ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކުއްޖާގެ ކާފައާ މުނިކާފަގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް މިއަދު ފަށައިފިއެވެ.

ކުޑަކުއްޖަކާއި ގުޅޭ މައްސަލައެއް ކަމުން ސިއްރުން ކުރިޔަށް ގެންދާ މި ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށާފައި ވަނީ މިއަދު ހެނދުނު 10:30ގައެވެ. ކުޑަކުއްޖާ ރޭޕްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުއްޖާގެ ކާފައާ މުނިކާފަގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އާއިލާ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއި، ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ. ނަމަވެސް އެ ދައުވާތަކަށް ދެ މީހުން އިންކާރު ކުރެއެވެ.

މި މައްސަލާގައި ހައްޔަރުކުރި ކުއްޖާގެ މުނި ކާފައަކީ 81 އަހަރުގެ މީހެކެވެ. އަދި ކުއްޖާގެ ކާފައަކީ 62 އަހަރުގެ މީހެކެވެ.

މި ދެ މީހުން ހައްޔަރުކުރީ ގއ. ކަނޑުހުޅުދޫ އިން މިދިޔަ މަހުގެ 17ވަނަ ދުވަހުއެވެ. މި މައްސަލާގައި ކުއްޖާގެ ބައްޕަވެސް ވަނީ ހައްޔަރުކޮށްފައެވެ. ކުއްޖާގެ ބައްޕަ ހައްޔަރުކުރީ އިހުމާލުވުމުގެ ކުށުގެ ތުހުމަތުގައެވެ. ނަމަވެސް ކުއްޖާގެ ބައްޕަ މިހާރު ވަނީ ދޫކޮށްލާފައެވެ. މި މައްސަލާގައި ކުއްޖާއަށް އިހުމާލުވުމުގެ ދައުވާ ކުއްޖާގެ މައިންބަފައިންނަށް ކޮށްދިނުމަށް ފުލުހުން ވަނީ ޕީޖީއަށް ހުށަހަޅާފައެވެ.

މި މައްސަލާގައި އިތުރު ބައެއްގެ އިހުމާލުވާކަމަށް ޕީޖީ އޮފީހުން ވަނީ ބުނެއެވެ. އަދި އެ މީހުންގެ މައްޗަށް ދައުވާ ކުރާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.

މި މައްސަލައިގައި ފުލުހުން މީގެ ކުރިން ވިދާޅުވީ، ކުއްޖާގެ ކާފައަށް ކުރެވިފައިވަނީ ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކަމަށާއި ކުއްޖާގެ މުނި ކާފައަށް ކުރެވެނީ ޖިންސީ ފުރަައްސާރަ ކުރި ކަމުގެ ތުހުމަތު ކަމަށެވެ. ނަމަވެސް އޭގެ ފަހުން ތަހުގީގަށް ލިބުނު ކުރިއެރުންތަކެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބިންގަރާސް

    މިފަހަރު ކުށަށް އިންކާރު ކޮށްގެން ތި 3 މީހުން ސަލާމަތްވެއްޖެޔާ ދެން އެމީހުންނަށް ހަދާނެ ގޮތެއް ރައްޔިތުންގެ އަތް މައްޗަށް ދޫކޮށްލާ. ހޮޅި ނަޝީދު ހުއްޓާ ހީވޭތަ ތި ހޯރަ އިއްބެ މައްޗައް ކުށް ސާބިތުވާނެހެން