ރާއްޖޭގެ ރައީސްކަން ކުރައްވާފައި ހުންނެވި އިއްޒަތްތެރިއެއްގެ ގައިގަ ހުންނާންޖެހޭ އަޚުލާގީ މިންގަނޑު ހެޔޮމަގުން ކައްސާލާ، އިންސާނީ ކަރާމަތަށްވެސް އިހްތިރާމް ކުރުމެއް ނެތި މީހުންނާއި ދިމާލަށް ހިތަށް އެރިހާ އެއްޗެއް ބުނަމުން ދާތީ ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން ރައީސް ނަޝީދަށް އަންނަނީ އަމާޒު ވަމުންނެވެ.

ނަޝީދު ދައްކާ ވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ގެންދަނީ ސޯޝަލް މީޑިޔާގައިވެސް އޭނާ އާއިމެދު ރުޅިވެރިކަން ފާޅުކުރަމުންނެވެ.

ރައީސް ނަޝީދު ބަސްމަގު ގެންގުޅުއްވާ ގޮތާއިމެދު ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރުވެސް ވަނީ ހިތްހަމަ ނުޖެހުން ފާޅު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. "ވަގުތު" އަށް ދެއްވި އިންޓަރވިއުއެއްގައި އޭނާ ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ރައީސް ޚާއްސަކޮށް ކެނޑިޑޭޓަކާއި ދިމަލާށް ވިޔަސް، ޢާއްމު ފަރުދަކާ ދިމާލަށް ވިޔަސް އަދި ނިކަމެތި ރައްޔިތަކާއި ދިމާލަށް ވިޔަސް އިހާނެތި ގޮތެއްގައި ކުޑައިމީސް ބަހެއް ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއީ އިސްލާމް ދީނުގައިވެސް ނަޙީ ކުރައްވާފައި އޮތް ކަމެއް ކަމަށެވެ.

"ވާހަކަފުޅު ދައްކަވަން ވީމަ ހިތަށް އެރި ބަހުރުވައަކުން ވާހަކަ ދައްކަނީ. ހިތަށް އެރި އެއްޗެއް ވިދާޅުވަމުން އެގެންދަވަނީ. އަޅުގަނޑު ދެންނެވިން އެމީހުން ޖަލްސާ ބޭއްވި ރޭގަވެސް، ރައްޔިތުން މަޖިލީހުގެ ރައީސް އެއީ އެމްޑީޕީގެ ރައީސް ކަމަށްވިޔަސް، އެމަނިކުފާނު ކޮންމެ މާހައުލެއްގައި ހުންނެވި ނަމަވެސް އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް. އެހެންވީމަ ރައްޔިތުންގެ މަޖިލީސްގެ ރައީސް ޚާއްސަކޮށް ކެނޑިޑޭޓަކާ ދިމާލަށް އަދި ޢާއްމު ފަރުދަކާ ދިމާލަށް ވިޔަސް ކިތަންމެ ނިކަމެތި މީހަކާ ދިދާލަށްވެސް އިހާނެތި ގޮތެއްގަ ކުޑައިމީސް ބަހެއް ބުނުމަކީ ފުރަތަމަ ކަމަކަށް އިސްލާމް ދީނުގައި ވެސް ހުއްދަ ކަމެއް ނޫން. އެހެންވީމަ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ނަޝީދު ރައްޔިތުންގެ ކިބައިން މައާފަށް އެދެން ޖެހޭނެ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ވަށަފަރުން ވަޑައިގެން މުއިއްޒު މާލޭ ރައްޔިތުންގެ ގާތުން ވޯޓު ހޯދަން އެދިވަޑައިގަތަސް މުއިއްޒުއަށް އެމީހުން ވޯޓެއް ނުދޭނެ ކަމަށް ނަޝީދު ވިދާޅުވި ވާހަކައަށް އިޝާރާތް ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ ވަށަފަރު މީހަކަށް މާލެއިން ވޯޓު ދޭން ނުޖެހޭނަމަ ރައީސް ކަމަށް އަންނަން މާލެއިން ކުރިމަތިލާ މީހަކަށް ރާއްޖެތެރޭ މީހުންވެސް ވޯޓުދޭން ނުޖެހޭނެ ކަމަށެވެ.

"ރާއްޖެތެރޭ މީހުން ވީމަ ރާއްޖެތެރެއާ މާލެ ބޭފުޅިޒަމްގެ މިހުރި ކަންތައްތައް ބޮޑު ކުރެއްވުމުގެ ގޮތުން ހަޤީގަތުގައި އެ ވިދާޅުވީ ވަށަފަރު މީހަކަށް މާލެއިން ވޯޓެއް ނުދެވޭނޭ، އެހެން ވެއްޖެެއްޔާ ކީއްވެގެންތޯ މާލެއިން ކުރިމަތިލާ މީހަކަށް ރާއްޖެތެރޭ މީހުން ވޯޓު ދޭންވި. އަޅުގަނޑު ދަންނަވާނީ މީގެ ސަތޭކަ އަހަރު ކުރީގެ ވަރަށް ނާތަޙުޒީބު، ވަރަށް އަންސިވިލައިޒްޑް ވިސްނުމެއްގެ ތެރެއިންނޭ މިހާރުވެސް ސަރުކާރު އެ ހިންގެނީ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ނަޝީދު އެ އުޅޭ ގޮތުން ރައްޔިތުންގެ ކުރިމަތީގަ އަބުރާއި ޢިއްޒަތް ދުވަހެއް ދުވަހަކަށް ދަށަށް ދާނެ ކަމަށާއި އެއްވެސް ވަރަކަށް ވިސްނާލުމެއް ނެތި އެފަދަ ކަންކަން ކުރަމުން ގެންދާއިރު މި ފެންނަނީ ސަރުކާރުގެ އަސްލު ޙާލަތު، ނުވަތަ ސިފަ ކަމަށްވެސް އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ވިސްނާ

    ރައީސްނަޝީދު ހަމައެކަނި ރައްޔިތުންގެ ކިބައިން މަޢާފަށް އެދުމަކުން ނުފުދޭނެ. ރައީސް ނަޝީދު އެބަޖެހޭ ރައްޔިތުންނާ ގުޅުންހުރި ހުރިހާ ދާއިރާއަކުން ދުރަށް ޖެހިލަން. ކުރުގޮތަކަށް ބުނަނީނަމަ ސިޔާސީ ދާއިރާއިން ދާއިމީކޮށް އެއްފަރާތްވެލަން. އޭރުން މިގައުމުގެ އިޖުތިމާއީ ފޭރާން ތޯހިރުވެ ގައުމު ހަމަޖެހިލައިގެން ބާރު އިސްޕީޑުގައި ތަރައްގީވަމުން ދާނީ.

    20
  2. ޢަބްދުލްފައްތާޙް ޢަބްދުލްކަރީމް

    ވަރަށް ރަނގަޅު ވާހަކަފުޅެއް އާދަމް ޝަރީފް އެ ވިދާޅުވީ. ރައީސް މައުމޫން، ނަޝީދު، ޔާމީން ހޮވުމަށް ގިނަ ވޯޓްދެއްވީ ހަމަ ރާއްޖެތެރޭ ނިކަމެތި ރައްޔުތުން. އަސްލު މާލޭގެ ބައެއް މީހުން އަދިވެސް ރާއްޖެތެރެ އެއީ ވަރަށް ނިކަމެތި ބައެއްކަމަށްދެކޭ. ޚާއްޞަކޮށް އަންނިއާ އޭނާއަށް ވަފާތެރިން. ރައީސް މައުމޫން މިކަމުގަ ރަނގަޅޭ ބުނެވޭނީ. އެއީ އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެތެރެ ކިޔުންވެސް މަނާކޮށް އަތޮޅުތެރެ ލިޔެކިޔަންވެސް އެންގެވި. މިހާރުވެސް ވެރިކަމުގައި ހުރީ ހަމަ ރާއްޖެތެރެ ބޭކަލެއް. އެހެންވީމާ މާލެވެގެން އުޅޭމީހުން އެކުން ފޮނިއަރުވާނެކަމެއްނެތް. ރައީސް ޔާމިން ދައުރުގަ ގިނަ ވަޒީރުންނަކީ ތިކިޔާ ރާއްޖެތެރޭ ނިކަމެތިންގެ ކިޔަވާ މޮޅުވެފާތިބި ދަރިން. މިނސްޓަރ އާދަމް ޝަރީފަކަސް، ސަޢީދަކަސް، މުޢިއްޒަކަސް، ޒިޔާދަކަސް، ނާޒިމަކަސް ޖިހާދަކަސް ހައްތާވެސް މިތިބީ ރާއްޖެތެރޭގެ މޮޅުކުދިން. ދެންކީކޭ ބުނާނީ.

    15
  3. ތާއީދު

    ނަޝީދު މިކަންތައް އަވަހަށްކުރައްވަންޖެހޭކަމުގައި ދެކެން
    1 ރަށްޔިތުންގެކިބައިން މަޢާފަށް އެދުން
    2 ތައުބާވުން
    3 ގައުމުގެ ހަމަޖެހުމަށްޓަކާ ސިޔާސީކަންތަކާދުރުވުން
    4 ދޮގުހެދުން ހުއްޓާލުން
    5 ވައްކަންކުރުން ހުއްޓާލުން

    15
  4. މަދިހާ

    ވަރަން ރަގަޅު ވާހަކަ ފުޅެއްތީ މާ ލަސްވެއްޖެ ނަޝީދު ތިކަންކުރަން

    13
  5. އަދުރޭ_09

    ތީ ވަރަށް ބޮޑު ތަފާތެއް ހުރި ދެ ކަމެއް، ރަޢިސް ކަމަށް މާލޭން ވެސް އަދި ރާއްޖެ ތެރެއިން ވިޔަސް ކުރިމަތިއެލަނީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމާ، އެއީ ހަމައެކަނި ވަކި ރަށެއްގެ މޭޔަރުކަމަކަށް ނުވަތަ ވަކި ރަށެއްގެ ކައުންސިލް މެމްބަރު ކަމަކަށް ކުރިމަތިލާ ލުމެއް ނޫން

  6. ފާރިޝް

    މި ގައުމުގަ ހުރި އެންމެ ލަދު ހަޔާތްކުޑަ ގޮތެއްފޮތެއް ނެތް އިންސާނާ. ރިޔާސަތުގައާ ޕޯޑިއަމްތަކުގަ ދިވެހި ރައްޔިތުންނާ ފޮށި، ބުލީކޮށް، ހަދަމުން ދުވާ ނުބައި ނުލަފާ މަލްޢޫނެއް. މާތް ﷲ ތި ދައްޖާލުގެ ކިބައިން ދިވެހި ރައްޔިތުން ސަލާމަތް ކުރައްވާށި. އާމީން.

  7. އެންދެރިރާޖާ

    މަންޑޭލާ ވިދާޅުވީ ތެދެއްކަން މިއެނގެނީ ވެރިކަމަކީ ދަހިވެތިކަމެއް ދެވިހިފާކަމެއ އަދި ރުފިޔާޔައް ބޫތް ހިފާކަމެއް މިސާލު ތިޔަ ބޭފުޅުންނައް ދޫކޮއްލީ

  8. ބާރީ

    މިގައުމަށް ޚިދުމަތެއް ކޮށްދީފައިނުވާ މީހަކު އަދި މާލެއަށް ހައިސިއްޔަތެއް ނެތް މީހަކު ދެތިން ހަތަރު ބޭސްހުސްކުރި ފުޅިން ނޫސްތަކުގަ ޕްރޮމޯޓުކުރީމަ މިހީވީ "ދިވެހި ދައުލަތް" ޕަކަޅާކޮށްލެވުނީއޭ. ޢަދި ރާއްޖެތެރޭ މީހުންނަކީ މި 4 ( ހަމަ އެންމެ ހަތަރު) ބޭސްހުސްކުރި ފުޅިންނާ އެމީހުންގެ އެޖެންޓު ގެ އަޅުންނޭ. ބަލަ މިމާލެ ބިނާކުރީ ވަށަފަރުން ތަކަންދޫން މާރަންދޫން އައްޑުއަތޮޅުން މީހުން އައިސްގެން. އޭރު މި ބޭސްހުސްކުރި ހުސްފުޅިތައް ކޮބައިތޯ. މާލެ ރަންގަޑަކަށްހެދީމަ ދޯ މި ފެނުނީ؟

    134

  9. ޕާޓޭ ސޮރެއްތީ

    ހެހެހެ.