ލ. ފޮނަދޫ އަދި ނ. ޅޮހި ގައި އަލަށް އަޅާ ފެނަކައިގެ އޮފީސް އިމާރާތް ކުރުމަށް ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑައި ހަވާލު ކޮށްފިއެވެ.

މި އެއްބަސްވުމުގައި ފެނެކައިގެ ފަރާތުން ސޮއި ކޮށްފައިވަނީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ. އަދި ޑުޕްލެކްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިންގެ ޑިރެކްޓަރު އަހުމަދު އަސްލަމް އެވެ.

ލ. ފޮނަދޫގައި އަލަށް އިމާރާތް ކުރާ ފެނަކައިގެ އޮފީސް އިމާރާތް ކުރުމަށް ޑެޕްލެކްސް ކުންފުންޏާ ސޮއިކޮށްފައިވަނީ 8 މިލިއަން ރުފިޔާއަށެވެ. މިއެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، 305 ދުވެހުގެ ތެރޭގައި އިމާރާތް ނިންމުމަށެވެ.

ނ. ޅޮހި ގައި އިމާރާތް ކުރާ ފެނަކައިގެ އޮފީސް އިމާރާތް ނިންމުމަށް ޑުޕްލެކްސް ކުންފުންޏާއި ހަވާލު ކޮށްފައިވަނީ 6 މިލިއަން ރުފިޔާއަށެވެ. މިއީ 270 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ފެނަކައާ ހަވާލު ކުރާގޮތަށް ވެވުނު އެއްބަސްވުމެއް ކަމަށް ފެނަކަ އިން ބުނެއެވެ.

މި ދެރަށުގައިވެސް އަލަށް އިމާރާތް ކުރާ ފެނަކައިގެ އޮފީސް މިއަހަރުގެ ފަހު ކޮޅަށް ނިމިގެންދާނެ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.