ސާދަ ސަތޭތަ ސާޅީސް އެއްވަނަ ރާއްޖެއިން މީހުން ހައްޖަށް ފޮނުވުމަށް ކަނޑައެޅިފައި ވަނީ ހަތަރު ކުންފުންޏެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ 1441 ވަނަ އަހަރު ދިވެހިރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ޝައުގުވެރިވާ ކުންފުނިތަކުން މިއަދު ބިޑު ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން މިއަދު 15 ކުންފުންޏަކުން ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިކަން ފާޅުކޮށް ބިޑު ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެކުންފުނިތަކުގެ ތެރެއިން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމަށް ނިންމާފައިވަނީ ހަތަރު ކުންފުންޏަކަށެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީން ބުނީ ހައްޖަށް މީހުން ފޮނުވުމަށް ކުންފުނިތަކާއި އަދަދު ކަނޑައަޅާނީ އިސްލާމިކް މިނިސްޓަރު ކަމަށެވެ.

މިދިޔަ އަހަރު ރާއްޖެ އިން ހައްޖަށް މީހުން ގެންދިޔުމަށް ހުއްދަ ދީފައި ވަނީ ހައްޖު ކޯޕަރޭޝަން ހިމެނޭ ގޮތަށް ހަ ޖަމާއަތަކަށެވެ. މީގެ ތެރެއިން ހައްޖު ކޯޕަރޭޝަަނަށް 550 ޖާގަދިންއިރު، އެހެން ކޮންމެ ޖަމާއަތަކަށް ދީފައި ވަނީ 90 ޖާގައެވެ.

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި ސައުދީ އަރަބިއްޔާއަށް ގޮސްތިބޭ ދިވެހިންނަށް ދިމާވާ ކަންކަމާ ގުޅޭ ގޮތުން ހާއްސަ ދިރާސާއެއް އިސްލާމިކް މިނިސްޓްރީން ވަނީ ކޮށްފައެވެ. މިފަދަ ދިރާސާތަކަކީ ހައްޖުގެ އަޅުކަމަށް ދިވެހިން ފުރުމާއި އެނބުރި މާލެ އައުމާ ދެމެދު ހިނގާ ހުރިހާ ކަމެއްގެ މައްޗަށް ބިނާކޮށްގެން ކުރެވިފައިވާ ދިރާސާއެއް ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މައްކާއަށް އެތައް ބިލިއަން މީހުންއެއް ކޮންމެ އަހަރަކުވެސް ޖަމާވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އތމސސފ

    އެއްވެސް ވަރަކަށް ޚިދުމަތް ދޭގޮތަަކަށް، ހައްޖުވެރިންގެ އަޅުކަން ފުރިހަމައަށް ކުރިތޯވެސް ނުބަލާ، ބިޑް އެއީ ހަމަ ނަމަކަށް ކުރާކަމެއް އެއިރެއްގަ ހުންނަ އިސްލާމިކް މިނިސްޓަރާ ގާތްކަން އޮންނަށް ގްރޫޕަކަށް ދެނީ. ނަމަކަށް ހައްޖުމިޝަން އެއް ހަދާ ބަޔަކު މައްކާއަށް ދޭ ހައްޖުވެރިންގެ ކަންކަން ބަލާށޭ ކިޔާފަ . އެ މީހުން މާތް ﷲ މަތިވެރި ކުރެއްވި ބިމުގަ އުޅެނީ މަޖާކުރަން ދަތުރުގޮސް ބަޔަކު އުޅޭގޮތަށް . ކުޑަވެސް ބިރުވެރިކަމެއް ނުހުރޭ. ކަމަކީ ކެއުމާ ވިޔފާރި ކުރުމާ އެކަކު އަނެކަކާ ކޮންމެވެސް ގްރޫޕަކުން ދާ އަންހެން ނަރުހެއް ނޫނީ ޑޮކްޓަރަކާ އަލުވާކިއުމާ ދިމާކުރުން....

  2. ރައްޒެ

    ބަފައިބެ.. މާށާﷲ..

  3. ރަޝީދު

    ކުރިންއަހަރުތަކުގައި މީހުން އަތުންހައްޖައް ގެންދިއުމަށް އިތުރަށް ލާރި ނެގި ގުރޫޕް ތަކައް ތިޔަކުރެއްވި ޚާއްސަދިރާސާ އިން މިފަހަރު އިގޭނެ ކަމަށް އުއްމީދު ކުރަން

  4. ވަގުތު

    ހުސް ދޮގު ހަދާ ގުރޫޕުތަކެއް

  5. ތިމަންނަ

    މިކަންވެސް ނި މިގެންދާނީ ކޮރަޕްޝަނެއްގެ ތެރެއިން ރަގަޅަށް ބަލަންތިބޭ