މުސްލިމުންގެ ގޮތުގައި ތިބެ ޙުކުމްތައް ބަދަލުކުރާ މީހުންގެ ނުބައިކަން މާބޮޑު ކަމަށް އައްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

އައްޝައިޚް އިލްޔާސް ޙުސައިން މިހެންވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

"ޣައިރު މުސްލިމުން ދީނާ ދެކޮޅަށް ބަސް ބުނުމުން އެކަން ބޮޑުކަމަކަށް ހަދައިގެން ކުށްވެރިކުރުމަށްވުރެން މުސްލިމުންގެ ގޮތުގައި ތިބެ ﷲ ގެ ޙުކުމްތައް ބަދަލުކުރާ މީހުންގެ ނުބައިކަން މާބޮޑު" އިލްޔާސް ވިދާޅުވިއެވެ.

އީޔޫ ބަޔާނާއި ގުޅިގެން މީގެ ކުރިން ޝައިޚް އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތު ލިބޭގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަން ޖެހޭނެ ކަމަށް އެއްވެސް ބަޔަކަށް ލަފާ ނުދެވޭނެ ކަމަށެވެ.

"މި ލަފަޔާއި ދެކޮޅަށް ދިވެހި ކޮންމެ ދަރިއަކު ވެސް އަޑުއުފުލަންޖެހެއެވެ" ޝައިހް އިލްޔާސް ވިދާޅުވިއެވެ.

އީޔޫއިން މިފަދަ ހުށަހެޅުމެއް ހުށަހަޅާފައިވަނީ ދިވެހި ދައުލަތުގެ ދައުވަތަކަށް "އިލެކްޓޯރަލް ފޮލޯއަޕް މިޝަން" (އީއެފްއެމް) އިން މިދިޔަ ޖެނުއަރީ މަހު 8 އަކުން 11 އަށް ރާއްޖެއަށް ކުރި ދަތުރަށް ފަހު ރާއްޖޭގައި ހުރި މައްސަލަތަކާއި ބެހޭގޮތުން ކަންބޮޑުވުން ފާޅުކޮށް ނެރުނު ރިޕޯޓުގައެވެ.

އެ ރިޕޯޓުގައި ހުށަހަޅާފައި ވަނީ ދިވެއްސަކު އިސްލާމް ދީން ދޫކޮށްލިޔަސް އެމީހަކީ ދިވެހި ރައްޔިތެއް ކަމުގައި ބަލައިގަނެ، ވޯޓު ދިނުމުގެ ހައްގު ލިބިދޭ ގޮތަށް ގާނޫނުއަސާސީގެ ނުވަ ވަނަ މާއްދާ އަށް ބަދަލު ގެނައުމަށާއި އިންތިހާބުތަކުގައި ވާދަކުރެވޭނީ ސުންނީ މުސްލިމުންނަށް ކަމަށް ގާނޫނުތަކުގައި ކަނޑައަޅާފައި އޮތް އޮތުމަށް ބަދަލު ގެނައުމަށެވެ.

މީގެ އިތުރުން ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ، ސުންނަތް ޖަމާއަތުގެ މުސްލިމަކަށް ވުމުގެ ޝަރުތު ބަދަލުކުރަން ވެސް އީޔޫގެ ރިޕޯޓުގައި ވަނީ ހުށަހަޅާފައެވެ.

ގާނޫނު އަސާސީގެ ނުވަ ވަނަ މާއްދާއަކީ ދިވެހި ރައްޔިތަކަށް ވެވޭނީ މުސްލިމަކަށް ވެގެން ކަމަށް ބުނާ މާއްދާއެވެ. އެހެން ކަމުން އީޔޫއިން ހުށަހަޅާފައިވާ ގޮތައް ގާނޫނު އަސާސީއަށް ބަދަލު ގެނެސްފި ނަމަ އެކަން ވެގެންދާނީ ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށްކަމަށް ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

އީޔޫއިން މިގޮތައް ހުށަހަޅާފައިވާއިރު ސިޔާސީ މައްސަލަތައް ހައްލު ނުކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުދީ އީޔޫގެ ކައުންސިލުން މިދިޔަ މަހުގެ ތެރޭގައި ގަރާރެއް ވެސް ވަނީ ފާސްކޮށްފައެވެ. އަދި އެ ގަރާރުގައިވެސް ވަނީ ރާއްޖޭގައި ދީނީ މިނިވަކަން ނެތްކަން ފާހަގަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ބަތޮލް

    އެހެންވީމާ ކާފަރުވުން މާރަނގަޅޭ ނުބައި މުސްލިމަކަށް ވުރެ؟ އެހެންތަ ތިކިޔަނީ؟ 100 މީހުން މެރި މީހާއަށްވެސް ތައުބާ ޤަބޫލު ކުރެއްވި ސުވަރުގެ ލިބުނު އެކަމަކު ކާފަރުކަށް ސުވަރުގެ ލިބޭނެ ގޮތެއް އެބަ އޮތްތޯ؟ ހަސަދަވެރިކަމާއިއެކު ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމުގައި ވިޔަސް މިފަދަ ނުރައްކާތެރި ލާދީނީ ވާހަކަދައްކާ މީހުންގެ ހުއްދަ ބާޠިލު ކުރަންޖެހޭ

  2. ހުސޭނުބޭ

    ބުއްޅަބޭ އެއީ ސުންނަތާ އެއްގޮތަށް ޙުކުމްކުރާ މީހެއްކަމަށް ވާތީތޯ ބުއްޅަބޭގެ ދިފާޢުގައި ހުންނެވީ.

  3. ނިމާލް

    މާތް ﷲ 07 ވަނަ އުޑުން ބާވައިލެއްވި ޤުރުއާނުގައިވާ އިސްލާމީ ޝަރިއަތުގައިވާ ޙުކުމްތައް ބަދަލުކުރުމަކީ މީހާ ކާފަރުވާނެކަމެއް.

  4. ށައިނާ

    ދީންަައެގިހުރެއޮޅުވާލާމީހުންގެކަންމާނުބައި

  5. ޢާދަމްބެ

    ހީވަނީ މަސްދޯނި ބާވީހެން.

    • ހުމާމު

      ހަމަ ތެދެއްތަ!

  6. ހޯނު

    ބަލަ މިރާއްޖޭގައިވެސް ގާނޫނުތަކެއް އެހަދަނީ ﷲ ގެހުކުމްތަކާ ޚިލާފައްކަން ތަމެންނައް އިނގޭނޫންތަ؟ކީއްވެބާ އެއްޗެއް ނުކިޔާ ހަނުތިބެނީ. ބިރުން ނޫންތަ؟
    ތަމެން ހާދަހާވާ ނަރަކަ އަށް ކެއްތެރިއޭ.
    ޢިލްމު ފޮރުވާ އިލްމުވެރިން ނަށް މަމެން ނަފްރަތުކުރަން.

  7. ބޭބީ

    އިސްލާމީ ޝަރިއަތުން ހުކުމް ނުކުރުމަކީ ކާފަރުވާނެކަމެއް

  8. ޖޮއްބެ

    މިކަލޭގެ އަކީ ސަރުކާރާ ޒާތީވެގެން ކެރަފާ މުގާބޭގެ ފަހަތަށް ޢިމްރާނު ދިޔައިރު އޭނާއާއި އެކީ ގޮސް ރީނދޫ ދިދަހޫރުވާމީހެކެވެ. ސަރުކާރާމެދު ވަރުގަދަ ޙަސަދައެއް މިކަލޭގެ ހިތުގައި އޮވެއެވެ. އެކަން މިކަލޭގެ ދައްކަނީ އޭނާ ދޭ ދަރުސު ތަކުގައެވެ. ދާދިފަހަކުން ދިން ދަރުސެއްގައި ޞިރާޠުމަގުގެ ވާހަކަ ދައްކަމުން ބުނީ މިދައްކަނީކީ މާލެއާ ހުޅުލެ އާއި ދެމެދުގައި އެއަޅާ ބްރިޖްގެ ވާހަކައެއްނޫނޭ ޞިރާޠުމަގުގެ ވާހަކައޭ.
    މީ ކޮންކަމެއްތޯ؟ މި ދެތަނަކީ އަޅާކިޔަން އެކަށީގެންވާ ދެތަންތޯ؟ އެހާވެސް މިކަލޭގެ ޖާހިލުކަން މިހާރުބޮޑު.

  9. ބޮއްބޮ

    އެބުނަނީ ފެބްރުއަރީ އެކެއްގައި މީނާވެސް ޙިއްސާވެގެން ސުޕްރީމްކޯޓުން ނެރުނު ބަޣާވާތުގެ ޙުކުމްގެ ވާހަކަ. އޭތި ބަދަލު ކުރުމަކީ ވަރަށް ގޯސްކަމެކޯ.