ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު، މަޖިލީހުގެ ގަނގެތީ ދައިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމަށް ހޫނު ބަހުގެ ހަމަލާތަކެއް މިއަދު ދެއްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ސަނީފް ހުށަހެޅުއްވި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް، އެ މަގާމަށް ވަޑައިގެންނެވީ ނާޒިމްގެ ނުފޫޒުން ކަމަށެވެ. އަދި ކާނަލް ނާޒިމް، އޭނާ އަށް ބިރު ދައްކާފައިވާ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ތުހުމަތު ކުރެއްވި ގޮތުގައި 2012 ވަނަ އަހަރު ހޮނޑައިދޫގައި ބަނގުރަލާއި މަސްތުވާތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޖާބިރު ހައްޔަރުކޮށްފައިވަނީ ޑިފެންސް މިނިސްޓަރު ކަމުގައި ނާޒިމް ހުންނަވައިގެން ނުފޫޒު ފޯރުވައިގެންނެވެ.

"އާންމު ނަމުން ނަމަ ބާޢީ ނާޒިމް، ހޮނޑައިދޫގައި އަޅުގަނޑުމެން ސަންރައިޒް ބަލަން ހުއްޓައި ހައްޔަރު ކުރަން އަމުރުކުރީ. ނާޒިމްގެ ކޮއްކޮ އެއްވެސް ތަޖުރިބާއެއް ނެތް މީހަކު، އޭނާގެ ތައްޕާހުން އައީ. އެ ބާޢީ ނާޒިމް އަޅުގަނޑާ ދިމާލަށް މިއަދު ބުނަނީ ހިތު ހުރިހާ ގޮތެއް ހަދާލާނަމޭ. މި ގައުމުގައި އޭނަ އަށް ހިތު ހުރިހާ ގޮތެއް ހެދުނީ، ރައީސް ނަޝީދު ގައިގައި ބަޑި ޖައްސައިގެން އިސްތިއުފާ ދިނުމުން. އަބްދުﷲ ޖާބިރު އިސްތިއުފާ ދޭ ގޮތަކަށް ނޫން މިހުރީ." ޖާބިރު ވިދާޅުވިއެވެ.

ފެނާއި ނަރުދަމާގެ ނިޒާމްގެ ވާހަކަ ދައްކާ އިރު އެމްޑަބްލިއުއެސްސީ ނުހިނގަނީ ނުފޫޒުގެ ދަށުން އެ މަގާމަށް އާޒިމް ވަޑައިގަތީމަ ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި އެތަނާއި ހަވާލުވެ ހުންނަން ޖެހޭނީ އަމިއްލަ މިނިވަންކަމާ އެކީގައި މަސައްކަތް ކުރެވޭނެ މީހެއް ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

ސިޔާސީ މަގާމްތަކަށް މީހުން އައްޔަން ކުރަންވީ ތެދު ބަހުން ވާހަކަ ދައްކާ މީހުން ކަމަށާއި ކާނަލް ނާޒިމް މެމްބަރު ކަމަށް ހޮވާފައިވަނީ އެހެން ނޫން ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވަނީ ނާޒިމްގެ ގާބިލްކަމާއި މެދުގައި ސުުވާލު އުފައްދަވައިފައެވެ.

"ޖަނަވާރުން ވައްދަން ޖެހޭ މަޖިލީހެއް ނޫން މިއީކީ، ޝައިތާނުން ވައްދަން ޖެހޭ މަޖިލީހެއް ނޫން. އަޅުގަނޑު ނުދަންނަވަން އެ ބޭފުޅާއަކީ ޝައިތާނެކޭ އެއްގޮތަކަށް ވެސް. ސުބުހާނައްﷲ! ނާޒިމްއަކީ ވަރަށް ބަރަކާތްތެރި މީހެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ، ޑިފެންސް ފޯސްގައި އޭނާ ހުންނަވައިގެން ރައްޖޭގެ ވެރިކަމެއް ވައްޓާލާފައި ހުރި މީހެއް." ޖާބިރު ވިދާޅުވިއެވެ.

ޖާބިރުގެ ވާހަކަ ހުއްޓުވައި އޭރު މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލުފުށީ ދައިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަފީފް ވަނީ މަޖިލީހުގެ އެއްވެސް މެމްބަރެއްގެ ނަން ވިދާޅުވާން ވާނީ މަޖިލީހުގެ ގަވާއިދާއި އެއްގޮތަށް ދާއިރާގެ ނަން ވިދާޅުވުމަށް ފަހު އިޚުތިރާމާއި އެކުގައި ކަމަށް ވިދާޅުވެފައެވެ.

ޖާބިރު ވިދާޅުވީ ކާނަލް ނާޒިމް ޖުމްހޫރީ ޕާޓީއަށް ވަޑައިގެން އެ ޕާޓީގައި ހުރުމަށް ފަހު ގާސިމް އިބްރާހިމް އަށް ވެސް ލަނޑު ދީފައިވާ ކަމަށް ވިދާޅުވިއެވެ.

"ޖުމްހޫރީ ޕާޓީއަށްވެސް ދޯކަ ދީފަ. ގާސިމަށް ދޯކާ ނުދޭނެތޯ އޭނަ؟ ގާސިމް ކައިރިން ބަޣާވާތްކޮށްގެން މިތާ މި އިންނަނީ މީނަ." ޖާބިރު ވިދާޅުވިއެވެ.

ޖާބިރުގެ ވާހަކަކުރިއަށް ދިޔަ އިރު މަޖިލީހުގައި އެހެން މެމްބަރަކު ޖާބިރުގެ ވާހަކައަށް ރައްދު ދެމުންދިޔަ އަޑު އިވެއެވެ. ބެލެވޭ ގޮތުން އެ މެމްބަރަކީ ނާޒިމްއެވެ.

ޖާބިރުގެ މި ތުހުމަތުތަކާ ގުޅިގެން ނާޒިމްގެ ބަހެއް ހޯދަން ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވައެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ޫދާލު

  ލޮލީބެ މޮޔަގޮވަނީއުތަ

  17
 2. ޖާބެ

  ހިނދުކޮޅު އައިއްސަހުރި ދުވަހެއްބާ

  35
 3. ޝާން

  ޖާބިރު އެދައްކަނީތެދު ވާހަކަ. ތިއީ ބޮޑު ބާޣީ ނާޒިމް. ކުރީ ސަރުކާރުގަ އެސްޓިއޯ އަށްް ކޮށްކޮ ލީ ނުފޫޒުގެ ބޭނުންކޮށްގެން. މިސަރުކާރުގަވެސް މީނަގެ ނުފޫޒުން އާޒިމްއަށް ވަޒީފާދިނީ.

  10
  8
 4. ސަދސަ

  ސަންރައިޒް ބަލަން ؟
  ހައް ހައް ހައް. ކަލޭ ތީކާކުކަން ނޭނގޭނީ ކަލޭގެ އަނބިމީހާއަށް.
  އަހަރުމެންނަށް ކަލޭ އިނގޭ.

  46
 5. އަދާލަތު

  ޖާބި ރުގެ ފަތިފުށް ކިޔަން ވެއްޖެނަމަ ވަ ރަށް ހުތު ރުވާނެ. ބޮލާފޮށާނޭޅެނީސް ހަނު ހުރުންނެވުން އެދެން.

  20
  1
 6. އައިޝާ

  ޖާބިރު ހާދައަގަހަޑިވެގެން ތިއުޅެނީ މުވައްޒަފުން ނައް މުސާރަ ދީބަލަ

  38
 7. ފާރިޝް

  ތީ މަޖިލީހުގަ އިން ޖަނަވާރަކީވެސް، ޝައިޠާނަކީވެސް. ތީގެ ދޭތި މަޖިލީހުގަ އުޅޭނެ. އެކަތި ރިޔާސަތުގަ އަނެކަތި ކޮށީގަ. ދޭތިވެސް އަބަދަކު ތަންދޮރުކުޑަވެފަ.

  25
 8. މުހައްމަދު

  އެހެންވެގެންނޭ މަމިބުނަނީ ތިމަޖިލީހުގާ ތިޔަތިބި މީހުންގެ 9ޮ0% މީހުންނަކީ ތިޔަބުނާ ޒާތުގެ މީހުން.

  36
 9. ދޯ

  ލޮލީ ޖާބިރާއި އެމްޑީޕީގެ އިސް ސަފު އެބަޖެހޭ ތާއުމުރަށް ފަޅުރަށެއްގައި ކަރަންޓީނު ކުރަން.

  43
 10. މާ

  އެކަމަކު އެބުނާ ދުވަހަކު ސަންރައިޒު ބަލަން އިންނެވީ ހާދަ ފާޑަކައްދޯ؟ ވަރައް ނައިސް ވެގެން ހެން ހީވާގޮތަކައް،،،،،،

  22
  1
 11. Anonymous

  ހަމައިން ނައްޓާފައި ހުރި ކޮންމެ މީހަކުވެސް ތިކަހަލަ ވާހަކަ ދައްކާނެ

  18
 12. މޫސަ

  ހޮނޑައިދޫ ބޮލުރޮދި.

  19