މާލެއަކީ ރައްޔިތުންގެ ފަހުރަކަށް ހަދަން ބޭނުންވާ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައި، ޕީޕީއެމް އޮފީހުގައި ސިލްސިލާކޮށް ބާއްވަމުން އަންނަ ޖަލްސާގައި މުއިއްޒު ވިދާޅުވީ މާލޭގެ ކަންކަން ނިންމުމަށް އިސް ކުރަން ވާނީ ގައުމު ދެކެ ލޯބިވާ އިސްލާމް ދީނަށް އިހްތިރާމް ކުރާ ބަޔަކު ކަމަށެވެ.

މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވީ މާލެއަކީ ރައްޔިތުންގެ ފަހުރަކަށް ހަދައި، ގައުމީ އަދި ދީނީ ވިސްނުމެއްގައި މާލޭގެ ރައްޔިތުންނަށް ކޮށްދެއްވެން އޮތް ހުރިހާ ކަމެއް ކޮށްދެއްވުމުގެ އަޒުމުގައި ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު މޭޔަރު ކަމަށް ކުރިމަތިލާފައި މިވަނީ، މި ދެންނެވި ވިސްނުމުގައި މާލޭގައި މިއޮތް ތާރީހު، މާލެއަކީ ގައުމުގެ އިސްލާމް ދީން ހިމާޔަތް ކުރުމަށްޓަކައި ކިހާ ވަރެއްގެ ގުރުބާނީއެއްވެފައިވާ ރައްޔިތުންތަކެއް ދިރިއުޅޭ ތަނެއް ކަން ހަނދާނަށް ގެނެސް، މި މާލޭގެ މާޒީ، ކުރިއަށް ގެނެސް، މާލެ ރައްޔިތުންގެ ފަހުރެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ގައުމީ ދީނީ ވިސްނުމެއްގައި އަޅުގަނޑަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދިނުމުގެ ވަރުގަދަ އަޒުމުގައި އަޅުގަނޑު ކުރިމަތިލައިގެން މި ހުރީ،" މުއިއްޒު ވިދާޅުވިއެވެ.

އެމްޑީޕީގެ ލީޑަަޝިޕްގެ އިސް ބޭފުޅުންނަށް އަމާޒު ކުރައްވައި މުއިއްޒު ވިދާޅުވީ އެންޓި ކެމްޕެއިން ކުރުމަކީ ޑިމޮކްރަސީގެ އުސޫލެއް ނޫން ކަމަށެވެ. އަދި އޭނާ ދައްކާ ވާހަކައަކާ ގުޅިގެން ރައްދު ދިނުމަކުން މައްސަލައެއް ނެތް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އެކަމަކު ވާހަކަތައް ހަދައިގެން އަބުރު ކަތިލުމާއި ވާހަކަތައް އުފެއްދުމަކީ އޭނާ އަށް ގެއްލުން ވާނެ ކަމެއް ނޫން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"އެއިން އަޅުގަނޑަށް ވާނީ ފައިދާ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އޭނާ މާލޭގެ މޭޔަރު ކަމަށް ހޮއްވަވައި ދެއްވައިފި ނަމަ، މިސްކިތްތައް އާބާތުރަ ފިލުވައި، އެންމެ ސާފުތާހިރުކޮށް ހުންނަ "އަބަދުވެސް ބަންގީގެ އަޑު އިވޭ" ދީނީ އިލްމުވެރިންނަށް ފުރުސަތު ލިބޭ ތަންތަނަށް ހައްދަވާނެ ކަމަށެވެ. އަދި ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި އިސްލާމް ދީނުގެ ލޯބި ހިތުގައި އުފެދޭ ގޮތަށް ކަންކަން ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"ސަރުކާރުގެ ފަރާތުން ލާދީނީ ކަންތައްތައް ފަތުރަން މަސައްކަތް ކުރި ނަމަވެސް، އިސްލާމް ދީނާ ހިލާފު ކަންތައްތައް ކުރަން މަސައްކަތް ކުރި ނަމަވެސް، މިސާލަކަށް އެމްޑީއެންގެ ރިޕޯޓު ނެރެގެން އެއްވެސް ފިޔަވަޅެއް ނޭޅި ނަމަވެސް އެކަންކަމާ ދެކޮޅަށް ރައްޔިތުންގެ ޝުއޫރާއި އިހްސާސްތައް ހިއްސާކޮށް އެކަންކަމުގައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ފަސް ޖެހުމެއް ނެތި ރައްޔިތުންގެ ފަރާތުން ބަސް ބުނެ ވަކާލާތު ކުރާނެ ބައެއް ކަމުގައި އަޅުގަނޑުމެން ވާނެ ކަމުގެ ޔަގީންކަން ދެން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ބައެއް ބޭފުޅުން ސަރުކާރާއި ރައްޔިތުންގެ މަޖިލިހުގެ ތެރޭގައި ގެންގުޅެނީ ވަރަށް ބޮޑަށް ތަފާތު ކުރުމެވެ. މާލެ އާއި ރާއްޖޭގެ އެހެން ރަށްރަށާ ތަފާތު ކުރުމުގެ ވިސްނުން ވަރަށް ބޮޑަށް ގެންގުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހެޔޮވިސްނުން

    މާލޭގަ އޮތް ޕާރޓޭ ގްރޫޕްތަކަާ ގޭންގްތައް ކޮންޓެއިނަރަކަށް އަރުވާފަ ވޫހާން އަށް އޮތް ޝިޕްމަންޓެއްގަ ފޮނުވާލަދީ އޭރުން މާލޭގަ ހިނގާ %80 ކުށްތައް މަދުވާނެ އަދީ އަމާން ތަނަކަށް ހެދޭނެ

    12
    1
  2. އައްޑޫ މީހާ

    މާލެ އަކީ މުޅި ގައުމަ އޮއި ފަކުރެށް

    7
    17
  3. Anonymous

    މުއިޒު މޮޔަނުވޭ. މާލެއަކީ މުޅިދުނިޔޭގައިވެސް އޮތް އެންމެ ހިތްނުތަނަވަސް ރަށް. ތޮއްޖެހިފައި އޮތް މާލެ ނޫން ރަށަކަށް ވެރިކަން ބަދަލުކޮށް މާލެ ފަޅުރަށަކަށް ހަދަންވީ.

    6
    13
  4. އައިޝ

    ސާބަހޭ މުއިއްޒު އަކީ އަމިއްލަ މަސްލަހަތައް ވުރެ ގައުމުގެ މަސްލަހަތު އިސްކުރަ ވާފޭފުޅެއްކަން ފާހަގަ ކުރެވޭ އަސްލުވެސް މާލެ މުއިއްޒުވީމަ ވަރަށް ސަޅި ބުނުއްވާ ކޮންމެ ބަސްބުޅަކާ އެއްގޮތައް އަމަލުން އެކަން ދައްކަވާ ބޭފުޅެއް ﷲ މުއިއްޒު ކުރިމަތިލައްވާ ގޮނޑި މުއިއްޒުއަށް ކާމިޔާބު ވާނެމަގު ތަނަވަސް ކޮށްދެއްވާށި އާމީން

    22
    3
  5. މާެލެ ކުއީން

    ޔޭ... މުއިއްޒު ވަރެއް ނެށް ހަމަ...

  6. ސަދސ

    އެއީ ޖަލްސާއަށް މަދުން މީހުން ދިޔައިމަ ޖަޒްބާތުގައި ޖެހިގެން ދެއްކި މޮޔަވާހަކައެއް.
    މާލޭ މީހުންނަކީ އަބަދުވެސް ރާއްޖެތެރޭމީހުން ގުނބޯ ހައްދައްގެން އުޅޭ ބައެއްކަން މިއޮތީ ސާފުކޮށް އިނގެން.
    ކޮން ޖަޒީރާ ރާއްޖެއެކޭ އެސޮރުކިޔަނީ. އެއްކޮޅުން ރާއްޖެތެރޭ މީހަކަށް ވެއްޖެއްޔާ އެމީހަކަށް ޖޯކްޖެހުން ކަމަކަށް އޮންނަނީ.

  7. އ. ޖ. އ

    ހުރިހާ ބަލާއެއް ނިކަމެތި ރައްޔިތުންނަށް

  8. ވޯޓް ޑރ މުޢިއްޒުއައް

    އަޅިގަނޑުމެން މިތިބީ ޑރ މުޢިއްޒު މާލޭ މޭޔަރަކައް ހޮވަންތައްޔާރައް އެންމެންގެ ވޯޓް ޑރމުއިއްޒުއައް

  9. ސިކަންދަރު

    ޕާއްޓޭންނަކީ ގައުމީދޫނިތަކެއް އެއެއްޗެއްސަކީ ހިމާޔައް ކުރެވިފާ ބައެއް ވީމާ ކޮންމެ ސަރުކާރަކުންވެސް ބަލާނެ ތިޔަ ޕާއްޓޭންނާއި ވަގުން ދޫކޮއްލާފަ ބޭތިއްބުމައް އެވަރިހަމަ ރައްޔަތުންނައް ކިތަންމެ އުދަގުލެއްދީ ރައްޔަތުންގެ މުދަލައް ކިތައްމެ ގެއްލުމެއް ދިން ކަމުގަވިޔަސް ސަރުކާރުން ރައްރަތުން ބޭނުން ވާނީ ވޯޓްލާ މޫސުމުގަ ވޯޓްލާން އެކަނި ރައްޔަތުން ނައް މިކަން އަދި ނޭންގެނީ ކޮންމެ މީހަކައްވެސް އެކަން އިނގޭނީ އެމީހަކު މަރުވެ ވަޅުލީމާ އެކޮޅުން ސުވާލް ކޮއްލުމުން އެކަމަކު އެއިރު އޮންނާނީ ވަގުތު ފާއިތުވެ އާއިލާ ކީއްކުރަންތޯ އެކަކައްވެސް ކިޔާނުދެވޭނެ