ލ. ފޮނަދޫ އިން ފުރައިގެން ޑިންގީއެއްގައި އެއަތޮޅު މާމެންދޫއަށް ދަތުރު ކުރަމުންދަނިކޮށް މަރިޔަމް ޝިމާ ހޯދުމަށް މިސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށް އެދާއިރާގެ ސަރުކާރަށް ނިސްބަތްވާ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ޝީމާ ގެއްލުނުތާ އަހަރެއްވެފައި ވަނީ މި މަހުގެ 21 ވަަނަ ދުވަހުއެވެ.

މިކަމާއި ގުޅޭގޮތުން ސިރާޖު ވިދާޅުވީ، ޝިމާ ފަދައިން ގެއްލިފައިވާ މީހުންނާއި ހަގީގަތް ނޭންގޭ މަރުތައް ތަހުގީގު ކުރުމަށް އެކުލަވާލައިފައިވާ "ގެއްލުވާލައިފައިވާ އަދި ހަގީގަތްނޭންގޭ މަރުތަކާި ބެހޭ ކޮމެޓީ" އިންވެސް ޝިމާ ހޯދުމަށް އެންމެ އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާކަމަށެވެ. އަދި އެކޮމިޝަނުން ޝިމާގެ އާއިލާއަކަށްވެސް އޭނާގެ މަރާއި ގުޅޭ އެންމެ އެކަށީގެންވާ މައުލޫމާތެއް ދެމުން ނާންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޝިމާ ހޯދުމުގެ މަސައްކަތް އެކޮމިޝަނުން ފުޅާ ދާއިރާއެއްގައި ކުރަން ފެށުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޝިމާ ގެއްލިފައި ވަނީ އޭނާގެ ރަހުމަތްތެރިއެއް ކަމުގައިވާ އިބްރާހިމް ފަޒީލް އާއި އެކު ދަތުރުކުރަމުން ދަނިކޮށް އެއަތޮޅުގައި އޮންނަ ފަޅުރަށެއް ކަމުގައިވާ ގާދޫ އާއި ހަމައިން ޑިންގީ ބަންޑުން ޖަހާލައިގެން ކަމަށް ފަޒީލް ވަނީ ބުނެފައެވެ.

އެހެން ނަމަވެސް ފަޒީލް އަކީ އެތައް ބޮޑެތި ކުށުގެ ރެކޯޑުތަކެއް ހުރި މީހަކަށްވުމުގެ އިތުރުން އޭނާ ދައްކާފައިވާ ވާހަކައިގައިގައި ދެކޮޅު ނުޖެހޭ ކަންކަން ހުރުމުން ފަޒީލްގެ ވާހަލަ އަދިގަބޫލުކޮށްފައެއް ނުވެއެވެ.

ފަޒީލް ޝިމާ ގޮވައިގެން ދަތުރު ކުރަމުން ދިޔައީ 12 ފޫޓުގެ ޑިންގީގެއެއްގައި ކުޑަ އިންޖީނެއް އަޅައިގެންނެވެ.

މި ހާދިސާއަށްފަު ޝިމާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން އަދި އެތާ ކައިރީގައި އޮންނަ ސިކްސްސެންސެސް ލާމު ރިޒޯޓުންނާއި އާންމުން ގުޅިގެން ވަނީ ކޮށްފައެވެ. އެހެން ނަމަވެސް ޝިމާ އާއި އެއްކޮށް ގެއްލިފައިވާ އޭނާގެ ދަބަހެއް ފޯނެއް، އަދި އެހެން ހެއްކެއްވެސް ފެނިފައެއް ނުވެއެވެ.

ޝިމާގެ ގެއްލުމުގެ ފަހަތުގައި ގޮތްނޭންގޭ ހަގީގަތްތަކެއް ވާކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެހެން ނަމަވެސް މިސަރުކާރުން ޝިމާ ހޯދުމަށް އެއްވެސް މަސައްކަތެއް ކުރަމުން އައިސްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އިންވެސްޓިގޭޓަރ

    އޭނަވީ ގާދޫގަ ގޮސް އެރަށް ބަލާ އޭނަ އަދި މަރެއްނުވޭ ފަޒީލް އޭނަ ފޮރުވައިގެން ގެންގުޅެނީ ފަޒީލް ހެދީ ހުސް ދޮގު

  2. އިންވެސްޓިގޭޓަރ

    މަ ޝިމާ އާ މީޓް ކުރިން އޭނަ ބުނީ އޭނަގެ ފޯނު ފަޒީލް ފޮރުވީމަ އެއްވެސްމީހަކަށް ނުގުޅެނީ ކަމަށް އޭނަ އެރަށު ހުރިވާހަކަ އާއިލާ ކައިރީ ބުނިކަން ފަޒީލް އަށް އެނގިއްޖެނަމަ އޭނަ މަރާލާނެކަމުގެ އިންޒާރު ދީފަ އޮތީމަ އެއްކަމެއްވެސް ނުކޮށް ހުއްނަނީކަމަށް މަ ކައިރީވެސް ބުނި ފަޒީލް އަށް އެނގޭގޮތަށް އެއްވެސް މީހެއްކައިރީ ނުބުނައްޗޭ. ފުލުހުން ފަޒީލް އަށް ޝައްކު ނުވާހެން އެރަށަށް ދިޔުން އެދެން.

  3. 19 ނަވާރަ

    ހެޔޮ ނުވާނެ ތިޔާ ކޮމިޝަން އުވާލަބަލަ. ރާއްޖޭގައި ރިކޯދް އަދަދަކަށް ހާރިސާތަކާއި މަރުފަދަ ހިތާމަވެރި އެތައްކަމެއް ތިޔާ ކޮމިޝަން ހެދިފަހުން އެބަ ހިނގާ އާދޭސް ކޮއްފަ މިބުނީ ކޮމިޝަން އުވާލާ

  4. އިންވެސްޓިގޭޓަރ

    ދޭތެރެދޭތެރެއިން ފަޒީލް އެރަށަށް ގޮސް ކާނެބޯނެ އެއްޗެހި ޝިމާއަށް ދޭކަމަށް ވަނީ. ފޮނަދޫ އަށް ދާން ހިނގާށޭ ބުނީމަބުނީ އެރަށުން އޭނަ އެންމެ ފިޔަވަޅެއްވެސް ބޭރަށް އަޅައިފިނަމަ ފަޒީލް އަށް ޝައްކުވެގެން އަންނާނެޔޯ އޭނަ އަތުގަ ކަޓަރާ ވަޅިހުރެޔޯ އޭނަވެސް އިންވެސްޓިގޭޓް ކުރާކަމަށްވޭ. ދެން އެއްކޮށް ޝިމާ ދޫކޮއްލާނީ ކޮންދުވަހަކުންހޭ ބުނީމަ ބުނީ އަދި 2 އަހަރު ކޮށްފަ ހެންނޯ ހީވަނީވެސް. އޭނަވެސް ކޮންމެހެން އެފަޅުރަށު ހުންނަހިތަކުން ނޫނޯ އުޅެނީކީ. ފުލުހުންނަށް ގޮސް ވާނުވާސާފުކޮށްދީބަލާށޯ.

  5. ޔާމިން

    ތީގެންވެސް ތިއެގެނީ މޫސާ ސިރާޖުގެ ސަރުކާރު ނުކުޅެދޭ ކަމެއްނު ދޯ.

    25
    2
  6. އަލިބެއްޔާ

    މޫސާ ސިރާޖުގެ އަތެއް ނުވޭތަ؟

  7. ސޮއްބެ

    އޭނަގެ އާއިލާއިން ނުތެޅޭ ވަރަށް ސިރާޖު ތެޅެންޖެހޭތަ

    2
    3
    • އަލިބެއްޔާ

      ޖެހޭނެ.. އާއިލާގެ މީހެއްގެ ބައިވެރިވުމެއް އޮތްތޯވެސް ބަލަން ޖެހޭނެ.. ސިރާޖު ކުރިން ހުރި ގޮތަށް ހުރި ނަމަ ތިހެން ބުނެވުނީސް..