މި ބްލޮގްގައި ޝެއާ ކުރަމުން ގެންދާނީ ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ "ކޮވިޑް-19" އާއި ގުޅުންހުރި އެންމެ ފަހުގެ ޚަބަރުތަކާއި ދުނިޔެ އާއި ރާއްޖެ އިން ފާހަގަ ކުރެވޭ ޚަބަރުތަކާއި ޚަބަރުތަކުގެ ތަފްސީލެވެ.


23:53

23:23

ފްރާންސުން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. މިހާތަނަށް ފްރާންސުން ވަނީ 14 މީހަކަށް ބަލި ޖެހިފައި.

23:21

21:49

ބަހްރޭނުން އިތުރު ހަމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. މިއަދު މިހާތަނަށް އެގައުމުން 21 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައި. އަދި ބަލި ޖެހުނު މީހުންގެ ޖުމްލަ މިހާރު ވަނީ 23 އަށް އަރާފައި.

21:45

21:20

21:07

އޮމާންގެ އިތުރު ދެ މީހަކުވެސް ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެ. އެ ގައުމުން ޕޮސިޓިވް ވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 4ށް އަރާފަ.

21:05

އީރާގުން އިތުރު 4 މީހަކަށް ކޮވިޑް-19 ޖެހިއްޖެ. އެ ގައުމުން ޕޮސިޓިވް ވި މީހުންގެ އަދަދު މިހާރު ވަނީ 5ށް އަރާފަ.

21:04

ބަހްރެއިން އިން އިތުރު 15 މީހަކު ޕޮސިޓިވްވެއްޖެ. އެ ގައުމުން ޕޮސިޓިވް ވި މީހުންގެ އަދަދު މިހާރު ވަނީ 17 އަށް އަރާފަ.

20:40

20:35

20:25

ސްޕެއިން އިން އަނެއްކާވެސް އިތުރު މީހަކު ކޮވިޑް-19 އަަށް ޕޮސިޓިވް ވެއްޖެ. ޕޮސިޓިވް ވެފައިވަނީ ކަޓަލޫނީ ސިޓީ އަށް ސިޓީ އަަށް ނިސްބަތްވާ މީހެއް. މިއީ އެ ގައުމުގެ ބޮޑު ސިޓީ އަކުން މި ވައިރަސް އަަށް މީހަކު ޕޮސިޓިވް ވި ފުރަތަަމަ ފަހަރު.

19:38

17:52

17:49

އީރާނުން ކޮވިޑް 19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ. މިހާރު އެ ގައުމުން ކޮވިޑް 19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 15 އަށް އަރާފައި.

17:02

ދެކުނު ކޮރެއާ އިން އިތުރު ދެ މީހަކު ކޮވިޑް19 ޖެހިގެން މަރުވެއްޖެ. މިހާރު އެ ގައުމުން މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު 11 ވަނީ އަރާފައި.

17:01

16:07

15:46

އީރާނުން އިތުރު 34 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ. މިހާތަަނަށް އެ ގައުމުން 95 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައި.

15:44

ދެކުނު ކޮރެއާއިން ކޮވިޑް 19 ޖެހިގެން އިތުރު ދެ މީހަކު މަރުވެއްޖެ. އެ ގައުމުގައި މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު 11 އަށް ވަނީ އަރާފައި.

15:43

ދެކުނު ކޮރެއާ އިން މިއަދު އެކަނި 144 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ. އެގައުމުގައި ކޮވިޑް 19 ޖެހުނު މީހުންގެ ޖުމްލަ އަދަދު 977 އަށް ވަނީ އަރާފައި.

15:27

އިޓަލީ އާއި ޖަޕާނުގައި ކޮވިޑް 19 ފެތުރެމުންދާތީ ސައުދީ ރައްޔިތުންގެ އެ ދެ ގައުމަށް ދަތުރު ނުކުރުމަށް، އެ ގައުމުން އެދިއްޖެ.

15:00

އިރާގުން އިތުރު ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ. އިރާގުގެ ކިރްކުކް އިން ޕޮޒިޓިވްވެފައި ވަނީ އެއް އާއިލާއެއްގެ ހަތަރު މީހުން. އެ އާއިލާ އިން ދާދި ފަހުން އިރާނަށް ދަތުރުކޮށްފައިވޭ.

14:40

ބަހްރައިން އިން އިތުރު ހަ މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ. އެ ގައުމުން މިހާރު ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 8 އަށް އަރާފައި.

14:38

ޖަޕާނުގައި ކަރަންޓީންކުރި ކަރޫޒް ޝިޕް ޑައިމަންޑް ޕްރިންސަސްގެ ފަސެންޖަރަކު އަނެއްކާވެސް މަރުވެއްޖެ. މިފަހަރު މަރުވެފައި ވަނީ 80 އަހަރުގެ މީހެއް. މިއީ އެ ކްރޫޒް ޝިޕްގައި މަރުވި 4 ވަނަ މީހާ. އޭނާ މަރުވީ ކޮވިޑް 19 ޖެހިގެން ކަމެއްް ނުވަތަ ނޫން ކަމެއް އަދި ސާފް ނުވާ ކަމަށް ވޭ.

13:58

13:15

12:52

ކުވައިތުން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. މިއަދު މިހާތަނަށް އެގައުމުން ފަސް މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައި. އަދި ބަލި ޖެހުނު މީހުންގެ ޖުމްލަ މިހާރު ވަނީ އަށަކަށް އަރާފައި.

12:43

ތައިލެންޑުން އިތުރު ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ.

12:25

12:21

12:19

12:14

ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ދެކުނު ކޮރެއާ އިން މަރުވެއްޖެ. ކޮވިޑް-19 ޖެހިގެން ދެކުނު ކޮރެއާ އިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 09 އަށް އަރާފައި.

12:11

11:58

ސިންގަޕޫރް އިން އަނެއްކާވެސް އިތުރު މީހަކަށް ކޮވިޑް-19 ޖެހިއްޖެ. މިހާރު ސިންގަޕޫރް އިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 90 އަށް އަރާފައި.

11:15

11:01

11:01

ކޮވިޑް-19 އަށް ދޭން ބޭނުން ކުރާ އެއްވެސް ބޭހެއްގެ ސްޓޮކް މަދުނުވާ ކަމަށާއި ބޭނުންވާ ވަރަށް ބޭސް ލިބެން ހުންނާނެ ކަމަށް ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އިން ބުނެފި.

09:50

ކޮވިޑް-19 ގެ ސަބަބުން މިއަހަރު ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް ލިބޭނެ އާމްދަނީ ދަށަށް ދާނެ ކަމަށް ތަޖުރިބާކާރުން ބުނެފި. ޗައިނާގައި ކޮވިޑް-19 ފެތުރެން ފެށިތާ ދެމަސް ދުވަސް ވީއިރުވެސް ދުނިޔޭގެ ހިއްސާގެ ބާޒާރަށް ނާރާވަރުގެ ލޮޅުމެއް ފާއިތުވި ހަފްތާގައި ދެކުނު ކޮރެއާ އާއި އިޓަލީގައި ކޮވިޑް-19 ފެތުރެން ފެށުމުން ވަނީ އަރާފައި. މިހާރު ހިއްސާގެ ބާޒާރުތަކުގައި އަގުތައް ދަނީ ވަރަށް ބޮޑަށް ވެއްޓެމުން. ތަޖުރިބާކާރުން ބުނާ ގޮތުގައި ހިއްސާގެ ބާޒާރުތަކުގައި އަގުތައް ދަށަށް ދަނީ ދުނިޔެއަށް ކޮވިޑް-19 ފެތުރިގެން ދިއުމުގެ ބިރު ބޮޑުވާން ފެށުމުން.

09:11

08:52

އީރާނާއި އިޓަލީއަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގާ އެމެރިކާ އިން ދެވަނަ ދަރަޖައިގެ އެލާޓެއް ނެރެފި. އެލާޓްގައި ވަނީ އުމުރުން ދުވަސްވީ މީހުންނާއި ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދަމުންދާ މީހުން އެގައުމުތަކަށް ދަތުރު ނުކުރަން އެދިފައި. އަދި އެގައުމުތަކަށް ދަތުރު ކުރާ މީހުން ވެސް ބަލި މީހުންނާއި ބައްދަލު ނުކުރުމަށާއި ގިނައިން އަތް ދޮވުމަށް އެލާޓްގައި އެދިފައިވޭ.

08:25

ދެކުނު ކޮރެއާ އިން އިތުރު 60 މީހަކު އަނެއްކާވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ދެކުނު ކޮރެއާގެ ސެންޓާސް ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަން އިން ބުނީ މިހާތަނަށް އެގައުމުން 893 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް.

08:24

08:14

ކޮވިޑް-19 އާއި ގުޅިގެން މިއަދު ލިބުނު ޚަބަރުތަކަށް ބަލާއިރު އީރާންގެ އަވައްޓެރި ގައުމުތަކަށް ވައިރަސް ފެތުރެން ފެށިކަން މިއަދު ވަނީ ފާހަގަ ކުރެވިފައެވެ. މެދުއިރުމަތީގެ ގިނަ ގައުމުތަކަށް ކޮވިޑް-19 ގެ ބިރުވެރިކަން އަންނަނީ ބޮޑުވަމުންނެވެ. ކޮވިޑް-19 ފެނުނު ގައުމުތަކުގެ އަދަދު މިއަދު ވަނީ 37 އަށް އަރާފައެވެ.

އިޓަލީވިލާތުން ވެސް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އަންނަނީ ކޮންޓްރޯލެއް ނެތި އިތުރު ވަމުންނެވެ. ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 200 ފަހަނައަޅައި ގޮސްފައެވެ.

ރާއްޖެ އިން މިއަދު ފާހަގަ ކުރެވުނު ޚަބަރުތަކަށް ބަލާއިރު އެންމެ ފާހަގަ ކުރެވުނު އެއް ޚަބަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް ޝަރީޢަތުގެ އަޑުއެހުމެއް މިއަދު ބޭއްވި ޚަބަރެވެ.

އޭގެ އިތުރުން ޔާމީނާއި ހޯމް މިނިސްޓަރ އިމްރާން ޑީލެއް ހަދަން އުޅޭކަމަށް ކަރެކްޝަނަލް ސާވިސްގެ ކުރީގެ ވެރިޔާ އަބްދުﷲ މުނާޒް މިރޭ ވަނީ ތުހުމަތުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޙަސަނު

  ޢަރަބި ޔަޔަނިސްޓުންނާއި އިޔޫރަޕް ގެ ޒަޔަނިސްޓުންނަށް ގެއްލުމާއި ހަލާކު މިންވަރު ކުރައްވާށި އާމީން އެ 2 ބަޔަކީ އެއް ބަޔަކު އަނެއް ބައެއްގެ ވާގިވެރިން ފަލަސްޠީންގެ މައްސަލައިގަ ވެސް އެންމެ ނުބާ ހަދަމުންދާ މީހުން !

  7
  2
  • މީހާ

   ކަލެއަށް އެއްވެސް ގެއްލުމެއް ނުލިބޭށި

 2. މަމަ

  އަރަބި ގައުމުތަކަށް ކޮން ނުރައްކަލެއް ވާނީ؟ ނުރައްކާވާނީ އިޒްރޭލަކަށްނު

 3. އެޑްމުންޑޯ

  އަްރަބި ގައުމުތަކާއި ޔޫރަޕަށް ކޮވިޑް ފެތުރިއްޖެނަމަ އެންމެ ބޮޑު ނިކަމަތިކަމެއް އަންނާނީ ދިވެހިރާއްޖެ އަށް ، ޔޫރަޕަކީ ރާއްޖޭގެ ރިސޯޓްތަކުގެ މައިލޭނާރު ، ވެރީ ސޭޑް