ދޮންދަރި އާއި ބެހުނު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ފުލުހުންގެ މެދު އުތުރު ޑިވިޝަންގެ ރަށެއްގައި އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު އޭނާއަށް ދޮންބައްޕަ ޖިންސީ ގޯނާ ކުރާ ކަމުގެ މައްސަލައެއް ފެބްރުއަރީ 24 ވަނަ ދުވަހު ފުލުހަށް ހުށަހަޅާފައިވާކަމަށެވެ.
އަދި އެ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މައްސަލަ މިހާރު އަންނަނީ އިތުރަށް ތަޙްޤީޤު ކުރަމުން ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.
"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ޖިންސީ އަނިޔާ ލިބުނު ކުއްޖާ އަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.
17 އަހަރު ކުއްޖަކަށް ކޮން ޖިންސީ އަނިޔާއެއް؟ އެކުއްޖާގެ ރޭވުމެއް އަމާ ބުނެގެން
ޖިންސީ ގޯނާ ކުރާ މީހުންގެ ޖިންސީ ގުނަވަން ބުރިކޮށްލާ، އެ ހެޔޮ ފިރިހެނަކަސް އަންހެނަކަސް. މިކަހަލަ ޖަނަވާރުންނާއި ދޭތެރޭ ކަން ކުރަންވީ ވެސް އެގޮތަށް. ރަހުމެއް ކުލުނެއް ނެތް ބައެއްތީ
ފުލުހުންގެ މެދު އުތުރު ޑިވިޝަންގެ ރަށްތަކަކީ ކޮބައިތޯ؟ މިހާރު ރަށްތައްވެސް ފުލުހުންނަށާ ސިފައިންނަށާ މަޖިލީހަށް ބަހާލީތަ؟