ކޮވިޑް-19 ފެތުރެމުން ދާތީ ގިނަ މީހުން އެއްވެގެން ހިންގާ ޙަރަކާތްތައް ނުބޭއްވުމަށް އެޗްޕީއޭ އިން މިއަދު އިލްތިމާސް ކުރެއްވުމުން ދޭހަވަނީ ރާއްޖޭގައި އެބަލި ފެތުރުމުގެ ބިރު އިންތިހާއަށް އޮތްކަން ކަމަށާއި އެހެންނަމަވެސް މިކަމުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެއްވެސް މިންވަރަކަށް އަޅުއްވާފައި ނުވާކަމަށް ޕީޕީއެމް އާއި ޕީއެންސީ އިން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން މިހެން ބުނީ ދެންމެ ނެރުނު ބަޔާނެއްގައެވެ.
ބަޔާނުގައި ބުނީ ކޮވިޑް-19 ރާއްޖޭގައި ފެތުރުމުގެ ބިރު ނެތްކަމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ވިދާޅުވަމުން ގެންދަވަނިކޮށް، އެކަމާ ގުޅޭ ގޮތުން އިތުރު އެއްވެސް މަޢުލޫމާތެއް ރައްޔިތުންނަށް ޙިއްސާ ކުރެއްވުމެއް ނެތި، ކުއްލިއަކަށް އެވައިރަސް ރާއްޖޭގައި ފެތުރިދާނެކަމުގެ ބިރު އޮތްކަން ދޭހަވާ ފަދަ ގޮތަކަށް އެޗްޕީއޭ އިން ބަޔާނެއް ނެރުމުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކަންބޮޑުވާ ކަމަށެވެ.
"އަދި އެބަޔާނުގައި ގިނަ މީހުން އެއްވެގެން ހިންގާ ޙަރަކާތްތައް ނުބޭއްވުމަށް އިލްތިމާސް ކުރައްވާފައިވުމުން، ދޭހަވަނީ ރާއްޖޭގައި އެބަލި ފެތުރުމުގެ ބިރު އިންތިހާއަށް އޮތް ކަމެވެ. އެހެންނަމަވެސް މިކަމުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެއްވެސް މިންވަރަކަށް އަޅުއްވާފައި ނުވާކަން ފާހަގަ ކުރަމެވެ." ބަޔާނުގައި ބުނެފައި ވެއެވެ.
އެޗްޕީއޭގެ ބަޔާނުގައި ވާ ގޮތުން އެ ވައިރަސް ރާއްޖޭގައި ފެތުރުމުގެ ބިރު އޮތްކަން ދޭހަވާއިރު، މިކަމާ ގުޅޭ ގޮތުން އެއްވެސް މިންވަރަކަށް ރައްޔިތުން ހޭލުންތެރި ކުރުވާފައި ނުވާކަމާއި، އަދި އެ ވައިރަހާއި ގުޅިގެން ސަރުކާރުގެ ފަރާތުން ދެމުން ގެންދިޔަ މަޢުލޫމާތުތައް މެދު ކެނޑިފައި ވުން އެއީ މިކަމުގެ ޙަޤީޤަތް ރައްޔިތުންނަށް އޮޅުވާލުން ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.
ވީމާ، ކޮރޯނާ ވައިރަސް ފެތުރުމުގެ ބިރު ރާއްޖޭގައި އޮތްނަމަ، އެކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ހާމަކުރެއްވުމާއެކު، އެވައިރަހާއި ބެހޭ ގޮތުން ލިބިދޭންޖެހޭ ފުރިހަމަ މަޢުލޫމާތުތައް އެއްވެސް އޮޅުވާލުމެއް ނެތި ދިވެހި ރައްޔިތުންނަށް ހާމަކުރެއްވުމަށްވެސް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ދެ ޕާޓީން ވަނީ އިލްތިމާސް ކޮށްފައެވެ.
އެޗްޕީއޭގެ ބަޔާނުގައި ވާފަދައިން އެވައިރަސް ފެތުރުމުގެ ބިރު ރާއްޖޭގައި އޮތްނަމަ، ތުއްތު ކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު އަންހެނުންނާއި، ސްކޫލްތަކުގެ ދަރިވަރުންނާއި، އަދިވެސް، ބަލިތައް ފަސޭހައިން ޖެހިދާނެ ކަމަށް ބެލެވޭ ހާލަތުގައި ތިބި އެންމެންގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މިހާރުން މިހާރަށް އެޅުމަށް ބަޔާނުގައި ގޮވާލާފައި ވެއެވެ.
އަދި ހާލަތަކީ އެއީ ނޫންކަމުގައި ވާނަމަ، ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދިގެން ހިނގައިދާނެފަދަ ގޮތަކަށް ބަޔާންތައް ނެރުއްވުން ހުއްޓަވާލައްވާ، ކަމުގެ ހަޤީޤަތް ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ނުކުރެއްވުމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.
ތީ ވަރަށް ބޮޑު ތެދެއް މިއަދު ލ، އަތޮޅު މާވަށުގައި މީގެ ދުވަސްތަކެއް ކުރިން ހުއިފިލަނޑާ ޕްރޮސެސްކުރުމުގެ މަސައްކަތްކުރި ޗައިނާ ތިންމީހުން އެމީހިންގެ ގައުމަށް ގޮސްފަ އެނބުރި މިއަދު މާވަށަށް އައީ މިކަމާ ބައެއްފަރާތްތަކުން ކަންބޮޑުވެ އެކަން ވަނީ ޕޮލިހަށްވެސް ހުށައަޅާފަ މިހާތަނަށް އިވޭ އަޑުތަކަށް ބަލާނަމަ އެމީހުން އައީ އައީ އެއްވެސް ކަރަންޓީން ޕޮރޮސީޖާއެއް ފުރިހަމަނުކޮށްކަމަށްވަނީ
ދުނިޔޭގެ އެއްގައުމުން އަނެއްގައުމަށް ފެތުރެމުންދާ ބައްޔެއް ރާއްޖެއިން ފެނުމާއި ފެތުރުމުގެ ޗާންސް ވަރަށް ބޮޑުހަމަ، ރާއްޖެއަށް ބަލިއައުން ހުއްޓުވަންޔާ ރާއްޖެއިން މީހުން ފުރުމާ އެހެން ގައުމުތަކުން ރާއްޖެއަށް މީހުން އައުން ހުއްޓާލާ ހުރިހާ ފްލައިޓުތައްވެސް ހުއްޓާލާ
ސަރުކާރުގެ ދޯހަޅި ވިސްނުމުގެ ސަބަބުން، މި ދަންތުރާގައި ޖެހުމުގެ ފުރުސަތު ވަރަށް ބޮޑު. އހ. ކޮމެންޓްގައި އެބަހުރި ވިސްނަންޖެހޭ ކަންކަން.
ރަނގަޅު ވާހަކައެއް. އިއްޔަ ކޮރެއަން އެއާލައިނުން ރާއްޖެއަށް ފުލް ކޮށް އައީ ކޮރެއާ ޓޫރިސްޓުން. އެހެން ޤައުމުތަކުގައި އެމީހުންނަށް ނާދެވޭ ގޮތް ހަދަމުން ދާއިރު، ދިވެހި ރާއްޖޭގަ މާ ބޮޑު ކަމަކަށް ނުވެ.
ސްކޫލް ތަކަށް ދަރިވަރުން ދިޔުމަކީވެސް އެއްތަނަށް އެއްވު އުޅުން. ސްކޫލްތަކަށް ކުދިން ފޮނުވުން ހުއްޓުވަން އެބަޖެހޭ