ކ. ރިހިވެލި ރިސޯޓު ކައިރިން ސްނޯކްލިން އަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެއެވެ.

މަރުވެފައި ވަނީ، 48 އަހަރުގެ ޔޫކްރެއިންނަށް ނިސްބަތްވާ ފަތުރުވެރިއެެކެވެ.

އޭނާ ގެނބިގެން ކ. ގުރައިދޫ ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު 11:39 އެހާކަށްހާއިރު ފުލުހުންނަށް ލިބިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އެމީހާ ގުރައިދޫ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، އޭނާ މަރުވެފައި ވަނީ ފިޓް ޖެހިގެން ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން ދަނީ، އެ މައްސަލާގައި ބަލަންޖެހޭ އިތުރު ކަންކަން ބަަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފެއިލް ސަރުކާރު

    މި ސަރުކާރު އައިފަހުން މަހަކު 3 ފަތުރުވެރިން މަރުވާކަން ތަފާސްހިސާބު ތަކުން ދައްކާ. އެވަރަށް ފަތުރުވެރިން މަރުވަމުން ދާއިރުވެސް އެކަމަށް އެއްވެސް ވަރަކާ އަޅާނުލައި ޓޫރިޒަމް ކުރިއަރުވާށޭ ކިޔާފައި މަސައްކަތް ކުރަނީ. މިސަރުކާރު ބޮޑުތަނުން ފެއިލްވެފަ ތިހުރީ. އެވަރަށް ފަތުރުވެރިން މަރުވާ އިރުވެސް ފިނިކޮޓަރީގައި އަތްޖަހަން މިތިބެނީ. ފެއިލް ފެއިލް ފެއިލް...