މި ބްލޮގްގައި ޝެއާ ކުރަމުން ގެންދާނީ ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ "ކޮވިޑް-19" އާއި ގުޅުންހުރި އެންމެ ފަހުގެ ޚަބަރުތަކާއި ދުނިޔެ އާއި ރާއްޖެ އިން ފާހަގަ ކުރެވޭ ޚަބަރުތަކާއި ޚަބަރުތަކުގެ ތަފްސީލެވެ.


23:34

23:14

23:07

22:16

21:50

19:47

19:45

އިޓަލީ އިން އަނެއްކާވެސް ކޮވިޑް-19 ޖެހިގެން މީހަކު މަރުވެއްޖެ. މިއީ އިޓަލީ އިން މިއަދު މަރުވި 3 ވަނަ މީހާ. އެ ގައުމުން މިހަައިތަނަށް 7 މީހަކު ވަނީ މަރުވެފަ.

19:35

19:22

އިޓަލީ އިން މިހައިތަނަށް 6 މީހަކު މަރުވެފައި ވާއިރު ސިންގަޕޫރުން އެކަކު ވަނީ ޕޮސިޓިވް ވެފަ.

19:20

ހޮންކޮންގުން އިތުރު 5 މީހަކު ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެ.

18:40

ޗައިނާގައި މިދިޔަ އަހަރުގެ ފަހުކޮޅުން ފަށައިގެން ފެތުރެމުންދާ ކޮވިޑް19، ޗައިނާގައި މަސައްކަތް ކުރަމުންދާ 3000 އަށްވުރެ ގިނަ މެޑިކަލް ސްޓާފުންނަށް ޖެހިފައިވާކަަމަށް އެގައުމުގެ ނޭޝަނަލް ހެލްތް ކޮމިޝަނުން ބުނެފި. އަދި މީގެ ތެރެއިން ގިނަ ސްޓާފުންނަކީ ހުބައި ޕްރޮވިންސްގައި މަސައްކަތް ކުރާ ސްޓާފުން ކަމަށް ބުނެފައިވޭ.

18:38

16:30

16:25

16:25

15:25

14:56

14:55

14:31

14:04

ދެކުނު ކޮރެއާގައި މިއަދު އެކަނި 231 މީހަކު ކޮވިޑް19އަށް ޕޮޒިޓިވްވެފައިވާކަަމަށް އެ ގައުމުގެ ސެންޓަރ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނެފި. މިއާއެކު އެ ގައުމުގައި ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 833 އަށް އަރާފައި.

އެ ގައުމުން މިއަދު ހެނދުނު ވަނީ 161 ކޭސްއެއް ފެނިފައިވާކަން ރިޕޯޓްކޮށްފައި.

13:50

ޖަޕާނުގައި 14 ދުވަސްވަންދެން ކަރަންޓީންކޮށްފައި އޮތް ޑައިމެންޑް ޕްރިންސަސް ކްރޫޒް ޝިޕްގައި މަސައްކަތް ކުރަމުންދިޔަ ސަރުކާރުގެ ހެލްތް ވޯކަރުންގެ ތެެރެއިން އިތުރު ދެ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ.

ޖަޕާނުގެ ހެލްތް މިނިސްޓްރީން ބުނީ، ހޮސްޕިޓަލްގައި ފަރުވާދެމުން ދަނީ ކަރަންޓީން އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ އުމުރުން 50 އަަހަރުގެ ފިރިހެނަކާއި، އެޑްމިނިސްޓްރޭޓިވް ސްޓޭފެެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ 40 އަހަރުގެ ފިރިހެނެއް ކަމަށް. އެ މީހުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވަނީ ހުން އަންނާތީކަމަށް ވޭ.

އެހެންކަމުން އެ ޝިޕްގައި މަސައްކަތް ކުރި ޖަޕާން ސަރުކާރުގެ ހަ ސްޓާފަކަށް މިހާތަނަށް ވަނޯ ކޮވިޑް 19 ޖެހިފައި.

12:52

ދެކުނު ކޮރެއާއިންނާއި އީރާނުން ގަތަރު އެއާވޭސްގައި ދޯހާއަށް ދަތުރު ކޮށްފައިވާ ހުރިހާ ފަސެންކަރުން ވެސް 14 ދުވަސް ވަންދެން އެހެން މީހުންނާއި ބައްދަލުނުކޮށް އަމިއްލައަށް ކަރަންޓީން ވެގެން ތިބުމަށް ގަތަރު އެއާވޭސް އިން އެދިއްޖެ.

12:00

10:37

09:59

އިޓަލީގެ މިލާންގައި މިއަދު އަރްމާނީ އިން މިލާން ފެޝަން ވީކް ފަށައިފި. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން މި ޝޯ ކުރިއަށް ގެންދަނީ ބަލަން ވަނުމުގެ ފުރުސަތު އާއްމުންނަށް ހުޅުވައި ނުލައި.

09:23

އޮސްޓްރިއާ އާއި އިޓަލީއާ ދެމެދު ރޭލް ދަތުރު ކުރުން ހުއްޓާލައިފި. ރޭލް ދަތުރުތައް ހުއްޓާލީ ރޭލުން ދަތުރު ކުރި ދެމީހަކު ކޮވިޑް-19 އަށް ޝައްކު ކުރެވިފައި ވަނިކޮށް.

08:51

ޗައިނާއަށް ފާއިތުވި 14 ދުވަހު ޒިޔާރަތް ކޮށްފައިވާ މީހުން ނިއުޒިލެންޑަށް ވަނުން މަނާ ކޮށްފައި އޮތް އޮތުން އިތުރު އަށް ދުވަހަށް ދަމަހައްޓަން އެގައުމުގެ ސަރުކާރުން ނިންމައިފި.

08:50

08:41

ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ޗައިނާގައި މަދުވަމުން އައި ނަމަވެސް އިޓަލީވިލާތާއި، ދެކުނު ކޮރެއާ، ޖަޕާން އަދި އީރާންގައި އިތުރަށް ބަލި ފެތުރެމުން ދާތީ ދުނިޔެއަށް ބަލި އިތުރަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑުވާން ފަށައިފިއެވެ.

ދެކުނު ކޮރެއާ އިން މިހާތަނަށް 602 މީހަކަށް ބަލި ޖެހިފައި ވާއިރު ޖަޕާނުގެ ވެސް 132 މީހަކަށް ވަނީ ބަލި ޖެހިފައެވެ. އަދި އިޓަލީވިލާތުން ވެސް ވަނީ 132 މީހަކަށް ބަލި ޖެހިފައެވެ. އީރާނުން އަދި ބަލި ޖެހުނު ކަން ކަށަވަރު ވެފައި ވަނީ 28 މީހަކަށެވެ.

މިއަދު ލިބުނު ޚަބަރުތަކަށް ބަލާއިރު ދިވެހިން ހަތް ގައުމަކަށް ދަތުުރު ކުރުމުގައި ސަމާލުވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތަކާއި، ޚަބަރުތަކުގެ ތަފްސީލް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު