މަނީ ލޯންޑްރިންގެ ކުށް ސާބިތުވެެ ފަސް އަހަރަަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ޓެސްޓުތައް ހެދުމަށްފަހު، މިހާރު ދޫކޮށްލާފައިވާކަަމަށް ކަރެޝަނަލް ސާވިސް އިން ވިދާޅުވެއްޖެއެވެ.

އެމަނިފާނު ހޮސްޕިޓަލުން ދޫކޮށްލެއްވުމުން، މިހާރު ހުންނެވީ މާފުށީ ޖަލުގައެވެ.

ކަރެކްޝަންސް މީޑިއާ އޮފިޝަލް "ވަގުތު"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، އެމަނިކުފާނުގެ ޓެސްޓުތައް ހެއްދެވުމަށްފަހު އިއްޔެގެ ވަގުތެއްގައި އެމަނިކުފާނު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.

ހިތުގެ ޓެސްޓުތައް ހެދުމަށް އެމަނިކުފާނު އައިޖީއެމްއެޗްއަށް ގެންގޮސްފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮަލަރުން ޖޫޫރިމާނާ ކުރީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ކުށް ސާބިތު ވުމުންނެވެ. އެމަނިކުފާނު ކަފާލާތުގެ ދަށުން މިނިވަން ކުރަން ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމާފައި ވަނީ ރައީސް ޔާމީން މިނިވަން ކުރެވެން ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. މާލެ ބޭބެ

  ރ.ޔާމިންގެ ދުވަސް ދުއްވާލަން މިޖާހިލު ސަރުކާރުގެ ހިމެނޭ ކޯލިޝަނުގެ ވެރިން ފޫގަޅައިގެން ތިބެ މިކުރާ ނާނަހުޒީބީ އަމަލު ކުށްވެރިކޮށް ރައްޔިތުން މިސަރުކާރު ސައިޒްކުރަންޖެހޭ ނުންތޯ...155 މީހުނ ހިމެނޭ ލިސްޓަކުން ރ.ޔާމިންގެ ނަން ފިޔަވާ އެހެން އެއްވެސް މީހަކަށް ދައުވާ އެއް ނުއުފުލާ މިތިބީ އެސްއޯއެފުން ޖަމާކުރި ފައިސާއަކީ އެކުންފުނީގެ ހައްގެއްކަމަށް ޕީޖީ ގަބޫލް ކުރަނީތީ ... ރ ޔާމިނަށް މިދެމުންގެންދާ ލާއިންސާނީ އަނިޔާއަކީ ސިޔާސީ އަނިޔާއެއް... 5 މިލިއަން ސޭޓް ވެސް ދިނޯ 5 ބެންޗް ކުދިންނަށް.... ހޫނ ހިނިތުންވެ ނިދާލާ ސޭޓްވެސް ހޫނު ގޮޅީގައި އޮންނަ ދުވަސް ކައިރިވެއްޖެ..7 ފެބުރުއަރީ ރޮއި ހޭރި އުފަލުން ބޮސްދިނީމެއްނުން ..

  48
  5
 2. ޢަންސާރު

  ﷲ ޙެޔޮ ރަހްމަތް ލައްވާށި.އާމީން

  16
 3. ވައްކަން

  ދެލޯފުޅާ ވައްކަންކުރާ މީހުންއަށް އަދަބުދޭންޖެހޭނެ، ޔާ އަކީ ކުޑައިރުންފެށިގެން އެގޮތަށް ލާރިހޯދުމުގައި ވަރަށް ފުންނާބު އުސް މީހެއް....
  އޭނާ 5 އަހަރު ޖަލުގައި ހުރިޔަ ދީބަލަ..... ކޮންމެ މީހަކުވެސް މިއުޅެނީ އޭނާއަތުގައި ހުރި ރުފިޔާތަކުގެ ބޭނުމުގައި... އޭނާ 5 މިލިޔަންއެންނޫން ޖުރިމާނާ ކުރަންވީ 50 މިލިޔަން އިން އެވެސް ހިޔެއް ނުވޭ އެއްޗަކަށްވާނެހެން....

  2
  31
  • ވައްކަންކުރާ ބައެއް ފަރާތްތަކަށްތޯ އަދަބް ލިބެންވީ؟

   އަންނި ކިޔާ ސޮރު ވައްކަން ކުރިޔަސް ކަލެޔަށް އޯކޭ؟ އަންނިއާއި ކިބޫއާއި މިނިސްޓަރުންނާއި ފަޑިޔާރުންނާއި މަޖްލީހުގެ ވަގުން ވެގެން ދައުލަތުގެ ބައިތުލްމާލު އެކައި ހުސްކުރަނީ. އެމްޑީޕީ ރައްޔިތުންގެ މުދަލުން ވައްކަން ކުރިޔަސް އޯކޭދޯ. އެމްޑީޕީ ލާދީނީ ގުރޫޕް ވައްކަން ކުރީމަ އެއީ ރައްޔިތުންގެ އަތުން ބޮރޯކުރަނީ ދޯ؟ ކަލޭގެ ބުއްދިކޮބާ؟

 4. ދާއޫދު

  މިކަލޭގެ އަށް އިއްވި ހުކުމް އަދިވެސް ކުޑަ! 15 ވަރަކަށް އަހަރު އެންމެ މަދުން ކުރަންޖެހޭ! އެއީ މިކަލޭގެ އެހާ ނުލަފާކަންތައް ކޮށްފަ މިހުރީ ވެރިކަމުގަ ހުރެގެން. އަދި 25 ވަރަކަށް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފަ ގެވެސް ސަރުކާރަށް ނަގަންވި!.

  2
  21
 5. ދާއޫދު

  މިކަލޭގެ އަށް އިއްވި ހުކުމް އަދިވެސް ކުޑަ! 15 ވަރަކަށް އަހަރު އެންމެ މަދުން އިއްވަންޖެހޭ އެއީ މިކަލޭގެ އެހާ ނުލަފާކަންތައް ކޮށްފަ މިހުރީ ވެރިކަމުގަ ހުރެގެން. އަދި 25 ވަރަކަށް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފަ ގެވެސް ސަރުކާރަށް ނަގަންވި!.

  3
  11
 6. ދާއޫދު

  އިއްވި ހުކުމް އަދިވެސް ކުޑަ! 15 ވަރަކަށް އަހަރު އެންމެ މަދުން އިއްވަންޖެހޭ އެއީ މިކަލޭގެ އެހާ ނުލަފާކަންތައް ކޮށްފަ މިހުރީ ވެރިކަމުގަ ހުރެގެން. އަދި 25 ވަރަކަށް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފަ ގެވެސް ސަރުކާރަށް ނަގަންވި!.

  2
  7
 7. ދާއޫދު

  އިއްވި ހުކުމް އަދިވެސް ކުޑަ! 15 ވަރަކަށް އަހަރު އެންމެ މަދުން އިއްވަންޖެހޭ މިކަލޭގެ އެހާ ނުލަފާކަންތައް ކޮށްފަ މިހުރީ! އަދި 25 ވަރަކަށް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފަ ގެވެސް ސަރުކާރަށް ނަގަންވި!.

  2
  6