އެމްޑީޕީ އަށް ތާއީދު ކޮށްގެން ތިބި ގިނަ ބަޔަކު މިއަދު އެތިބީ މާޔޫސްވެފައި ކަމަށާއި ފައިސާ ދީގެން އަތޮޅު ތެރެއިން މާލެއަށް މީހުން ގެނެސްގެން ނޫނީ ކުރިން ބާއްވާ ކަހަލަ "ބޮޑުބިޔަ" ޖަލްސާއެއް ކުރިއަށްއޮތް ތިން އަހަރު ތެރޭގައިވެސް އެމްޑީޕީއަށް ދެން ނުބޭއްވޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ އެމްޑީޕީން ދައްކަމުން އައި ވާހަކަތައް އަމަލީ މައިދާނުގައި ތަންފީޒު ކުރެވެނީ ކިހާ ވަރަކަށްތޯ ރައްޔިތުން މިއަދު އެތިބީ ބަލަން ކަމަށާއި ވޭތުވެދިޔަ ސާދަ ވަރަކަށް މަސް ތެރޭގައި މި ފެނުނީ އެމީހުންގެ އަމަލުތައް ކުރީ ސަރުކާރާ އެއްވެސް ތަފާތު ކަމެއް ނެތި ދާދި އެއް ހަމައެއްގައި ކަމަށެވެ.

"އެމްޑީޕީ ވަކަރަށް ޖަހާލަން ލިބުނު ފުރުސަތެއް މި ފުރުސަތަކީ. މާނަ އަކީ އެމީހުން ދައްކަމުން އައި ވާހަކަ އަމަލީ މައިދާނުގައި ކިހާވަރަކަށްތޯ ތަންފީޒު ކުރެވެނީ ބަލައިލަން ލިބުނު ފުރުސަތުގައި ވޭތުވެދިޔަ ސާދަ ނުވަތަ ފަނަރަ މަސް ތެރޭގައި މި ފެނުނީ އެމީހުންގެ އަމަލުތައް ވަކި ކުރީ ސަރުކާރާ އެއްވެސް ތަފާތުކަމެއް އޮތީކީ ނޫން. ކޮރަޕްޝަނަށް ބަލައިލިޔަސް އެއަށްވުރެ މާމަތީގަ މިންގަނޑު ހުރީ. ޕާފޯމަންސަށް ބަލާއިރު އެއްވެސް ކަމެއް ނުވޭ. ކޮންމެ ދާއިރާއެއްގައި ތިބޭ މީހުންގެވެސް ކަމަކީ ހަމަ ލާރި. އެކި ގޮތްގޮތަށް ލާރި ނަގަނީ ކަޓު ނަގަނީ. އެހެންވީމަ އެމްޑީޕީ އަށް ތާއީދު ކޮށްގެން ތިބި މީހުންވެސް މާޔޫސް ވެގެން އެމީހުންގެ މާބޮޑު ޝައުޤުވެރިކަމެއް ނެތް މިހާރަކު. އެހެންވީމަ އެމްޑީޕީން ކުރީގަ އެ ބާއްވާ ކަހަލަ ބޮޑެތި މެގަ ޖަލްސާއެއް ލާރި ދީގެން އަތޮޅު ތެރެއިން މީހުން ގެނެސްގެން ނޫނީ ކުރިއަށް އޮތް ތިން އަހަރު ތެރޭގަވެސް ނުބޭއްވޭނެ،" އުމަރު ވިދާޅުވިއެވެ.

އުމަރު އިތުރަށް ވިދާޅުވީ އެމްޑީޕީއަށް މިހާރު ސިޔާސީ ހަޤީގަތާއި ބައްދަލުވީ ކަމަށާއި މީގެ ކުރިން ސަރުކާރުން ބޭރުގައި ތިބޭއިރު ވަރަށް ގިނަ ވާހަކަ ދެއްކިދާނެ ކަމަށެވެ. އެގޮތުން ރިލުވާން މަރާލި މީހާ އާއި އަފްރާޝީމް މަރާލި މީހާވެސް ހޯދާ ޖަލަށް ލާނަމޭވެސް ބުނެވިދާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އައި އިރުވެސް ފުލުހުންގެ އަތުގައި ކުރިން ހުރި މަޢުލޫމާތުގެ އިތުރުން އެއްވެސް އާ މަޢުލޫމާތެއް ހާމަ ކުރެވިފައި ނުވާ ކަމަށް އުމަރު ވިދާޅުވިއެވެ.

"ރަށްވެހި ފަތިސް"ގެ ނަމުގައި ލޯކަލް ކައުންސިލް އިންތިޚާބުތަކުގެ ކެމްޕެއިން ލޯންޗު ކުރުމަށް އެމްޑިޕީން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާ އަށް ހާޒިރުވީ މީހުންގެ އަދަދު މަދު ކަމުންނާއި ޖަލްސާއަށް ލިބުނު ތަރުޙީީބު ކުޑަކަމުން ގިނަ ބައެއްގެ ފާޑު ކިޔުމާއި މަލާމާތް އެމްޑީޕީ އަށް ވަނީ އަމާޒު ވެފައެވެ. އެކަން ދިފާއު ކުރައްވާ ނަޝީދު ވިދާޅުވެފައިވަނީ މީހުން މަދުވީ ރައްޔިތުންގެ އުއްމީދުތަކުގައި ހަޤީޤީ ކުލަ ނުޖެހުމުން ކަމަށާއި ނަމަވެސް މާލެއިން ވާދަކުރާ ހުރިހާ ގޮނޑިއެއްވެސް އެ ޕާޓީން ކާމިޔާބު ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. އަލިފް

    2023 ޔާން............

    56
    9
  2. ޓިނުވަގު

    ޢުމަރު ބުނީމާ ދެން ޖެހޭނީ ގަބޫލު ކުރަން

    25
    8
  3. ޔާމިން

    އުފާވެރިހަބަރެއް

    26
    6
  4. މާރިޔާ

    ރ.ޔާމިން 2023 މަރުހަބާ

    36
    9
  5. އަދާލަތު

    ކުރީގެ "ސަރުކާރު" މި ސަރުކާރު އެއްގޮތްކުރައްވާއިރު، ޢުމަރަށް 6 އަހަރު ހުންނެވުނީ އަވަހާރަފުޅުގައިތޯ؟ ސުވާލުއުފެދޭ. 1956 ވަނަ އަހަރުން ފެށިގެން، 2013އާއި ހަމަޔަށް ދިވެހިރާއްޖޭގެ ހުރިހައިރަށަކަށް، ތަރައްޤީގެ އެއްމެބޮޑު މަޝްރޫޢުތަކެއް 2013އިން، 2018އަށް ކުރެވުނުވާހަކަ ވިދާޅުނުވެވުމަކީ، ޢުމަރުގެ ޒާތީ ތަޢަްޞުބު އޮތްމިންވަރު ހާމަވެގެންދިޔަކަމެއް. އަޅުގަނޑަކީ، އެއްވެސް ޕާރޓީއެއްގައި ނުހިމެނޭ ސިޔާސީމީހަކަށްނުވިޔަސް ޙަޤީޤަތްވާނީ ޙަޤީޤަތަށް. މީހަކާއި، ނުވަތަ ބަޔަކާއިބެހޭގޮތުން، ގޯސްކަންތައްކިޔާއިރު، ރަނގަޅުކަންތައްވެސް ކިޔަންޖެހޭނެ.

    32
    36
    • Anonymous

      ތިބުނީ ޖީއެމްއާރް އިންޑިއާއަށް ވިއްކާލި އަމިއްލައަށް އިސްތިއުފާދިން ވެރިކަމުގެވާހަކަދެއްތޯ؟ ހަގީގަތަކީ ޔާމީން ދަވާލިއަސް އޭނަ ގެނައި ތަަައްގީ އެއްވެސް ސަރުކާރަކަށް ނުގެނެވުނުކަން

  6. ރާނީ

    މީނަ ހުރިހާނުބައެއް ހަދާފަ މިހާރު ރިއްސާތީކަންނޭގެ އެ އުޅެނީ!

    12
    11
  7. އަހައްމައިދީދީ

    (1) އުމަރު (2) ޖަމީލު (3) ދުންޔާ މައުމޫނު (4) އަދުރޭ (5) ސަންޓްރެވަލް ޝިޔާމް (6) ނަޒީރު ޖަމާލު (7) ޔުމްނާ މައުމޫން (8) ޔޫސޭ (9) ރީކޯ މޫސަ (10) ގައްސާނު މައުމޫނު (11) ކާނަލް ނަޝީދު (12) ދިޔާނާ މިތެބެނީ ސިޔާސީ މީހުންތަ ؟ ދައްކަނީ ދެއުޅިއެއްނުޖެހޭ ވާހަަކަ، ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ. މިސާލަކަށް މަތިން 3 ވަނަ ނަގަމާ. އިހަކަށް ދުވަހު 25 ބުރީގެ ހޮސްޕިޓަލް ގެ ފޮޓޯ ލައިގެން ގޮވީ، "ކަލޭ ބައްޕަ އަށް ވުރެ މަގޭ ބައްޕަ މޮޅުވާނޭ". ދެން ބުނީ އައްނި ކައިރީގަ ވެދިޔަތަން ހަދާނައްްޓާލާށޭ އައްނި ފަހަތުން ދުވެގެން. މީނާ ހީކުރީ ޕްރިންސަސް ގެ ލަގަބުދީ ފޮރިންމިނިސްޓަރ ކަން ދޭނެ ކަމަށް. މީނާ ހީކުރީ މީނާގެ ބުއްދިއަށް ވުރެ އައްނިގެ ބުއްދި ކުޑަ ވާނެ ކަމަށް. ޗޮސް ޗޮސް !

    14
    9
    • ބޯހަލާކު

      މިސާލަކަށް ކެނެރީގޭ ނަސީދު، އީވާ، އިންތި، އަނދުން ހުސޭނު، ރާއީ، ހަތަރުކަށިމަތި ހަސަނު މީ ސިޔާސީ މީހުންތަ؟ އަބަދު ދައްކަނީވެސް ދެއްކެނީވެސް ލާދީނީ ވާހަކަ..

      24
      3
  8. އަލި

    ސާބަހޭ އުމަރާ

    14
    14
  9. ބޮކި

    ކަލޭ ތީ ދެން ކާކުތަ ތިވާހަކަ ދައްކަން ؟؟؟؟؟

    14
    15
  10. އަސްލު

    އުމަރު ،މީ،އިދިކޮޅަށް،ހިތްވަރުދޭ،މީހެއް،
    ދެރަބަސް،ބުނުމަކީ،ހިތްވަރުދިނުން.

    14
    8
  11. ވިސްނާ

    އުމަރު ވާހަކައެއް ދައްކަންޏާ ދައްކާނީ އޭގެ ކޮންމެވެސް ހަގީގަތެއްއުމަރަށް އެނގޭ ވާހަކައެއް. ތިޖޫރި ހުރިތަނުގައި ވަޅުގަނޑެއް އޮންނާނެ ވާހަކައާއި، މިސަރުކާރުގެ ކަށްވަޅު ކޮންނާނީ މިސަރުކާރުން ކަމަށް ބުނި ވާހަކަ ވަރަށް ދިމާވޭ.. އުމަރު ދައްކާވާހަކަ ބަލައިގަނެވެނީ އެހެންވެ، ދައްކާ ވާހަކައިގައި ހަގީގަތެއް އެކުލެވޭތީ. އެކަމަކު ކެނެރީ ދާއްބަ އުޅެނީ މީހުން ބޮލުގައި ދޮގު އިލްޒާމު އަޅުވައިގެން ރައްޔިތުން ހާޑު ކުރަން. މިހާރަކު އެހެނެއް އެކަމެއް ނުކުރެވޭނެ. ރައްވެހި ފަތިސް އެއީ އޭގެ ހެތްކެއް.

    28
    2
  12. ޝަފީނާ ސާދިގު

    ދުންޔާ އަށް ޕްރިންސަސް ގެ ލަގަބު. އުމަރު އަށް ޕްރިންސް ގެ ލަގަބު. 2 މީހުން ވެސް ދައްކަނީ "ކަލޭ ބައްޕަ އަށް ވުރެ މަގޭ ބައްޕަ" މޮޅު ވާނެ.

    7
    1
  13. އަޝްރަފް

    އުމަރާ ތި ދެވެނީ ހިތްވަރެއްކަން ހަނދާން ބަހައްޓާތި. ޢެމްޑީޕީ އަކީ ފާޑެއްގެ ބައެއް. ކިތަންމެ ބޮޑު ބައިބައިވުމެއް ފެނުނަސް ވޯޓާ ހަމައިން އެމީހުން އެއްގަލަކަށް އަރާނެ.

    7
    5
  14. އަޙްމަދު

    މިދެން ކާކު . މަ އެންމެ ކޮސްވަނީ މި ނޫސްތަކުންވެސް މީނާގެ މަޅީގައި ޖެހޭތީ ! މިނަ މީ ނޫސްތަކުގެ ހެޑްލައިނަށް އަރަން ބޭނުންވާ މީހެން. އެހެންވެ ކޮންމެ ފަހަރަކު މީނާގެ މަޅީގައި ނޫސްތަކުން ޖެހެނީ ...

    3
    33
  15. Anonymous

    80 ހާސް މެމްބަރުން އެމް ޑީޕީއަށް ހޯދީ ކިހިނެއް.