ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުރަތަމަ ފަހަރަށް މަޖިލިހަށް މިއަދު ސަލާމް ވިދާޅުވެއްޖެއެވެ.
މަޖިލިހުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ މިއަދުގެ ޖަލްސާ އަށް ސަލާމް ވިދާޅުވި ތިން މެމްބަރުން އެބަތިއްބެވި ކަމަށެވެ. އޭގެތެރެއިން އެއް މެމްބަރަކީ މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ނަޝީދު ކަމަށާއި އެމަނިކުފާނު ސަލާން ވިދާޅުވި ސަބަބު ބަޔާންކޮށް މަޖިލީހުގެ އިދާރާއަށް ނޯޓެއް ފޮނުވާފައިވާ ކަމަށް އީވާ ވިދާޅުވިއެވެ.
މިއީ، ނަޝީދު މަޖިލިހުގެ ޖަލްސާ އަށް ސަލާމް ވިދާޅުވި ފުރަތަމަ ފަހަރެވެ.
އީވާ ވިދާޅުވި ގޮތުގައި ނަޝީދު ފޮނުއްވި ނޯޓުގައި ވަނީ މޯލްޑިވްސް ކޮރަލް އިންސްޓިޓިޔުޓްގެ ފަރާތުން ހޯމަ އަދި އަންގާރަ ދުވަހު ތުލުސްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މަސައްކަތު ބައްދަލުވުމުގައި ނަޝީދު ބައިވެރިވެވަޑައިގަންނަވާ ވާހަކަ ކަމަށެވެ.
"މި މަސައްކަތު ބައްދަލުވުމުގެ މަގްސަދަކީ މޫސުމަށް އަންނަ ބަދަލުތަކާއި އެކި ބާވަތުގެ އުމްރާނީ މަސައްކަތުން މުރަކައިގެ ފަރުތަކަށް ހުރި ގެއްލުމުގެ މައްޗަށް ހޭލުންތެރިކަން އިތުރު ކުރުމާއި އަދި މި ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް އަލަށް ގާއިމު ކުރެވުނު މޯލްޑިވްސް ކޮރެލް އިންސްޓިޓިއުޓްގެ މަސައްކަތް ކުރިއަށް އޮތް އަހަރުތަކަށް ރާވައި އެކުލަވާލެވި ކަމާ ގުޅޭ މައްސަލައިގެ ދެލިކޮޕީއެއް ހުށަހެޅި އެއަށް މަސައްކަތު ބައްދަލުވުމުގައި މަޝްވަރާ ކުރުން،" ނަޝީދު ފޮނުއްވި ސަލާމުގެ ނޯޓު އިއްވަވައި ދެއްވަމުން އީވާ ވިދާޅުވިއެވެ.
އެ ނޯޓުގައި ނަޝީދު ވިދާޅުވި ގޮތުގައި މި ފެސްޓިވަލްގައި ރާޅާ އެޅުމަށް ދަސްކޮށް ދިނުމާއި ސްނޯކްލިން ދަތުރުތަކާއި ލައިވް މިއުޒިކާއި ކުރެހުމާއި ފަންނުވެރިކަމާއި ރާއްޖޭގެ މުރަކަ އާއި ފަރުގެ ދިރުންތަކާ ގުޅޭ ތަފާތު މައްސަލަތަކުގެ މައްޗަށް ތަޖުރިބާކާރުން ބައިވެރިވެވަޑައިގެން ޕެނަލް ޑިސްކަޝަންތަކެއް ކުރިއަށް ގެންދާނެއެވެ.
މަޖިލިހުގެ ގަވައިދު ބުނާ ގޮތުން މެމްބަރަކު ޖަލްސާ އަށް ވަޑައިނުގަންނަވާ ނަމަ، އެކަށީގެންވާ ސަބަބެއް ބަޔާންކޮށް، ސަލާމް ވިދާޅުވެވިދާނެއެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި އެކި ބާވަތުގެ އުމްރާނީ މަސައްކަތުން މުރަކައިގެ ފަރުތަކަށް ހުރި ގެއްލުމުގެ މައްޗަށް ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވުމަކީ ބޮޑު ބައްޔެއް ޖެހުންތޯއެވެ. މިއީވެސް ސަލާމް ބުނެވޭ ޢުޒުރެއްތޯއެވެ. ތިހިން ކަމަށްވާނަމަ މާދަމާ އަޅުގަނޑުމެންގޭ ޕޮޓުތަކުގައި ގަސްއިންދުމަށް އަޅުގަނޑުވެސް ސަލާމް ބުނަމެވެ.
ކަލޯ މަޖިލީހުގެ ގަވައިދުގަ އޮތީ ކީކޭތޯބަލާބަލަ. ތިއުޅެވެނީ މާ އެނގިގެން
ދެން އެންމެ އަވަހަށް މަޖިލީހުގައި އޮންނަ ޖަލްސާއަކަށް ވަޑައިގަންނަވާއިރު މެޑިކަލް ސެޓުފިކެޓު ހިއްޕަވައިގެން ވަޑައިގަތުމަށް އެދެން.
ސަލާމްބުނީ އިވެންޓަކަށް ދާން.
ދެން ކޮން ސެޓްފިކެޓެއް.
މެޑިކަލް ސެޓްފިކެޓް..؟
ސަލާމް ބުނެވެނީ ބަލަ ބަލިވެގެން ނޫންތަ،،
ތީ އެއްވެސް އުޞޫލެއްނޫންދެއްތޯ. ސަލާމްބުނެވޭނީ ތިމާ ބަލިވެ އޮފީހަށް ޙާޟިރު ނުވެވޭ ޙާލަތެއްގަ، ކަތީބަކަސް ގާޒީއަކަސް ރައީސަކަށްވިޔަސް ސަލާމުގައި އޮންނަންވާނީ ހަމަހަމަ އުޞޫލް. ނޫނީ ސަލާމަކަށް ނުވާނެ. ބައްޔަކަކީ ބަލި. ތިވިދާޅުވާ ޖަލްސާއަކީ ރަސްމީކަމެއްނަމަ ރަސްމީ ވީއްލި ހެދިދާނެނޫންތޯ.
ކަލޯ މުޅި ސަރުކާރުގަވެސް ފެންނަނީ ތިކަން ސަލާން ސަލާން ސަލާން.
ރޭ ތަންކޮޅެއް ގިނައިން ހިއްޕެވުނީ
އަދި މިއައް ވުރެންވެސް ގިނަައިން ސަލާން ހަައްދާނެ...ޕާޓީ ބޮޑުތަނުން ފެއިލް...އެކަމަކު މެޑިކަލް
ސެޓްފިކެޓް ހަވާލު ކުޜާތި މަޖްލީހުގެ ރައީސް އެއް ކަމަކު އިންގޭތޯ.............
ދެން އަޑުއިވޭނީ އިސްތޚްފާ ދީފަ ގެއައް ދިޔަ ވާހަކަ.. 3 ދުވަސް ފަހުން ބުނާނީ ބަގާވާތެކޭ...
މަވަސް މާދަން ސަލާމް އެނދުތަކުގައި ތަންމަތިއަޅަން
ބަލި ނުވިޔަސް، ބޮޑެތި ކަންކަން ދިމާވެގެން ވެސް ސަލާމް ބުނެވެއެވެ. އެކި މީހުންނަށް ބޮޑެތި ވާނީ އެކި ކަންކަމެވެ.
މޫސުމައް އަންނަ ބަދަލޭ ކިޔާފަ މޮޅެތި އިނސްޓިޓިއުޓްތައް ހަދައިގެން އަންބޮނޑިއައް ބަރުކުރަން ރޮކެޓެއް ތައްޔާރު ކުރަން އެ ދިޔައީ...މީނަ އުޅޭ ގޮތް އެބަ ޖެހޭ ބަލަން..ހީ ނުކުރައްޗޭ ރައްޔެތުންނަކީ ޖަހާހާ ބެރަކައް ނަށަން ތިބޭނެ ބަޔެކޭ...
އަހަރެންވެސް ބޭނުން މޫދަށް އެރެންދާން ސަލާމް ބުނެފަ. އެއީ ގޮޑުދޮށް ހިމާޔަތްކުރުމާއި ބެހޭގޮތުން ކަކުނިތަކަށް މައުލޫމާތު ދޭން.
އަޅެ ސަލާމްބުނުމަށް އޮންނަ މަގު ނޭނގޭހާ ކޮހީތަ؟
ސަންޑޭނައިޓް ފާހަގަކޮށްފަ ފާޚާނާތެރޭގަ ބިއްޖެހިފަ ،
މުރަކަ ދޮންބެ މަޖުލީހާށް ހޮވާފަހިރީކި މުރަކައިގެ ޒިންމާނަގާކަށްނޫން
ނޯ ސެލެރީ ދިސް ވީކް، އެޓެންޑެންސް ޒީރޯ ޓޮލެރެންސް
ވާނުވާނުއެނގިވެސް ކޮމެންޓް ކުރެވޭތޯ ބަލާތި. މަޖިލީހުގެ ގަވައިދު އެއްފަހަރުވެސް ކިޔާލާފަ ކޮމެންޓު ކޮށްބަލަ
މަޖްލިހުގެ ޤަވާޢިދަކު ހިޔެއްނުވެ އޮންނާނެހެން ގޮޓިކުޅެން ސަލާމް ބުނެވޭކައް
މަޖިލީހު ގަވައިދަކު ނޯނާނެ ސަރުތުހަމަ ނުވާމީހުން ރިޔާސަތު ގައި އިންނަން ޖޭހޭ ކަމަކަށް އަދި ސައްޚަ ނޫން ވެރިކަމެއްގެ ރިޔާސަތެއް އޮންނާ ކަށެއްނުވެސްޖެހޭ އަދި ބާތިލްވެރިކަމެއް ކުރަންޖާގަ ދޭންޖެހޭ ކަމަކަށްވެސް ގާނޫން ނަކުނޯންނާނެ ތިލާދީނީ ބައިގަނޑު ތިއުޅެނީ ރާއްޖެ ކިޑްނެޕްކޮށްގެ މާގިނަދުވަހެއް ދެންނެތް ފައިވާން އަތަށްނަގައި ތައްޔާރުވެގެން ހުރޭ ކެނެރީބުއްޅަގެ ކޯޅޭޝަން
ތިޔާ ކޮންކަހަލަގެ ބައްޔެއް ސަލާމް ބުނަނީ މީހުން ބަލިވީމަ ކަމައް މީގެ ކުރީން މިއިނގެނީ މިހާރުތާ މިއިނގެނީ ސަލާމަކީ ކުޅިކުޅި ވަރައް ނެގޭ އެއްޗެއްކަން
މުޅިއުމުރަށް ސަލާން ބުނެފަ މަޖިލިސް، ރައީސްކަމުން ދުރުގައި ހުންނަންވީނު. މޫދުގައި މުރަކަ އިންދަން އުޅުން މާ ރަނގަޅު ތިބުނާ މީހާ.
ކުރިންރޭ ޖަލްސާއަށް މީހުން ނައީމަ އެކަމާ ރުޅިގަދަވެގެންގޮސް ހޭނެތުނަގޮތަ ހޭނާރަނީތަ؟