ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވާފައިވާ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމްގެ އިސްތިއުނާފީ ޝަރީއަތުގެ އަޑުއެހުމުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓަށް 75 ނުކުތާއެއް މިއަދު ހުށަހަޅައިފިއެވެ.

ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ޖޫޫރިމާނާ ކުރީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމުންނެވެ. އެމަނިކުފާނު ކަފާލާތުގެ ދަށުން މިނިވަން ކުރަން ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމާފައި ވަނީ ޔާމީން މިނިވަން ކުރެވެން ނެތް ކަމަށެވެ.

ހައި ކޯޓުން އެގޮތަށް ނިންމުމުން، އެ ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީންގެ ފަރާތްޕުޅުން ވަނީ އެ ނިންމުން ރިވިއުކޮށް ދިނުމަށް އެދިވަޑައިގެންފައެވެ. އެކަމަކު، އެ ކޯޓުން ނިންމީ ޔާމީން ދޫކޮށްލަން ހުށަހެޅި މައްސަލައިގައި ކޯޓުން ގޮތެއް ނިންމާފައި އޮއްވައި އެ މައްސަލަ ރިވިއު ކުރަން ޖެހޭ ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން، ހައިކޯޓަށް މިއަދު ހުށަހެޅި، އިސްތިޢުނާފީ ނުކުތާތައް ބޮޑަށް ބިނާކޮށްފައިވަނީ، އެ މައްސަލައާ ގުޅޭގޮތުން، ކްރިމިނަލް ކޯޓުގައި ހެކިބަސް ދިން، ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބް ޢަބްދުލްޣަފޫރާއި، އެމްއެމްޕީއާރުސީގެ އެމްޑީގެ މަޤާމުގައި އޭރު ހުންނެވި، ޢަބްދުﷲ ޒިޔަތު ދީފައިވާ ހެކިބަސް ކޯޓަށް ބަަލައިގަނެ، އެ ހެކިބަހަށް ބާރު ދީފައިވާތީ، އެކަމާ ގުޅޭ ގޮތުންނެވެ.

އެގޮތުން، އެ ދެމީހުންނަކީ، ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަން ސާބިތުވެ، ޖަލަށްލާން ޙުކުމްކުރި މީހުން ކަމަށާއި، ޝަރީޢަތުގެ މަޖިލީހުގައި ފާސިޤަކު ދޭ ހެކިބަހަކީ، ބަލައިގަނެވޭނެ ހެކިބަހެއް ނޫންކަން، ހައިކޯޓުންނާއި، ސްޕްރީމް ކޯޓުން ނިންމާފައިވާ ޤަޟިއްޔާތަކަށް ބެލުމުން އެނގެން އޮންނަ ކަންވެސް ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން، ރައީސް ޔާމީނާއި، އެކަނިކުފާނުގެ އާއިލާއަށް ބޮޑު ގެއްލުމެއް ދިނުމުގެ ގޮތުން، ފިނިފެންމާ ލޯންޗު ގޮއްވާލުމަށް ރޭވި މައްސަލައިގައިވެސް އަދީބު ހައްޔަރު ކުރި ކަމާއި، އެމީހަކާއި ދޭތެރޭ ހަސަދަވެރިކަމާއި ނަފްރަތު އުފެދިފައިވާ މީހަކާއި ދެކޮޅަށް އަނެކާ ދޭ ހެކިބަހަކީވެސް ކޯޓަށް ބަލައިގަނެވޭނެ ހެކިބަހެއް ނޫންކަން، މީގެ ކުރިން، ހައިކޯޓުން ނިންމާފައިވާ ބައެއް ނިންމުންތަކުގައިވެސް ބަޔާންކޮށްފައިވާ ކަން ފާހަގަކުރިއެވެ.

"ދަޢުވާ އަކުން، ބަރީޢަވުމުގެ ހައްޤަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްޤެއް. މި މައްސަލައިގައި، ކުރެވުނު ދަޢުވާ އިން ބަރީޢަވުމަށް، އެކަށީގެންވާ ވަގުތާއި ވަޞީލަތް، ރައީސް ޔާމީންނަށް ލިބިފައެއް ނުވޭ. ދަޢުވާ ކޮށްފައިވަނީ، ކުރެވުނު ތަޙުޤީޤުތަކުގެ މައްޗަށް ބަލާފައެއް ނޫން. އިބްތިދާޢީ އަޑުއެހުންތަކާއި، ޝަރީޢަތުގެ އަޑުއެހުންތައް ވެސް އެކުއެކީގަ ކުރިއަށް ގެންގޮސްފައި ވަނީ. މި މައްސަލައިގައި ހުށަހެޅި ހެކިތައް ވަޒަންކޮށްފައިވަނީވެސް ގޯސްކޮށް. އަދި ދިފާޢުން ހުށަހެޅި ކިތާބީ ހެކިތަކަށްވެސް ރިޢާޔަތްކޮށްފައެއް ނުވޭ. އަދި ކުރެވުނު ދަޢުވާގައި ހިންގި ކަމަށް ބުނާ، އަމަލާއި ހިންގި ކަމަށް ބުނާ ވަގުތުވެސް ބަޔާންކޮށްފައެއް ނުވޭ." ރައީސް ޔާމީންގެ ފަރާތްޕުޅުން، ހައިކޯޓަށް ހުށަހެޅި، ނުކުތާތައް ހުށަހަޅުއްވަމުން، ވަކީލް، ޢަބްދުﷲ ޝިޔާޒް ވިދާޅުވިއެވެ.

މި މައްސަލައިގައި ގިނަ ނުކުތާތަކެއް، ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ވަނީ ފާހަގަ ކުރައްވައިފައެވެ.

އެގޮތުން، ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ޙުކުމުގައި ފައިސާ ދައްކަން އަންގާފައިވަނީ ޑޮލަރުން ކަމަށާއި، ނަމަވެސް، ވިޔަފާރީގެ މުޢާމަލާތައް ކުރުމުގައި އާއްމުން މިންގަނޑެއްގެ ގޮތުގައި ބޭނުންކުރަންވާނީ، ދިވެހި ރުފިޔާ ކަމަށް، ކަމާއި ގުޅުންހުރި ޤާނޫނުތަކާއި، ޤަވާއިދުތަކުން އެނގެން އޮންނަ ކަންވެސް ވަނީ ވަކީލުން ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، ރައީސް ޔާމީންގެ މައްޗަށް 5 އަހަރު ދުވަހުގެ ޖަލު ޙުކުމް ކަނޑައެޅުމުގައި، ދަޢުލަތުންވެސް ބުރަވެފައިވަނީ، އެ މައްސަލައާ ގުޅިގެން ދެވެން އޮތް އެންމެ ލުއި އަދަބެއް ދިނުން ކަމަށްވީ ހިނދު، ފައިސާގެ އަދަދު ކަނޑައެޅުމުގައި ކަނޑައަޅާފައިވަނީ އެ މައްސަލައާއި ގުޅިގެން ދެވެން އޮތް އެންމެ މަތީ އަދަދު ކަންވެސް ވަނީ ފާހަގަ ކޮށްފައެވެ.

އަޑުއެހުން ނިންމާލާފައިވަނީ، މިއަދު އަޑުއެހުމަށް ޝަރީޢަތުން ކަނޑައެޅި ވަގުތު ހަމަވުމުންނެވެ. ވަގުތު ހަމަވި އިރު، އިސްތިއުނާފު ކުރާ ފަރާތަށް، އެކަމުގެ ތަފްޞީލް އިއްވިފައިވަނީ މަދު މިންވަރެކެވެ. އެހެންކަމުން، ޝަރީޢަތުން ވަނީ ދެން އަންނަ އަޑުއެހުމަކަށް އަންނަ އިރު، ހުލާސާ ގޮތެއްގައި އެ ނުކުތާތަކުގެ ތަފްޞީލް ހުށަހަޅަން ތައްޔާރުވެގެން ވަޑައިގެންދެއްވުމަށް އެދިވަޑައިގެންފައެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި، ނުކުތާތަކާއި، އޭގެ ތަފްޞީލާއި އެކު ޖުމަލް 101 ޞަފުހާ އެ ލިޔުމުގައި ހިމެނެއެވެ. މިއަދު ހުށަހެޅިފައިވަނީ 25 ޞަފުޙާއެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 3 ވަނަ ދުވަހުއެވެ.

 

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޢިޔާބު

    ކޮންމެފަދަ ހެއްކެއް ދެއްކިޔަސް މިނިކާ ވަގެއްގެ އަތުޖެހުނު މައުސޫމު ފުއްލާއަކަށް ސަލާމަތެއް ނެތެވެ.

  2. ކަނަމަނަ

    މިސަރުކާރުގަމިހާރުމިތިބަވެރިންތިބިހާހިދަކު ޔާމީނަކައް އިންސާފެއް ނުލިބޭނެ އެއައްވުރެމާ ޖާހިލުބައެއްމިހާރުތިބީ ނަނަވާނީ ޔާމީނު ، ކޮބާ އެއްމެންބުނި ގޭންގުސްޓާރުކަމެއްވެސް މިއަދަކު ނުފެނޭ

  3. ޔާﷲ

    ޔާﷲ ޔާރަޚުމާން ޔާރަހީމް އަނިޔާވެރީ ންގެވަކިތަކުން ނުޚައްޤުން ޖަލަށް ލާފައިވާ ރައީސްޔާމީ ންސަލާމަތްވެވޭނެމަގެއް އިންޝާﷲ މެދުވެރި ކޮށްދެއްވާށި އާމީ

    63
    6
    • ރަސީދު

      އާމީން

      1
      1
  4. ޙަބަރުގެޔާ

    ތި 75 ނުކުތާތެރޭގައި އަނގޮޓީގެ ވާހަކަ އެބައޮތްބާ

    5
    38
    • ރަސީދު

      އޭގެތެރޭގަޓާރމިނަލް ވަގު ކެރަފާ ހިމެނޭ

  5. ބަޔަކުސަފާރީ

    އޮޅުވާލެވޭތޯ ލައްކަ މަސައްކަތް ކޮށްފަ އޮތީ ކުރިންވެސް އެކައުންޓު އޮޅުވާލާ އެހެންމީހެއްގެ ފައިސާ ޖަމާކޮް ލައްކަ ގަނޑު ގަނެފި އެކަމަކުވެސް އޮޅުވައެއް ނުލެވުނު ހަމަ

    5
    48
    • ރަސީދު

      ކަލޭމެން ބީތާވެފަ ތާ ތިތިބީ ފަސްއަހަރު ތަރައްޤީ ގެނައީ އަކީ ރުކުގެ ލަކުޑި އެންނޫނޭ، ލާދީނީބައިގަނޑު

  6. މޯދީ

    މިހާރުން މިހާރަށް ރައީސް ޔާމީން ދޫކޮށްލާ.

    61
    6
  7. ރަސީދު

    ތީހަމަކޯޓަކުން ޝާރީއަތަކުން ކޮއްފަވާހުކުމެއްތޯ؟ ތިއައްވުރެން އިންސާނުންގެ އެހެން ވައްތަރަކުން ކުރާހުކުމް މާބޮޑައްވެސް އަދުލުވެރި ވާނެހެންހީވަނީ

    49
    5
    • ރަސީދު

      ކެރަފާ އާއި ގެރި މޮދީގެ ހުކުމް

      2
      1
  8. އ. ޖ. އ

  9. مشير

    ނަހަލާލު ސަރުކާރުން ކަނޑައަޅާނީ ނަހަލާލު ނިޔާ. ހައްގު ބަސްބުނަން އެނގޭ މީހުން މިއަދު ވާގިވެރި ވަމުން އެދަނީ ހަމަ މިނަހަލާލު ސަރުކާރުގެ އެތެރެއިންނާއި ބޭރުން. ތިމަ ތިމާމެން ހިތަށް ނާރާ ﷲގެ ޝަރީއަތް ބިންމަތީ އަދުލުވެރިކަމާއެކު ނުކުރުމުން އައިސްދާނެ ކޯފާއަކަށް. ﷲގެ އިރާދަފުޅު ފަހަނަ އަޅައި ހަލްގުތަކުންނަށް ނުދެވޭނެ. ވީމާ އެފަދަ ނުތަނަވަސް ކަމެއް އަމުގެ ކުރިން އީމާންތެރިކަމާއި އިހްސާންތެރިކަން ވަރުގަދަ ކުރަންޖެހޭ.ހައްގު މަގަށް ރުޖޫއަ ވާންޖެހޭ. މިހާރުވެސް މުޅިދުނިޔެއަށް ﷲ ފޮނުއްވާފައިވާ އިންޒާރުގެ މެސެޖާއި މެދު ފުންކޮށް ވިސްނާނެ ކަމަށް އުންމީދުކުރަން. އެފަދަ ކަންކަމަކީ އާފިލްކަމާއި ގުޅިގެން އަންނާނެ ކަންކަން ކަމަށް އަހަރެމެންގެ ވެރި ރަސްކަލާންގެ ވަނީ އިންޒާރު ކުރައްވާފައި. والله أعلم.

    26
    3
  10. އަލްޖިބްރާ

    75ނޫން ! 75000ނުކުތާ ހުށައެޅިއަސް ވައްކަން ނުކުރާ ކަމަކަށް ނުހެދޭނެ ! ދުލާއި ޤަލަމް ހިގާނަމަ ހިތުހުރި އެއްޗެއް ކިއާ ލިއެވިދާނެ ! މީގެ އިދިކޮޅަށް އެއްޗެއް ބުނާނަމަ އަބްﷲ ޤާޞީ ޖަލަކަށްވެސް ނުލާ ! އެއީ ވީކަމެއްވެސް ނޫން !

    4
    25
  11. މޮހޮދު

    ރައީސް ޔާމީން ޖަލަށްލާފާހުރީ ބޭއިންސާފުން. ހަމަ މިހާރުން މިހާރަށް ދޫކޮށްލާ. ބޮޑު ނހރއޕާނއނ

    33
    3