ފުވައްމުލަކު ދިގުވާޑުގައި ސައިކަލަކާއި ގާޑިޔަލެއް ޖެހި ދެ މީހަކަށް ބޮޑެތި އަނިޔާތައް ވެއްޖެ އެވެ.

މިއެކްސިޑެންޓް ހިނގީ މިރޭ ފުވައްމުލަކު ކްރިކެޓް ސްޓޭޑިއަމް ކައިރިންނެވެ. ފުލުހުން ވިދާޅުވީ އެކްސިޑެންޓް ހިނގީ ސްޓޭޑިއަމްގެ އިރުން ހުޅަނގަށް ދުއްވި ސައިކަލެއް ގޮސް ގާޑިޔަލެއްގައި ޖެހިގެން ކަމަށެވެ.

ސައިކަލު ދުއްވީ ދޮށީ އުމުރުގެ ފިރިހެނެކެވެ. ސައިކަލް ފަހަތުގައި 16 އަހަރުގެ އަންހެން ކުއްޖަކު ވެސް އިނެވެ. ގާޑިޔަލުގައި އިނީ އެންމެ މީހެކެވެ. މި އެކްސިޑެންޓްގައި އަނިޔާވި ސައިކަލު ދުއްވަން އިން މީހާ އާއި ގާޑިޔަލުގައި އިން މީހާއަށެވެ.

ގާޑިޔަލުގައި އިން މީހާގެ ފަޔާއި އަތާއި ބޮލަށް އެކިވަރުގެ އަނިޔާވި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި ސައިކަލު ދުއްވި މީހާ ކޮނޑުކަށިގަނޑުގައި ރެނދުލައި އިތުރު އަނިޔާތައް ވެސް ވެފައި ވެއެވެ.

ދެ މީހުންނަށް ވެސް ފުވައްމުލަކުގެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

އިތުރު ފަރުވާއަށް ދެ މީހުން މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ވޯޓްވަގު

    ތިވާނީ ގާޑިއާ މާބާރަށް ދުއްވީކަމަށް، މަށަށް ފެންނަނީ ގާޑިއާ ދުއްވިމީހާގެ ލައިސަންސް ބާތިލުކުރަން.

    9
    1
  2. ސަރަނގި

    ދުއްވަން ކަނޑައެޅިފައިވާވަރަށްވުރެން ބާރު ސްޕީޑުގައި ގާޑިޔަލެއް ދުއްވިކަމަށް މި ބެލެވެނީ

    11
    1
  3. ޖަހާންގީރު

    ގާޑިއާ ދުއްވީ މީހަކީ މިނިވަން ފިކުރުގެ މީހެއްތޯ ބެލުމުގެ މަސައްކަތް ދަނީ ކުރެވެމުން

    4
    1
  4. ޝިޔާމް

    އިތުރު ފަރުވާއަށް މާލެއަށް ނުގެނެސް ވާނީ ކޮން ދުވަހަކުންތަ؟

  5. ވެރިން

    ތިވާނީ ގާޑިޔާ އޯވާ ސްޕީޑް ކޮށް ދުއްވީ މަ ވީ ކަ މެއްކަ މަށް

  6. އަންމަޑޭ

    ގާޑިޔާއަކީ ދަމާ އެއްޗެއް ، މީހުން ގާޑިޔާ ކޮއްޕާތީ މައްސަލައަކީ އެހެން ކަމުން އަބަދުވެސް އެގާޑިއާގެ ކޮޅު ނުކުންނާނެ މަގަށް މީހާއަށް ނުފެނި