަނީ ނިންމާފައެވެ.

އެ މައްސަލާގެ އަޑު އެހުން މާދަމާ ބާއްވާއިރު، އެމަނިކުފާނު މިވަގުތު އޮންނެވީ އައިޖީއެމްއެޗްގައެވެ. އެމަނިކުފާނު އައިޖީއެމްއެޗްގައި އޮންނެވީ ޓެސްޓުތައް ހެދުމަށްޓަކައި ކަމަށް ކަރެކްޝަނަލް ސާވިސް މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދޫކޮއްލާ

    ތަރައްޤީގެ ބާނީ #ރައީސްޔާމީން ދޫކޮއްލާ

    33
    3
  2. ޢަންސާރު

    މަނިކުފާނު ފަދަ ހިދުމަތްތެރިއެއް ނުދެކެން...ވަރަށް ވެސް ފަހުރުވެރިވެ...ބަޔަކު މޭ ކެރިއަސް ﷲ ގެ ވާގިފުޅާއެކު އަދި މަނިކުފާނު މި ދިވެހި ވަތަނުގެ އިއްޒަތްތެރި ރައީސްޖުމްހޫރިއްޔާގެ މަގާމު ފުރުއްވާނެ...

  3. ހަޖަމް

    ހަޖަމް ނުވި ބުރިޖް އެމްޑީޕީ މީހުން ރައީސްޔާމީން ޖަލަށް ލީ އަންނި ނޭޅޭނެއޭ ބުނި ބުރިޖް ރައީސް ޔާމީންއަޅުއްވައި ދެއްވީމަ ދެންވެސް އެފެންވަރުގެ ބުރިޖެއް ރައީސްޔާމީން ފިޔަވައި އެހެން އެއްވެސް މީހަކަށް ނޭޅޭނެ ހަޖަމް ނުވިޔަސް އެއޮތީ އަންނި ނޭޅޭނެއޭ ބުނި ބުރިޖު އަޅާފަ ދެންތަތްޖަހާ