އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު އިންޑިއާށް ކުރަމުންދާ ދަތުރުގައި، ބެކްއަޕެއްގެ ގޮތުގައި ގެންގުޅޭ E-4B ނައިޓްވޮޗް ބޯޓު ނުވަތަ "ޑޫމްސްޑޭ ޕްލޭން" ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޕާކުކޮށްފިއެވެ.

ބޮއެންގ މަރުކާގެ އެ ބޯޓަކީ ހަނގުރާމަވެރި ހާލަތްތަކާއި، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެމެރިކާގެ ރައީސްގެ އިތުރުން، އިސްވެރިން ދަތުރު ކުރައްވާ މަތިންދާބޯޓެކެވެ.

އެމެރިކާގެ ރައީސުން ކޮންމެ ތާކަށް ދަތުރުކުރެއްވިއަސް ބެކަޕެއްގެ ގޮތުގައި މި ބޯޓު އޮންނާނެއެވެ. އޭގެ ބޭނުމަކީ ހަނގުރާމަވެރި ހާލަތެއް މެދުވެރިވެއްޖެނަމަ އެ މަތިންދާބޯޓުގައި ހުންނަވައިގެން ގައުމުގައި ހިންގުމުގެ ކަންކަން ރައީސްއަށް ކުރެވިގެން ދިއުމެވެ.

އެ ބޯޓު ވެލާނާ އެއާޕޯޓުގައި ޖައްސާފައި ވަނީ މިއަދު މެންްދުރުއެވެ.

މިއީ އެމެރިކާ ރައީސުން ބޭނުން ކުރައްވާ މަތިންދާބޯޓެއް ފަހުގެ ތާރީހެއްގައި ރާއްޖޭގެ އެއާޕޯޓަކަށް ޖެއްސި ފުރަތަމަ ފަހަރެވެ.

ދެ ދުވަހުގެ ދަތުރެއްގައި ޓްރަމްޕް މިހާރު ހުރީ އިންޑިއާގެއެވެ. އޭނާގެ މި ދަތުރުގައި އިންޑިއާގެ ތިން ސިޓީއަަކަށް ޒިޔާރަތް ކުރާނެއެވެ. ޓްރަމްޕްގެ ދަތުރުގައި ޒިޔާރަތް ކުރާނެ ކަމަށް ބުނެފައިވާ ސިޓީތަކަކީ ގްޖުރާތު، އާގަރާ އަދި ދިއްލީއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    ތިއީ ރޔާމީންގެ މަސައް ކަތުގެ މޮޅު ކަން..ދުނިޔޭގެ ފެންވަރުގެ ރަންވޭއެއް ނިންމަދީފައޮތީމަ..ދެވަން ރަންވޭ ނުހަދާއިރު ނާދެއްނޫންތަ ތިފެންވަރުގެ ބޯޓެއް..

    38
    3
  2. އަޅިބެ

    ޓްރަމްޕަށް ރާއްޖެ އަށް އަންނަން ދަޢުވަތު ނުދޭތީ ވަރަށް ކަޑަ
    ކީއްވެ ރާއްޖެ އާ އެމެރިކާ ޙާރިޖީ ގާތް ގުޅުމެއް ނުބާއްވަނީ
    ޕްލީޒް އިބޫ، އާދޭހާއެކު މިދަންނަވަނީ ރާއްޖެއަށް ގިނައިން ގެންނަންވީ އެމެރިކާ ފަތުރުވެރިން. ?
    އެމެރިކާ ލައްވާ ރާއްޖޭގެ މެގަ ޕްރެޖެކްޓްތައް ހިންގުވަންވީ
    ރާއްޖޭގަވެސް ޖައްވީ އިދާރާއެއް އުފައްދަންވީ

    24
    9
  3. ޙސހސ

    ޓޮރަންޕު ރައްޖެ އަންނަނި ކަންނެގެ އިންޑިޔަ ދަތުރައްފަހު

    2
    1
  4. ނީމޯ

    ޓްރަމްޕް އިންޑިއާ އަށް ދާތީވެ ބެކަޕް ރާއްޖެގައި ބާއްވަނީތާ ދޯ.

  5. ޫުރހެހެ ނރޖޖރ

    ޓުރަންޕު ރައްޖެ އަންނަނި ކަންނެގެ އިންޑިޔަ ދަތުރުޕުޅަށްފަހު ހިޔެއްނުވެ އަައްނަނެ ހިނެއް އެނަ އަންނައްޔަމުން މުޅި ސިފައިންގެ ލަސްކަަރު ރައްޖެ އައިސް މިހަރު ތިބެނި މި ބެފުޅަމި އެހަ އަދައިގެ ބެފުޅެއް ނުނޯ

  6. އަޙްމަދު

    ރަގަޅު ވާޙަަކަޢެޢް