މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރައްވަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ފުލުހުން ކުރަމުން ގެންދާ ތަހުގީގަކާއި ގުޅިގެން އެ އިދާރާއަށް ހާޒިރުވުމަށް އަންގައިފިއެވެ.
ރައީސް ޔާމީން ފުލުހުން ހާޒިރު ކުރާކަން ހާމަކުރައްވީ ކުރީގެ ނާއިބު ރައީސް އަދި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް މަސައްކަތް ކުރައްވާ ޑރ މުހައްމަދު ޖަމީލް އަހުމަދު ކުރެއްވި ޓްވީޓެއެވެ.
ޑރ.ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ އިސްތިއުނާފުގެ ތެރެއިން ދައުވާ އަކީ ގާނޫނީ ބުރަދަނެއް ނެތް ސިޔާސީ ދައުވާއެއްކަން ސާބިތުވުމުން އިތުރު ކަންތައްތަކަކަށް ތަހުގީގަށް ހާޒިރުވުމަށް ރައީސް ޔާމީނަށް ފުލުހުން އެންގީ އިއްޔެ ކަމަށެވެ.
ޑރ.ޖަމީލް ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމަށް އެއް އަހަރު ވީއިރުވެސް، އެއްވެސް ކަމެއް ނުކުރެވި ފެއިލްވުމުން ރައީސް ޔާމީން ދެކެ ކޯފާވާނެ ކަމެއް ނެތް ކަމަށް ވިދާޅުވެފައެވެ.
Raees Yameen ge isthiunaafu ge therein Dhauvaa akee Qaanoonee buradhaneh nei siyaasee Dhauvaa eykan qaaim vumun,ithuru kanthah thakakah thahqeeqah haaziruvumah fuluhun iyye angaifi.@ibusolih ahareh veeiru kameh nuve fail vumun,RY dheke koafaa vaane kameh nei.Thikan nimeyne IA. pic.twitter.com/WwTPpZKVVd
— Mohamed Jameel Ahmed (@MJameelAhmed) February 25, 2020
އިއްޔެ މާފުށި ޖަލަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޒިޔާރަތުގެ ތެރެއިން ރައީސް ޔާމިނާއި ބައްދަލުކުރައްވާ އެމަނިކުފާނުގެ ކަންބޮޑުވުންތައް އޮޅުން ފިލުއްވާފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވާފައިވާ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމްގެ އިސްތިއުނާފީ ޝަރީއަތުގެ އަޑުއެހުމުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓަށް 75 ނުކުތާއެއް އިއްޔެ ވަނީ ހުށަހަޅާފައެވެ.
ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ޖޫޫރިމާނާ ކުރީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ކުށް ސާބިތު ވުމުންނެވެ. އެމަނިކުފާނު ކަފާލާތުގެ ދަށުން މިނިވަން ކުރަން ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމާފައި ވަނީ ރައީސް ޔާމީން މިނިވަން ކުރަން ނުޖެހޭ ކަމަށެވެ.
ހަނދާންކުރާށެ. ރައީސް ޔާމީން ގެ ސަރުކާރުން ކުރީގެ ވެރިންގެމައްޗަށް އިތުރު ތަހުގީގު ނުހިންގީ ހިންގެން ނެތިގެންނޫނެ. އިބޫ މިކަން ހަނދާން ކުރާއްޗެ. އަދިކަންތައްއޮތީކުރިއަށެވެ.
އިބޫގެ މައްސަލަ ބެލޭނެ ދުވަސް އަދި ކުރިއަށް އޮތްކަން ހޭވަރިވާށެވެ.
ސާބަހޭ ސާބަހޭ މިސަ ރުކާ ރުގެ ބަލާވެ ރިކަން އިންތިހާއަށް ބޮޑުވެއްޖެ، ޔާމީނު ގައިންނެއްޓި ގަނެގެން ގައުމު ހިންގޭތޯބަލާ، ޔާﷲ، މިޖައްބާ ރުންގެ ކިބައިން މިގައުމު ސަލާމަތް ކު ރައްވާނދޭވެ.
ސަރުކާރު އަދި ލާދީނީ ފަރާތްތަށް އެއްމެ ޖެހިލުންވާ ސަހުސިއްޔަތު. ސާބިތުވެ ހުންނަވާ އިންޝާ ﷲ މަނިކިފާނަށް ކާމިޔާބު ލިބޭނެ.
ޒީރޯ ޓޮލޮރެންސް ސަރުކާރު އިސްތިޢުފާ
އޮޅުވާލި ވޯޓުން އުފެދުނު މިސަރުކާރުން މިފެށީ މުޅިން އައުސަފްޙާއެއް އައުބާބެއް އައު ކަންތައްތަކެއް މިސަރުކާރުގެ އެއްވެސް ވެރިއެއް ހީފުޅު ކުރައްވާނެކަމެއްނެތް ތިމަންނަމެން=ވެރިކަން ނިންމާލާފައި ވަކިވާދުވަހު ތިބޭނީ ހުދުފޮށާ އަދެގެންނެކޭ ހަމަ ތިމަގުން ހިނގާނެ މިއަދު ވަރަށްސާފުކޮށްކަންތައްތައް ކުރާކަމެއްހެންކަންތައް ދައްކަން މަސައްކަތްކުރިނަމަވެސް ހެދެނީ ހައްތަހާގޯސް ކުރެވެނީ މުޅިން ގޯސްކަންތައްތައް 444 ރުފިޔާ މަޖިލިހަށްދެއްކުމުން އެނިމުނީއަކީ ނޫން އެވަރު އެކަން ނިންމަން ހިފައިފިނަމަ މިހާރުގެ އޭސީސީ ބޯޑުމެމްބަރުންނަށް އޮތީ ހަމަ ނަޝީދުއާއި އެއްމަގު
ހައިކޮމިޝަންގައި ލުޠުފީ ފޮރުވައިގެން އިއްޒަތުގައި ގެންގުޅުނު މައްސަލައަކީ ވަކިންކުޑަކަމެއްނޫން ހޭއަރާވިސްނާށެ މިހެންވެސް މަބުނެފީންދޯ
ސަލްޓަންޕާކުގެ ނަން ރަސްރަނި ބަގީޗާއަށް ބަދަލުކުރިކުރުމަކިވެސް ހަމަބޮޑު މައްސަލައެއް އެމައްސަލަ ބަލަން ޖެހޭނެ އެކަމުގައި ޒިންމާކުރުވަންވެސް ޖެހޭނީ ހަމަރައިސް ޔާމީން
މިހާރު މިއުޅެނީ ގޮތްހުސްވެގެން އެގޮތްމިގޮތަށް ހަމަތެޅިބާލަނީ ރައިސްނަޝީދު ބޭސްފަރުވާއަށް ފޮނުވުމުން އިނގިރޭސިވިލާތަށްގޮސް ފިލައިގެން އުޅުނު މައްސަލައަކީ ބޮޑު މައްސަލައެއް އެކަން ބަލަންޖެހޭނެ ސަރުކާރުބަދަލުވާދުވަހަކުން އެކަންކުރާނެ ހޭއަރާވިސްނާތި
މިދުވަސްވެސް ނިމޭނެކަން ހަނދާންކުރާތި، މީ ވަރަށްވާހަކަ.
ނަސީދުގެ މައްޗަށް ދައުވާ އުފުލެން ހުރި ކަންކަމުގެ މައްޗަށް ދައުވާ ނުއުފުލުމަކީ މިދުވަސް ޔާމީނަށް އައުމަށް ކޮށުނު ދޮރެއް.މިހާރު އެވާހަކަ ނުކިޔާނަން ނަސީދަސް ދައުވާކުރެވޭނެ ގިނަ ކަންކަން އެބަހުރި
ވަގުތު ނޫސް ކިޔަނީ ހުސް ޕިންކް ކުދިންދޯ.