ސްރީލަންކާ ފުލުހުން ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 4 ކިލޯ އާއި 290 ގްރާމް ހެރޮއިން އަތުލައިގަތް އޮޕަރޭޝަނެއްގައި ދެދިވެހިން ހައްޔަރުކޮށްފިއެވެ.

ލަންކާ ފުލުހުންނާއި ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނީ މަސްތުވާތަކެތީގެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ދެހިވަލަ އާއި މަހާރަގަމައިގަ ކަމަށެވެ. ދެ ސަރަހައްދުން ޖުމްލަ ހަ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭގެ ތެރޭގައި ދެ ދިވެހިންގެ އިތުރުން ދެން ހިމެނެނީ ލަންކާ މީހުންނެވެ.

"ގިނަ އަދަދެއްގެ ހެރޮއިން އާއި ހަ މީހަކު ވަނީ ހައްޔަރު ކުރެވިފައި. އޭގެ ތެރޭގައި ދިވެހިން ވެސް ހިމެނޭ." ފުލުހުންގެ ތަރުޖަމާނަކު މީޑިއާއަށް ވިދާޅުވިއެވެ.

ފުލުހުން އޮޕަރޭޝަން ހިންގި ސަރަހައްދުތަކަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ސަރަހައްދުތަކެކެވެ.

ފުލުހުން ބުނީ ހައްޔަރު ކުރި މީހުންގެ ބަންދާއި މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރު ކުރާނެ ކަމަށެވެ.

ލަންކާ އަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށަށް މަރުގެ އަދަބު ކަނޑައަޅާފައި އޮންނަ ގައުމެކެވެ. ނަމަވެސް މަރުގެ އަދަބު އެގައުމުގައި ތަންފީޒު ނުކުރާތާ އަހަރުތަކެއް ވެއްޖެއެވެ. ލަންކާގައި އެންމެ ފަހުން ވެރިކަން ކުރެއްވި ސިރިސޭނަ ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް ދައުރު ނިމުނު އިރުވެސް އެކަން ކުރެވޭނެ ގޮތެއް ނުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަޙްމަދު ޒަކީ

    މިމީހުން ރާއްޖެ ނުގެނުމަށް ގޮވާލަން

    35
    1
  2. ޕަބްލޯ އެސްކޮބާރ

    މީ ވަރަށް ހިތާމަވެރި ކަމެއް..

    21
  3. ާއަނބުޅަ

    މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މިގައުމު ގައިވެސް މަރުގެ އަދަބް ދިނުމަށް ޤާނޫނަށް ބަދަލް ގެންނަން ގޮވާލަން.

    33
    1
    • ޅާނބު

      ފުރަތަމަ މަރާ މިީހުންގެ ތެރޭގަ ކަލޭ ހިމެނޭނެ

  4. ނަސީދު

    ލަންކާގެ ގާނޫނު ތަންފީޒު ކުރުމަށް ގޮވާލަން.

    31
    1
  5. ހުސޭނުބޭ

    ތި ފެންނަނީ ދެ ޤައުމުގެ ފުލުހުންގެ ތަފާތު! ލަންކާ ފުލުހުން އަތުލާގަތީ މަސްތުވާ ތަކެތި! ރާއްޖޭ ފުލުހުން އަތުލާގަންނާނީ މަސްތުވާ ތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި! ރާއްޖޭ ފުލުހުންނަމަ ޔަޤީން ބުނާނެ އެއީ ހުދު ސިމެންތި ޕެކެޓްތަކެކޭ!

    33
    1
    • ގަމާރު

      ރާއްޖޭގެ ގާނޫނު މޮޅީ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އެެއްކޮޅުން އަނެއްކޮޅަށް ކިޔާލަބަލަ

  6. ވެރިން

    ތިމީހުނަށް ލަންކާގެ ގާނޫނުގެ މަތިން ގުކުމް ކޮއްފަ އެތާގެ ޖަލުގެ ތަންފީޒުކުރަން ދޫކޮއްލަން ގޮވާލަން،އަދި ދައުލަތުގެ ބަޖެޓުން( އަހަރުމެން ދައްކާ ޓެކް ސް ފައި ސާ) އެއްމެ ލޯލާރިއެއް ވެ ސް ތިމީހުން ސަލާމަތްކުރަން ހަރަދު ކޮއްގެން ނުވާނެ.މިހެންްމިބުނީ ކުރިޔަށް ކަައުން ސލް އިންތިހާބު އޮތީމަ އެމީހުންގެ އާއިލާ ކާރިޔަށް ގޮސް ބުނެ ފާނެ ވޯޓުދެންޏާ އެމީހުން ރާއްޖެ ގެނެސް ދޭނަމޯ