ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ފެތުރެމުންދާ މިންވަރާއި، މިކަމުގައި އެހެން ޤައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާއި، މި ވައިރަހުގެ ނުރައްކާތެރިކަން ރާއްޖެއަށް އޮތް މިންވަރާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކެބިނެޓުގެ ވަޒީފުންނާއި މަޝްވަރާ ކުރައްވަައިފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންގޮސްފައި ވަނީ، ކެބިނެޓުގެ ބައެއް ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ކަމާއިބެހޭ އިދާރާތަކުގެ އިސްވެރީންގެ އިތުރުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ސީނިއަރ ޑޮކްޓަރުންނާއެކު ރައީސް އޮފީހުގައެވެ.

މި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކަށް ބަލާއިރު، ވައިރަހުގެ އަސަރު ރާއްޖެއިން ފެނިދާނެ ހާލަތަކަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި، އެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކޮށްފައި ވެއެވެ،

މިއަދުގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ކޮވިޑް-19 ވައިރަސްއާއި ގުޅިގެން ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއްގައި ސަރުކާރުން ތައްޔާރަށް އޮތްކަމަށެވެ.

އަދި ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތައް އެ ގޮތުގައި ކުރިޔަށްގެންދިއުމާއި މޮނިޓަރކުރުމުގެ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ރައީސް ވަނީ އިރުޝާދުދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލްޖިބްރާ

    އެޅި ، އަޅާނެ އެއްވެސް ފިޔަވަޅެއްގެ ތަފްސީލެއް ނުދޭ ! ތިގޮތަށް ތައްޔާރުވެގެންނޭ ގޮވަގޮވާތިބެނީ ! ބިދޭސީންތައް މިޤައުމަށް އައުން ހުއްޓުވާބަލަ ! އެންމެ ފުރަތަމަ އަޅަންވީ ފިޔަވަޅަކީ މިއެއް ނޫންތަ ؟ ބަލި ޓެސްޓް ކުރެވެން ހުރުމަކީ ބައްޔަށް އޮތް ހައްލެއް ނޫން !

  2. އަސީ

    ލޯކަލްކައުންސިލް އިންތިހާބުލަސްކުރާނެ ގޮތެއްހޯދަމުންދާހެން ހާދަހީވެޔޭ.

  3. ޓޫވެލް

    ކޮވިޑުން ރައްކާތެރިވާން އަޅަން ޖެހުނު ކޮންމެ ފިޔަވަޅަކަށް ސަރުކާރު ތައްޔާރު ކަމަށް ރައީސް އިބޫ ވިދާޅުވުން އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން އުއްމީދު ކުރަމޭ މިގޮތަށް ރައީސް އިބޫ ވައުދު ވެފައިވާ އުސޫލުން ޒީރޯ ޓޮލެރެންސްގެ ދަށުން ކޮރަޕްޝަންގެ މަގުން ރައީސް އޮފީހުގައި ތިބޭ ޕޮލިސީ ބޮޑޭ މެން ކޮމިއުނިކޭޝަން ނަމުގަައި ކުންފުނި ތައް ހަދަ ހަދައިގެން ކޮމިއުނިކޭޝަން ކަޓް ޖައްސަމުން ދާއިރު ކޮރަޕްޝަން ހުއްޓުވަން ޒީރޯ ޓޮލެރެންސް ގެ ދަށުން އެމެންނާއި މެދު ފިޔަވަޅު އަޅާނޭ ކަމަށް އޯއް އައި ރިމެމްބަރ ދިސް މޯމެންޓް އޯލް އޯލް އޯލް އޯލް ޓޫވެލް ޓޫވެލް...

  4. ރަށަށްދޭބަލަ

    ކޮވިޑް 19 އަށް ސަރުކާރު އޮތީ ތައްޔާރަށް ކަމަށް ތަމެން ބުނި ނަމަވެސް މަމެންނަށް އެކަން ގަބޫލުކުރަން ދަތިއޭ ތަމެން ލޯ ބޮޑު ކަޅު އައިނު އަޅައިގެން ރައީސް އޮފީހަށް ހުރިހާ މިނިސްޓަރުން އެއްކޮށްގެން ޒީރޯ ޓޮލެރެންސްގެ ދަށުން ސޮއި ކުރި އަހުދުނާމާ އޮޅާލާފައި ނޫންތޭ ކޮމިއުނިކޭޝަން ކަޓް ޖެއްްސީ މިލިއަން ޑޮލަރުން ސީޕްލޭން ޓާރމިނަލް އިންޑިއާ ގެ ކުންފުންނަކަށް ދީގެން ދެން ތަމެން ތިބޭ މަޖްލީހެއްގައި ބަރަކާތެއް ވެސް ނުހުންނާނެއޭ ވަގު ފައިސާ އިން ކައިގެން އުޅޭ މީހުން ރައީސް އޮފީހުގެ ޕޮލިސީ ބޮޑޭ މެންނަށް ތިބޭނަމަ ދެން ކޮން ބަރަކާތެއް ތޭ ރައީސް އޮފީހުން ކުރާ ކަންކަމުގައި ހުންނާނީ މަމެންނަށް ނޭގޭ ދެން ބުނާނެ އެއްޗެއް ވެސް ތަމެން ދެން ރަަށަށް ކަނޑާލަންވީ އެއް ނޫންތޭ ރަށަށް ރަށަށް ރަށަށް ދޭބަލަ...

  5. މުހައްމަދު

    ރައްޔިތުން ކަލޭ ދެ ކެފޫހި ވެއްޖެ ކން އިހުސާ ވެއްޖެދޯ.