ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ސަރުކާރަށް ޖެއްސުން ކުރާ ކަމަށް ވިދާޅުވެ، އެ ކޯލިޝަން އުވާލަން ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް މިއަދު ގޮވާލައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ސަނީފް ހުށަހެޅުއްވި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލަށް ބަހުސް ކުރައްވަމުން ޝަހީމް ވިދާޅުވީ ސަރުކާރު ކުރިއަށް ނުދަނީ ކޯލިޝަން ޕާޓްނަރުންގެ ސަބަބުން ކަމަށެވެ. އަދި އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކުގެ ސްލޮޓްތަކުގައި ސަރުކާރުގެ މަގާމުތައް ވަޑައިގެންނެވި ބޭފުޅުންގެ ސަބަބުން ސަރުކާރު ހިންގުމަށް ދަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޯލިޝަންގައި ތިބި މީހުން މަސައްކަތް ކުރަނީ އެމްޑީޕީއަށް ދެވަނަ ދައުރެއް ނުލިބޭނެ ކަން ޔަގީން ކުރަން ކަމަށް ޝަހީމް ތުހުމަތުކުރެއްވިއެވެ.

"އަޅުގަނޑުމެން މިއަދުވެސް މިކިޔަނީ ކައުންސިލްތައް ބާރުވެރި ކުރުވާ ވާހަކަ. ނަަމަވެސް މިއަދު މާލޭގައި އިންނަ މީހަކަށް އަޅުގަނޑުމެން އަނެއްކާވެސް ބާރުތަކެއް މިދެނީ. އަނެއްކާ ވެސް މިނިސްޓަރަށް އަޅުގަނޑުމެން ބާރުތަކެއް މި ދެނީ. ކޮބައިތޯ އެނާޖީ އޮތޯރިޓީ. ކޮބައިތޯ ކޮމިއުނިކޭޝަން އޮތޯރިޓީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ހުރިހާ ތަންތަން އުވާލާފައި އެއް ބޯޑެއްގެ ދަށަށް އަންނަން އެބަ ޖެހޭ." ޝަހީމް ވިދާޅުވިއެވެ.

ޝަހީމްގެ ވާހަކައިގައި އެންމެ ބޮޑަށް ފާޑު ވިދާޅުވީ ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދަށެވެ.

ޝަހީމް ވިދާޅުވީ ޒަހާ ފެއިލްވެފައިވާ ކަމަށާއި މިނިސްޓަރު އިސްތިއުފާ ދެއްވުމަށްފަހު، މަސްވެރިންގެ ހައްގުތައް ހިމާޔަތް ކުރެވޭ ބޭފުޅަކަށް ވަޒީރުކަން ހަވާލުކުރުން މާ ރަނގަޅުވާނެ ކަމަށެވެ.

" މިއަދު ކޮބާތޯ މަސްވެރިންގެ ހާލަތު. ކޮބައިތޯ މިނިސްޓަރު؟ ކީއްތޯ ކުރެއްވީ؟އަޅުގަނޑުމެން ދިވެހި މަސްވެރިންގެ މިއަދުގެ ހާލަތު ކިހާވަރަކަށްތޯ ދަންނަނީ؟ މިއީ ހަގީގަތަށް ބުނާނަމަ އަޅުގަނޑުމެން އެބަ ފުންކޮށް ވިސްނަން ޖެހޭ. މިތަނަށް އައިސް ސަރުކާރަށް ސަނާކިޔާފަ ވަރަށް ރީތި ވާހަކަ ދެއްކިދާނެ." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވަނީ ކުންފުނިތަކުގައި ތިބި މެނޭޖިން ޑިރެކްޓަރުންނާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ކަންކަން ކުރަމުން ދަނީ ރަނގަޅަށް ނޫން ކަމަށާއި ސަރުކާރަށް އެކަން އެނގެން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އެކަންކަމާއި މެދު ނުވިސްނައިފި ނަމަ ސަރުކާރު ފެއިލްވެދާނެ ކަމަށާއި އެ ހިސާބަށް ކަންކަން ނުދަނީސް ސަރުކާރުން ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުންފުނިތަކުގެ މީހުން އަމަލުކުރަމުންދާ ގޮތުގެ ޝަކުވާ އާއްމު ރައްޔިތުން ކުރަމުންދާ ކަން ފާހަަގަކުރައްވާ ޝަހީމް ވިދާޅުވީ، ބޯޑުތަކުން ކަންކަން ކުރާ ގޮތް ބަލާނެ ބަޔަކު ނެތި، ބޯޑުތައް ފެއިލްވާ ކަމަށެވެ.

" ކޮންމެ ދުވަހަކު ބޯޑެއް ހަދާފައި ބޯޑަށް މީހުން އައްޔަން ކުރެވިދާނެ. އަދި ކޯލިޝަން ޕާޓްނަރުންގެ ގޮތުގައި ޖުމްހޫރީ ޕާޓީ މީހުން އިސްކޮށްގެން، އަދާލަތު ޕާޓީ މީހުން އިސްކޮށްގެން، ބޯޑުތަކަށް އަޅުގަނޑުމެންނަށް ލެވިދާނެ. ނަތީޖާ މިއަދު މިއޮތީ މިތަނުން ފެންނަމުން. މުއައްސަސާތައް މިއޮތް ދަނީ ފެއިލްވަމުން. ސަރުކާރު ފެއިލްވުމުގެ ކުރިން މި ސަރުކާރުން ވަރަށް ފުންކޮށް ވިސްނަން ޖެހޭ." ޝަހީމް ވިދާޅުވިއެވެ.

މިއަދު މަޖިލީހުގައި ޝަހީމް ކޯލިޝަން އުވާލަން ގޮވާލެއްވި އިރު ޝަހީމް އަކީ ފެށުނީއްސުރެ ކޯލިޝަން ޕާޓްނަރުން އަމަލު ކުރާ ގޮތާ މެދު ފާޑު ވިދާޅުވާ ބޭފުޅެކެވެ. ޝަހީމްގެ އިތުރުން އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ވެސް ދަނީ ކޯލިޝަން ޕާޓްނަރުންގެ ސަބަބުން ސަރުކާރު ހިންގަން ދަތިވާ ކަމަށް ބުނެ ފާޅުގައި ކޯލިޝަން ލީޑަރުންނަށް ފާޑު ކިޔަމުންނެވެ. މިފަދަ ފާޑު ކިޔުންތައް އެންމެ ބޮޑަށް އަމާޒުވާ އެއްބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. ޣނ

    ތީހަމަ ތެދެއް!ތި ކޯލިޝަންގަ ތިތިބީ މާހެޔޮކަމަށް ހެދިގެންއުޅޭ މިހުން!އަވަހަށް ތިމީހުންގެ ކިބައިން ސަލާމަތްވާން އެބަޖެހޭ!ތީއަބަދުވެސް ވެރިކަން ވައްޓާލަން މުގުލުގަ ތިބޭ މީހުން!

    11
    27
  2. Anonymous

    ކެޔޮގަނޑު ކަނޑާލީމަ ގަހުގެ ބޭނުމެއްނެތް ދޮތެ؟؟؟

    48
    4
  3. ކަނބާ

    މާތްﷲ އިރާދަކުރެއްވިއްޔާ މިއީ އެމްޑީޕީން ދިވެހިރާއްޖޭހައި ވެރިކަން ކުރާނެ އެންމެ ފަހު އަހަރެވެ.

    70
  4. Anonymous

    މައުމޫނު ގާސިމު ހެވެއް ނޭދޭނެ އެމްޑިޕީއަކަށެއް

    18
    19
  5. ީ

    ޝަހީމު ބުންޏަކަސް ތީ ވަރަށްބޮޑު ތެދެއް

    13
    23
  6. Anonymous

    ޝަހީމު ބުންޏަކަސް ތީ ވަރަށްބޮޑު ތެދެއް

    7
    24
  7. Anonymous

    މީި ކޮންކަމެއް ދަންނަ ރޯނު އެދުރެއްބާ؟

    50
    1
  8. ޥަރެއެ

    ކޯލިޝަނުގައި ތިބީ ވެރިކަމާއިގެން ބޫތު ކެވިފަ ތިބި ބައެއް! ޝަހީމު މަޔަށް ބަފަޔަށް ގޮވިޔަސް އެމީހުން ނުފައިބާނެ! ގައުމުގައި މިއޮތީ ސޭލް އަޅުވާފައި!

    17
    5
  9. މުހަންސިން ގޮއިދޫ

    މީނާ ގޮވާލާނެތާ މީނާޔަކީވެސް ހިނދުކޮޅު އަންނަކުދިން ނައް އެތިކޮޅުފޯރުވާދޭ ކަމައް ގިނަ ބަޔަކުދައްނަމީހެއް ވީމާ އެކުދިންކޮޅު އެނބުރޭނީ އެބުނާ ރާޖާ ރާނީގެ ވައިލިބޭގޮތައް ވީމާ ރާޖާ ރާނީ އެންގުތަކައް ބޯލަބަންޖެހޭނެ ކަމައް ލަފާކުރެވެނީ

    35
    2
  10. އަޙްމަދު

    ކޯލިޝަނަކާ ނުލަ ދުވަކުވެސް އެމްޑީޕީއަކަށް އިންތިހާބެއް ކާމިޔާބުނުކުރެވޭނެ! ﷲގެ އިރާދަފުޅުން މީކަލޭމެން ރައްޔިތުންގެ ވޯޓަކުން ކުރި ހޯދައިގެން ވެރިކަން ކުރާނެ އެންމެ ފަހު ފަހަރުހެން ހީވަނީ!!!

    45
    1
  11. އަލީ

    އާދެ. އުވާލާށެވެ. އޭގެ ފަހުގަ ކޯލިޝަނަކަށް ވޯޓު ދިން މީހުން ނިކުމެ ކަލޭމެންގެ ސަރުކާރުވެސް އުވާލާނެ. ކޯލިޝަނަކާއެކު މަސައްކަތް ކުރަން ނޭނގިގެން އުޅޭކަމަށް އެއްބަސް ނުވާތި. ކަލޭމެންގެ ޕާޓީގެ މިނިސްޓަރުންތިބި ތަންތަނުން ވަކި ކޮންކަމެއް ހާސިލުކުރީ؟

    32
  12. Babu-Dhonkalo

    ކަލޯ އަދިވެސް ލިބޭވަރު މަދީދޯ؟ ގެރިމޯދީ ކައިރިއަަށް ދެކެން ދޭ..................ލާދީނީ ބައިގަނޑު............

    28
  13. ޢާސީ

    ކޯލިސަނެއް ނުއުވޭނެ ދާބަޔަކުދާންވީ ކޮންކަނޑިތީމެއްތަ

    26
  14. ހުވަދޫ ޑޮކް

    ކޯލިޝަން ޕާރޓްނަރުންގެ ގޮތުގައި ތިއްބެ އޮނަރަބަލް ޤާސިމް އިބްރާހިމް، ރައީސް މަޢުމޫން ޢަބުދުލް ޤައްޔޫމް، ޝޭޚް އިމްރާން ފަދަ ބޭފުޅުންނަށް ވަރަށް ސަލާމެވެ. ރައީސް ނަޝީދުގެ ސިޔާސީ ހިޔަޅު ބުއްދީގައި ޖެހި ފިތިބާރުވެ، މުޅިޤަޢުމު އެންމެހައި ބާރެއް އެމްޑީޕީއަށް ހޯއްދަވައި ދެއްވުމަށް ތިޔަކުރެއްވި މަސައްކަތުގެ ފޮނިމީރުކަން ނުހަނު އަވަހަށް ތިޔަ ބޭފުޅުން ލިބިވަޑައިގަންނަވާނެ !! ރައީސް އިބޫ ސޯލިޙް ( ޒީރޯ ޓޮލެރެންޓޭ ) ގެ ސިޔާސަތަކީ ހަމަ ރައީސް ނަޝީދުގެ ވިސްނުން..... ބަދަލެއް ނުވާނެ !! ދައްކަވާ ވާހަކަ ފުޅާއި ޢަމަލެއް ދިމަލެއް ނުވާނެ، ޖައްސުވަނީ ދެބޯގެރީގެ ޗަރުކޭސް ........ މި ގަޢުމުގެ ކުރިމަޤާމެދު ޒިންމާދާރުކަމާއި އެކު ވިސްނާލައްވާ!! ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކެނޑިޑޭޓުން އިޚްތިޔާރު ކުރުމުގައި ވިސްނާލަން ޖެހިފައިވާ ހައްސާސްް ޤައުމީ މައްސަލައެއް! .. ޔަޢުމީ ، ވެރިކަން އެމްޑީޕީއަށް ދެވިއްޖެ، ރައްޔިތުންގެ މަޖްލީސް ދެވިއްޖެ، ނަތީއްޖާއެއްގޮތުން މުޅި ޖުޑިޝަރީ އެމްޑީޕީ ބޭނުންވި ގޮތަކަށް އަތުރާ ލެވިއްޖެ !! ދެން ، މި އަންނަ ކައުންސިލް އިންތިޚާބުގައި މެޖޯރިޓީ އެމްޑީޕީއަށް ދެވިއްޖެއްޔާ " ރާކަނި މަސް ކާން " ތައްޔާރުވުން އެހެން ގޮތެއް ނޯންނާނެ !! ވޯޓް ދިނުމުގައި ވިސްނާލަމާ ،،،، ސީރިއަސްކޮށް ވިސްނާލަމާ !!! ﷲ މިގަޢުމުގެ ލާދީނިއްޔަތުން ސަލާމަތް ކުރައްވާށިއެވެ. !

    35
  15. ކަފަކޮށީ ކަލޭގެ

    މިހާރުވެސް ސަރުކާރު އޮތީ ވާންވި ފެއިލެއްވެފައި

    17
  16. ާއަބުލޯ

    އަމާބުނީމަ ފަރައްދާހެން ކޯލިސަންއައް ސުލޮޓްދީފަ އެމްޑީޕީ އެކްޓިވިސްޓުން އޮފީސްތަކައް ލާފަ މިބުނަނީ ޖެއްސުންކުރަނިއްޔޯ

    17
  17. ބޮކުރީ

    ޝަހީމުއަކީ އާދައިގެބެއިފުޅެއްނޫން. އަވަހަށް ވަކިކޮށް ގަޅުވާލާ. ޢަޖައިބެއްފަހެ ނުވާނެތަ ސަރުކާރު ގެނެވުނުގޮތް އެންމެ އަހަރަކާ ކުޑަދުވަސްކޮޅަކުން ހަދުމަފުޅުން ފިލީތޯ؟ ތިކަންވެސް އެގޭ ކޮންމެވެސް އެކަކު ކޮޅެއް ހިއްލައިލާނީ. އެކޮޅުދޫނުކޮށް ހިފަހައްޓާނެކަން ވެސް އެނގޭ…

    12
  18. މާމީ

    ނުކިއަވާ އަދަބު އަޚްލާގު ނޭގޭ މީހުން މަޖިލިހަށް އައްޔަން ކުރުން ނިމުމަކަށް ގެންނަން ޖެހޭ

    22
  19. ސަންފައްތަ

    މާމޮޅުކަމަކަށް ވާނެކަމަށްތަ ކޯލިޝަން ރޫޅާލަން ތިގޮވަނީ. އޭރުން ކަލޯމެން ޖެހޭނީ މޮޔަވާން.

    17
  20. ބަކުރު އަލި

    މިހާރު ބަޑިއެދުރު ވިހެއި ރެއި އަލަފަތް އައި ގޮތައް މަޖިލިސްތެރެއަށް ކޯލިޝަން އުވާލަން ގޮވެނީ. ލަސްވަންޏާ ހާރޓަޓޭކެއް ޖެހިދާނެ..

    14
  21. ސާބިތު

    ﷲގެ ހެޔޮރަޙުމަތުން މި ޤައުމުގެ ރައްޔަތުން އެންޑީޕީ ގެ ކިބައިން ސަލާމާތްކޮންދެއްވާފާނަދޭވެ.

    23
  22. މޯދީ

    އުވާލަން މާ ލަސްވެއްޖެ. އޭރުން މަގުމަތީގެ ޕްރެޝަރު ބޮޑުވާނެ. އޭރުން އެމްޑީޕީގެ ވެރިކަމާ ދެކޮޅަށް އެމްޑީޕީގެ މީހުން ނުކުމެ މުޒާހަރާތައް ކުރަން ފަށާނެ. ދެންއޮންނާނީ އަމިއްލަ އަތަށްގޮވުން.

  23. ކަކުނިބޯ

    ކިތަންމެ ކަރުފުޅައް ބާރުފުޅުލައްވާފަ ކޯލިޝަން މިހާރުންމިހާރައްއުވާލާށޭ ބުންޏަސް ގުޑުމެއްވެސް ކޯލިޝަންއައްއަރުވާކައް ކަލޭމެންނައް ނުކެރޭނެ ހަމަ ހަޅޭއްލަވަލަވާ ތިބެންޖެހޭނީ ބަލަ މެކުނު ފުމުނަކަސް ގާހަކައް ނުފުމެވޭނެ

  24. އަހްމަދު

    ކޯލިޝަންރޫޅާލަންގޮވަން ކަލޭތީކާކު ވެރިކަންސޯލިހައްލިބުނުގޮތްކޮއެފުޅައްއެނގޭތަ ހިއްވަރެއްހުރިއްޔާ ކޯލިޝަން އުވާލާފަ ސަރުކާރު އިސްތިއުފާދީފަ ވޯޓަކަށްދޭބަލަ ދިވެހި ރައްޔިތުންނުކުމެ ރީދޫކުދިން ނޯށުން ރޮށްވާލާނެ ބަޔަކުވެރިކަންހޯދަދިނީމަ މާފުއްޕާއެއްޗެއްނޫން

  25. އަލީ

    ރޫޅާލާކައް ނުކެރޭނެ ރޫޅާލާ އިރައް ވެއްޓޭނެ ކަން ކާށިބޮލައް އެނގޭވިއްޔާ އެހެން ނޫނަސް ކައުންސިލް އިންތިޚާބައްފަހު ދެކޮޅުން ދިއައީ ބަޔަކު ރޫޅާކައް ނުޖެހޭނެ،،،،،،،،

  26. އުތުރުން

    ގުންޑާ މޑޕ އަކީ ވެރިކަމަށް އައުމުގެ މާކުރިއްސުރެވެސް
    ފޭލްވެފއި އޮތް ނާގާބިލް، ޚޮދުމުޚްތާރު ގޮށްމުށު ގޮތްތައް ގެންގުޅުނު ބައެކެވެ އޭގެ މަތިފަޑީގައި ހުރި ކަލޭގެއަކީ ބޮޑު
    ކުށްވެރިއެކެވެ. ތިމާއަށް ތާއަބަދު ވެރިކަމުގައި ހުރެވޭނެ
    ގޮތްތައް ބަލައިގެން ކުފޫ ހަމަނުވާ އެކްޓިވިސްޓުން ދައުލަތުގެ މުހިއްމު މަގާމްތަކަށް ވައްދައިގެން ރައްޔިތުން
    ނަށް ޚިދުމަތް ދިނުމުގެ ނަމުގައި ކުރަނީ ބޮޑެތި އިސްރާފެވެ
    ދެން ކަންކަން ގޯހުން ގޯހަށް ދާންފެށުމުން މިގޮވަނީ ކުރީ
    ސަރުކާރޭ ކޯލިޝަނޭ ގާސިމޭ ހާސިމޭ

  27. ހުސެން

    މާލަސް ވެއްޖެ،ކަލޭމެންނަށް ވެރިކަން ލިބުނު ދުވަހު ކޯލިޟަން ރޫޅާލިނަމަ.މާލަހޭ ،އަވަހަށް ރޫޅާލާ ބަލަގަ ކަލޭމެން ހޮވުމުގެ ކުރިން އަހަރަމެން ބުނީމެންނުން ބޯކިބާ ނުބަހައި ތި އެމްޑީޕީ ވަގު ބުޅާތަކުން ކައިފައެއްކޮށް ބޯކިބާ ކާލާނޭ،ދެން ތިބާ ކޯލިޟަން ބުޅާ ތަކަށް މިހެން ވާނޭ އަހަރަމެން ބުނީ އެމްޑީޕީ ގެ މިޒާޖު އެގޭތީ ،ހަހަހަ،އެމްޑީޕީ އެތެރެއިން ވެރިކަން ވައްޓާލަންދެން ބަލަން ތިބެމާ

  28. ރާއްޖެތެރޭ މީހާ

    ކަނޑިތީމެއް ، ހަނޑުލު ގުޅައެއް ކިޔާނެ ކަމެއް ނެތް ، ތިޔަ ޝާހީ އަކީވެސް ހުރިގޮތަށް ހުރި ސޮހޮލެއް ، ކަނޑުލަ ބަރިއެއް ، އެނގޭކަމެއް ވެސް ، ނޭނގޭ ކަމެއް ވެސް ނުހުންނާނެ ، ފ ރޯނު އެދުރެއް ، ތިޔައީ ގަންޖީޒުންގެ ފޮތް އަހުދެއް ވެއްޖިއްޔާ އެ އަހުދެއް ގަ ދެމިއެއް ނުހުރެވޭނެ ، ފައްކާ ރީނދޫ މުނާފިގުން ،

  29. މީހާ

    މިހިރަ އިއްޒައްތެރިއާ ތިއާތަނައް ވަދެތިތިބީ އަބަދު ބަޔަކައް އެއްޗެހި ކިއާކައްނޫނޭ ކޯލީޝަނޭ ކުރީސަރުކާރޭ ފަޅޮލޭ ކިއަކިއާ ތިބެފަ މަހަކު 85000 މުސާރަތިނަގަނީ ހަރާންވާނެ ދާއިރާގެ ރައްޔިތުންގެ ހައްގުގަ އެއްވެސް ކަމެއްގެ ވާހަކައެއް ނުދައްކާ މުޅިންވެސް މަޖިލިސް ކޮންމެވެސް ބަޔަކައް އެއްޗެހި ކިއުމުގަ،،،،، 2 ވަނަދައުރު ހަނދާންނައްތާލާ

  30. ވަޒީރެއާލާ

    ފެއިލް ވާކަށްނެތް . މިހާރުވެސް ފެއިލްވެފާވާ ސަރުކާރެއް. ވަށްޓާނުލަނީސް އިސްތިއުފާދީފާ ފިލާރައްކާވާންވީ.

    4
    1
  31. ޙެހެހެ

    ކައުނސިލްތައް ބާރުވެރިކުވަން ތައުލީމީ މީހުން ލާބަލަ. ތަންދޮރުނުދަންނަމީހުންތައް ލައިގެން ރައްތައްހަލާކު. ބޮޑޭވަން އުޅެނީ އެކަމަކު ތަނެއްދޮރެއްނޭގެ

  32. ކޯލިޝަން

    ވެރިކަން ހޯދީ ކޯލިޝަނުން. ކޯލިޝަން އުވާލާނަމަ މެލޭޝިޔާގެ ބޮޑު ވަޒީރު މަހާތީރު ހެއްދެވި ގޮތަށް ވެރިކަމުން އިސްތިއުފާ ދެއްވާފައި، އާ ވެރިޔަކު ހޮވުމަށް ދޭންވާނެ. ކޯލިޝަނުން ހޯދި ވެރިކަމެއްގައި ތިބެގެން ނުވާނެ.

  33. ނަހުލާ

    މިޔަރަކާ މިމީހާދަވައްތަރޭ