ހޫނު ގަދަ ދުވަސްވަރު ކަރަންޓް ހަރަދު ކުޑަކުރެވިދާނެ ގޮތާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ސްޓެލްކޯއިން އެނާޖީ ސޭވިން ކެމްޕޭނެއް މިއަދު ފަށައިފިއެވެ.

މިއަދު ހެނދުނު ސްޓޭލްކޯ ގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކެމްޕޭން ފައްޓަވާދެއްވީ ސްޓްލެކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޤުނީއެވެ.

މުޅި ރާއްޖެއަށް އަމާޒުކޮށްލައިގެން ހިންގޭ މި ކެމްޕޭނުގެ ބޭނުމަކީ ކަރަންޓް ހަރަދު ކުޑަ ކުރުމަށާއި ކަރަންޓް ހަރަދު ބޮޑުވަނީ ކީއްވެތޯއާއި އަދިވެސް ގިނަ ކަންތައްތަކާއި ބެހޭ ގޮތުން އާންމުންއަށް މައުލޫމާތު ދިނުމުގެ ގޮތުން ބާއްވާ ކެމްޕޭނެކެވެ.

ސްޓެލްކޯއިން ބުނީ، ފާއިތުވެ ދިޔަ 6 އަހަރުގެ ސްޓެޓިކްސް އިން ވެސް ފެނިގެން ދިޔަ ގޮތުގައި ކޮންމެ އަހަރެއްގެވެސް މާރޗް، އޭޕްރިލް އަދި މޭ މަހު މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކޮންސަންޕްޝަން މަތިވުމަކީ ކަރަންޓް ހަރަދު ބޮޑުވާ ކަމެއް ކަމަށްެވެ.

އަދި މީޑިއާތަކުން ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކޮމެންޓް އާއި އާންމުންގެ ހިޔާލު ހޯދާ ސްޓެލްކޯއަށް ފޮނުވާދިނުމަށް ވެސް ވަނީ އެދިފައެވެ. އޭގެ އިތުރުން މީޑިއާތަކަށް ހާއްސަކޮށްލައިގެން ވަން އޮން ވަން ސެޝަން ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މުޤުނީ ވިދާޅުވީ ކަރަންޓް ހަރަދު ކުޑަކުރުމަށް ބޭނުން ކުރަންޖެހޭ މިންވަރަށް ވުރެން ގިނައިން ކަރަންޓް ބޭނުން ނުކުރުމަށާއި މިފަދަ ކެމްޕޭނަކުން އާންމުންނަށް މައުލޫމާތު ލިބި ކަރަންޓް ބޭނުން ކުރާވަރު ކުޑަ ކުރެވިއްޖެ ނަމަ ބޭކާރުވެގެންދާ ކަރަންޓް މަދުކުރެވުގެންދާނެ ކަމަށެވެ.

ސްޓެލްކޯއިން ބުނީ ގިނަ ދުވަސް ވެފައިވާ ވަރިރުގެ ސަބަބުންވެސް ބައެއް ފަހަރު ކަރަންޓް ހަރަދު ބޮޑުވާ ކަމަށާއި އަދި ވަޔަރުން ކަރަންޓް ލީކުވެދާނެކަމަށެވެ.

އޭގެއިތުރަށް، ސްޓެލްކޯއިން ބުނީ މި ކެމްޕެއިންގައި ޒުވާނުންއަށާއި ސުކޫލުތަކުގެ އިތުރުން މީޑިއާ މެދުވެރިކޮށް ކަރަންޓާއި ބެހޭ ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. 19 ނަވާރަ

    ފުރަތަމަ ތިޔާ ކުންފުނިން މުވައްޒަފުންގެ ކަންތައްތައް ރަގަޅުކޮއްބަލަ އޭގެ ފަހުގައި ރައްޔިތުންނަށް ޚިދުމަތްދެވޭނީ. ރަސްމީ ގަޑިއަކީ ތިޔާ އޮފީހުގެ ކޮފީމޭޒު ފުރާގަޑި ދެން ގޭގަ ދަރިން ބަލާފަ ގޮސް ކާޑް ޖެހުން ނޫންކަމެއް މުވައްޒަފުން ނުކުރޭ. މުގުނީ އަށްވެސް އެގިގެން މިކަން މިކުރަނީ. އަހަރުމެން މީހަކާ ބައްދަލުކޮއްލަން ދިޔަޔަސް ނޫޅޭ ސައިގަޑި ނޫނީ ވެރިން ކައިރީގަ. ކޮންފަދަ ކަމެއްތަ.