އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު ފޮށި ބެހެއްޓޭ އަދަދަށް މިހާތަނަށް މީހުން ރަޖިސްޓްރީވީ އެންމެ ރިސޯޓެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައި ވަނީ މަދުވެގެން 50 މީހުން ރަޖިސްޓްރީ ކޮށްފިނަމައެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހްމަދު އަކްރަމް ވިދާޅުވީ 50 މީހުން މިހާތަނަށް ރަޖިސްޓްރީވީ ކްލަބް މެޑް ކަނިފިނޮޅުގައި އެކަނި ކަމަށެވެ.

"ވޯޓް ފޮށި ބެހެއްޓުމުގެ ފުރުސަތު ހުޅުވާލި 53 ރިސޯޓްގެ ތެރެއިން ވޯޓް ފޮށި ބަހައްޓަން ކަނޑައެޅި އަދަދަށް ރެޖިސްޓްރީ ކުރެވިފައި ވަނީ "ކްލަބް މެޑް ކަނިފިނޮޅު" އެކަނި. ރިސޯޓެއްގައި ވޯޓް ފޮށި ބެހެއްޓޭނީ 27 ގެ ނިޔަލަށް 50 މީހުން އެސޯޓެއްގައި ރީ-ރަޖިސްޓްރީ ކުރެވިފައިވާނަމަ." އަކްރަމް ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބުގައި ކޮންމެ ރަށަކަށް ކައުންސިލަރުން އިންތިޚާބު ކުރާއިރު ރިސޯޓްތަކުގައި ރަށެއްގެ މަދު ބަޔަކު ތިބި ނަމަވެސް ވޯޓްގެ ސައްހަ ކަން ގެއްލުމުގެ ފުރުސަތު އޮވެއެވެ. އެހެންވެ މީގެ ކުރިން ވެސް ކައުންސިލް އިންތިޚާބުތަކުގައި ރިސޯޓްތަކުން ވޯޓް ލުމަށް ރަޖިސްޓްރީވާ މީހުންގެ އަދަދު އެހެން އިންތިޚާބުތަކާއި ބަލާއިރު މަދެވެ.

ލާމަރުކަޒީ ޤާނޫނަށް އިސްލާހް ގެނެސް ކައުންސިލަރުންގެ އަދަދު އިތުރު ކުރުމުން މިއަހަރު 1900 އަށް ވުރެ ގިނަ ކައުންސިލަރުން އިންތިޚާބު ކުރަން ޖެހެއެވެ. ކައުންސިލަރުންގެ ދައުރު ވެސް މިހާރު ވަނީ ފަސް އަހަރަށް އިތުރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢާސީ

    ޚކޮބާ މުސާރަ ބޮޑު ކުރަން މަޖުބޫރުވީ މީދެން ހާދަ ވަރުގަދަކަމެކޭ މިގައުމައްޖެހިފައިވާ

  2. ކޮވެލި

    ކީކުރަން ވޯޓު ލާނެ ކަމެއްނެށް މަކަރާ ހީލަތް ހަދާނީ މިހާރު އޮންނާނީ ހޮވަިމިމިފަ ވައްކަމާ މަކަރާ ހީލަތް ހުރިހާ ދިމާއަކުން

    10
  3. Anonymous

    ޢެމްޑީ ޕީ މީހުން ބޭނުމެއް ނުވޭ މިފަހަރު ވޯޓް ލާކަށް....މާޔޫސް ވެގެން...