މާލޭގައި ހިންގަމުން އަންނަ ކޮންސްޓްރަކްޝަން ސައީޓަކުން އެއްލައްކަ ރުފިޔާގެ އަގުހުރި ސާމާނުތަކެއް ވަގަށް ނެގި ބަޔަކު ހޯދުމުގެ މަސައްކަތް އަމިއްލަ ފަރާތަކުން ފަށައިފިއެވެ.

މިތަކެތި ގެއްލިފައިވަނީ މާފަންނު ގަޑިބުރު ކައިރީ ހުންނަ ކޮންސްޓްރަކްޝަން ސައިޓަކުންނެވެ.

އެ މައުލޫމާތު ހިއްސާ ކުރި މީހަކު "ވަގުތު"އަށް ބުނީ، އެ ތަކެތި ވަގަށް ނަގާފައި ވަނީ ފެބްރުއަރީ އިއްޔެ އިރުއޮއްސި 6 ޖެހުމާއި މިއަދު ހެނދުނު 7 ޖެހުމާއި ދެމެދުގެ ވަގުތެެއްގައި ކަމަށެވެ.

އެ މީހާ ބުނިގޮތުގައި، ވަގަށް ނެގި ތަކެތީގެ ތެރޭގައި އަޅި ކުލައިގެ، މަކިޓާ އެސްއެސް ޕައިޕް ކަޓިން ސޯ، މަކިޓާ ކޮންކުރިޓް ހެމާ ޑްރިލް، މަކިޓާ ގުރޭންޑަރ، ކަޅު ކުލައިގެ މިޑެކްސް އާރގޮން ވެލްޑިން ޕްލާންޓް އަދި 25 ފޫޓުގެ މިޑެކްސް އާރްގޮން ވެލްޑިން ޓޯރޗެއް ހިމެނެއެވެ.

މި މައްސަލަ ވާނީ ފުލުހުން އަށް ހުށައަޅާފައެވެ. އަދި ފުލުހުން ވަނީ ބަލާ ފާސްކޮށް ފިންގާޕްރިންޓް ނަގާފައިކަަމަށް އޭނާ ބުންޏެވެ.