އިސްލާމް ދީން ނައްތާލަން ޖަމާއަތްތަކުން މަސައްކަތްކުރަނީ އުންމީދެއް އޮތީމަ ކަމަށް އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.

އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް މިހެންވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

"ދިވެހިރާއްޖެ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގަ އޮންނަ އޮތުން ނެތިކޮށްލަން އީޔޫއާއި އެފަދަ އެތައް ޖަމާއަތަކުން ކެނޑިނޭޅި މަސައްކަތް ކުރަމުން ދަނީ އެމީހުންނަށް ކޮންމެވެސް އުންމީދެއް އޮތީމަ. ޤައުމަށް ހެޔޮއެދިވަޑައިގަންނަވާ ކޮންމެ ބޭފުޅަކު މިކަމާމެދު ވިސްނާ ވަޑައިގަތުން މުހިންމު" އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކާއި ޚާއްސަ ގުޅުމެއް އޮންނަ އީޔޫގެ މިހުށަހެޅުންތަކާއި ގުޅިގެން ގިނަ ދީނީ އިލްމުވެރިންތަކެއްވެސްވަނީ މިމަކާމެދު ކަންބޮޑުވުންތައް ފާޅުކުރައްވާފައެވެ.

އީޔޫއިން ރާއްޖޭގައި ހުރި މައްސަލަތަކާއި ބެހޭގޮތުން ނެރުނު ރިޕޯޓުގައި ވަނީ ރާއްޖޭގައި އަންހެނުންނަށް ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އީޔޫ އިން ހުށަހެޅީ އާއިލާއާ ބެހޭ ގާނޫނުގައި ހުރި ޖިންސީ ހަމަ ހަމަކަމަށް ބުރޫ އަރާ ކަންތައް ނައްތާލުމަށެވެ. އެގޮތުން ތަރިކަ މުދާ ބެހުމާ ބެހޭ އުސޫލްތަކަށް ބަދަލު ގެންނަން ވަނީ ހުށަހަޅާފައެވެ.

އާއިލާއާއި ބެހޭ ގާނޫނުގައި އޮންނަނީ އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައި އޮންނަ ގޮތަށް، ވަރަށް މަދު ހާލަތްތަކެއްގައި އަންހެނުންނަށް ތަރިކަ އިން ފިރިހެނަކަށް ލިބޭ މިންވަރުގެ ދެ ބައިކުޅަ އެއް ބައި ލިބޭ ގޮތަށެވެ.

އެހެން ކަމުން ސީޑޯ މުއާހަދާގައި ބުނާ ހަމަހަމަކަން ގެނެސް އަންހެނުންނަށާއި ފިރިހެނުންނަށް ތަރިކަ މުދާ ބެހުމުގައި އޮންނަ ތަފާތު ނައްތާލުމަށް އާއިލާއާއި ބެހޭ ގާނޫނަށް ބަދަލު ގެނައުމަށް ވެސް އީޔޫ އިން ވަނީ ގޮވާލާފައެވެ.

މިދިޔަ ޖެނުއަރީ މަހު 8 އަކުން 11 އަށް ރާއްޖެއަށް ކުރި ދަތުރަށް ފަހު ރާއްޖޭގައި ހުރި މައްސަލަތަކާއި ބެހޭގޮތުން ކަންބޮޑުވުން ފާޅުކޮށް އީޔޫ އިން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ، ދިވެއްސަކު އިސްލާމް ދީން ދޫކޮށްލިޔަސް އެމީހަކީ ދިވެހި ރައްޔިތެއް ކަމުގައި ބަލައިގަނެ، ވޯޓު ދިނުމުގެ ހައްޤު ލިބިދޭ ގޮތަށް ޤާނޫނު އަސާސީގެ ނުވަ ވަނަ މާއްދާ އަށް ބަދަލު ގެނައުމަށާއި އިންތިޚާބުތަކުގައި ވާދަކުރެވޭނީ ސުންނީ މުސްލިމުންނަށް ކަމަށް ޤާނޫނުތަކުގައި ކަނޑައަޅާފައި އޮތް އޮތުމަށް ބަދަލު ގެނައުމަށެވެ.

މީގެ އިތުރުން ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ، ސުންނަތް ޖަމާޢަތުގެ މުސްލިމަކަށް ވުމުގެ ޝަރުތު ބަދަލުކުރަން ވެސް އީޔޫގެ ރިޕޯޓުގައި ވަނީ ހުށަހަޅާފައެވެ.

ހަމަ އެހެންމެ، ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކުރަން އުޅޭތީ އެކަމާއި ކަންބޮޑުވުން ފާޅުކުރުމުގެ އިތުރުން ދީނީ އެއްބައިވަންތަކަމުގެ ޤާނޫނުގެ ދަށުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް އަދި އެހެން ދީންތަކުގެ މީހުންނަށް އަދަބު ލިބޭ ކަމަށް ބުނެ ޤަރާރުގައި އެކަން ކުށްވެރިކޮށްފައިވެ އެވެ.

ޤާނޫނު އަސާސީގެ ނުވަ ވަނަ މާއްދާއަކީ ދިވެހި ރައްޔިތަކަށް ވެވޭނީ މުސްލިމަކަށް ވެގެން ކަމަށް ބުނާ މާއްދާއެވެ. އެހެން ކަމުން އީޔޫއިން ހުށަހަޅާފައިވާ ގޮތައް ޤާނޫނު އަސާސީއަށް ބަދަލު ގެނެސްފި ނަމަ އެކަން ވެގެންދާނީ ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށްކަމަށް ގިނަ ބަޔަކު ފާހަގަ ކުރެއެވެ. އެ ޤަރާރުގައި ވަނީ ރާއްޖެ އެއްބަސްވެފައިވާ ބައިނަލްއަޤުވާމީ ހަމަތަކާ އެއްގޮތަށް ރިޔާސީ އިންތިޚާބެއް ބޭއްވޭނީ މިހާރުގެ ޙާލަތު ބަދަލުކޮށްގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އަމީތު

    އެމީހުންގެ އުންމީދަކީ ކެނެރީގެ ނަޝީދު އާއި ރާއްޖޭގެ އިދިކޮޅު ފަރާތްތަށް

  2. ހަމީދާ

    އެމީހުންގެ އުމީދަކީ (ރައީސް ޔާމީން).

  3. ނަޒްހާ

    ރާއްޖެއައް ދީނީ މީނީވަންކަމެއް ބޭނުމެއް ނުވޭ.. މީތާގެ އެމީހަކު ބޭނުންގޮތަކައް އެބައުޅެވޭ.. ދެން ކީއްކުރާ ދީނީ މީނީވަންކަމެއްތޯ.. ދީނީ މީނީވަންކަން ދީނުމައް ގޮވާލާ ގޮވުންތައް މީއީ ރާއްޖެއައް އާކަމެއް ނޫން.. ޔޫއެންގެ ހީއުމަންރައީޓުސް މުއާހަދާގައީ ރާއްޖެ މައުމޫން ސަރުކާރުގައީ ސޮއީ ކުރީ އީރުވެސް ދީނީ މީނީވަންކަމާއީ ގުޅޭ އެ މުއާހަދާގެ މާއްދާތައްވަނީ އެކުސްކުލޫޑު ކޮއްފައީ..އަދީ އެ މުއާހަދާ ގެ އެހެން ނުކުތާތަކައް ރާއްޖެއީންވަނީ ބަލައީގެންފައެވެ. ވީމާ މީފަހަރުވެސް ހަމަ އެބީދާއީން އީޔޫގެ ގޮވާލުމުގައީ އެކުލެވޭ އީސްލާމްދީނާއީ ފުޝުނާރާ މުއާހަދާގެ ބައީތަކަށް ރާއްޖެއައް ތަބާވެވޭނެއެވެ. މީހާރު ސަރުކާރުން އަމަލު ކުރަމުން އެގެންދަނީ މީކަމުގައީ ކޮންސްޕީރަސީ އުފައްދައީގެން އީޔޫގެ މުޅީ ހުށައެޅުން އެއީ ދީނީމީނީވަންކަމާއީ ގުޅީފައީވާ އެއްޗަކައް ހަދައީގެން ރައްޔީތުން އޮޅުވާލާށެވެ. ރާއްޖޭގަ އުޅޭ ގީނަ ޝޭހުންނަކީ ދުނީޔޭގެ މުއައްސަސާތަކުގެ ހަގީގަތް އަދީ ދުނީޔޭގެ ގައުމުތަކުގެ މެދުގައީ ކަންކަން ސެޓެލް ކުރުމާއީ ނެގޯޝީއޭޓު ކުރުމުގައީ ކަންކަން ހީންގޭގޮތް ދަންނަ ބަޔެއް ނޫނެވެ. އެކަމަކު ހުސް ކޮންސްޕީރަސީގެ ތެރެއީން ކޮންމެ ގޮތަކައްވެސް ކަންކަން އީންޕުރީޓު ކޮއްލައީގެން ދީނީ ކުލައެއް ޖައްސާލައީގެން ތީމާމެންގެ ޕުރޮފެޝަންނޫން ދާއީރާތަކުގައީ ހުންނަ ނޭނގޭ ކަންކަމައް ފާޑުކީޔާ ބަޔެކެވެ.

  4. ނެރު

    އުންމީދު އޮންނާނެ އެއްނު އެވެރިން އުޅޭ ގޮތައް އުޅެން ބޭނުންވާ ދިވެހިން ވެސް އުޅޭ ވިއްޔަ

  5. އަބްދުއްލާ

    އެމީހުންގާތަށް ގޮސް މިބުނަނީ ތިމަންނަޔަކީ ނަސާރާ އެކޭ . އެކަމަކު އެދީނަށް މިގައުމުގާ އުޅެފިނަމަ އަދަބުނިބޭނެޔޭ . ގާނޫނުއަސާސީގަ އޮންނަގޮތުން ގައުމުގެ ރައްޔިތުކަން ގެއްލޭނެޔޭ . ވެރިަކަމަށް ކުރިމަތި ލުމުގެ ފުރުސަތު ގެއްލޭނެޔޭ .ކަލޭމެންގެ މަސައްކަތުން އަހަރުމެންނަށް ފުރުސަތު ހޯދާދޭށޭ . އެހެން ބުނީމަ އެމީހުން މިނެރެނީ ބަޔާން. އެމީހުނަށް ހީވެފައޮތީ ކުޑަ ގައުމެއްވީމާ ތެޅިގެންފަ އަވަހަށް ބުނިގޮތް ހަދާނެކަމަށް . އެވާހަކަ އެންގުމާއެކު ވަގުތުން ނުވާނެ ކިޔާ ޖަވާބު ފޮނުވައިފި އެހިސާބުން އެމީހުން ފިނިވެ އެޖެންޑާކުރުންވެސް ދޫކޮށްލީ އިދިކޮޅަށް އެގޭތަ ތިމާމެންގެ ކަމެއްނެތްކަން.

    • އަކްރަމް

      ދޮގު ނަހަދާ.. ތީމާއަށް އެކަމުގެ މައުލޫމާތު ނެތް ކަން ކަމާއީ ހާދީސާތަކާއީ ގުޅުންތަކުގެ ވާހަކަ ހަދަ ހަދައީގެން ނުދައްކާށެވެ.

  6. ނައިންޓީ

    އެމީހުންގެ އުންމީދަކީ ކުރިން ނަޝީދު އެކަނި. މިހާރު އެމީހުނަށް ހީވީ މުޅި އިދިކޮޅު އެއީ ނަޝީދުގެ މީހުންކަމަށް. އެހެންވެ މާ ފޯރިއެއް އަރުވާލައިން މިހާރު އެއުޅެނީ.

  7. އަލި

    އެމީހުންގެ އުނމީދަކީ އިދިކޮޅުގަތިބި ނަސީދުގެ އަތްދަށުވެ ނަގޫފިތިފަތިބި ޕަޓީތަކުގެ ވެރިންނަ ނަސީދު ޖަހަބެރަކަށްނަށާ ދީނީ އިލްމުވެރިނގެ ޓެގް އަޅުވައިގެންތިބި
    މަދު ބަޔަކު ދޭހިއްވަރުން ހެކި ޕަޓީގެ ނަމުގަ ބަޔަންގަޑެއްވެސް ނެރެލަން ނުކެރުނުކަން އެހެން ވީމަ ނަސީދައް ވަގިވެރިވަ ޔަހޫދިން އުންމީދަކީ އެއީ

  8. ބާރީ

    އެއުންމީދަކީ މިތަނަށް އެވެރިން އައްޔަން ކޮށްފަ ހުރި އެޖެންޓް. އެ އެޖެންޓަށް ލިބޭ އިނާމަކީ ވެރިކަމުގެ ލައްޒަތާ ބައިތުލްމާލް. އެވެރިންނަށްޓަކައި އެޖެންޓް އަދާކުރަންޖެހޭ ވާޖިބަކީ މިގައުމުގަ ޗްރިސްޓިއަން ދީނުގެ އެންމެ އޮށެއް އިންދައިދީ އެއަށް ފެންދީ ފޯދޭވަރު ކޮށްދިނުން.

  9. އަޙްމަދް

    ކާފަރުންގެ އެކި އެކި ޖަމާޢަތް ތަކުގެ ފަރާތުން އިސްލާމް ދީނަށް އައްނަ ނުރައްކަލައައް ވުރެބޮ ނުރައްކާ އާދޭ ދީނުގެ ބިދްޢަވެެރި ޖަމާޢަތް ތަކުގެ ފަރާތުން.

  10. ހަކީމު

    ބަލަ އެމީހުނަށް އެމީހުން ބުނާ އެއްޗެއް އެގޭހެއްޔެވެ. މިގައުމުގައި އޮންނާނީ އިސްލާމްދީންކަމަށް ނިންމައިގެންތިބީ އެބުނާ ޑިމޮކްރަސީގެ ހަމަތަކުން ދިވެހިންނެވެ. ހުރިހާ ދިވެހިންނެވެ. ފުރިހަމަ މިނިވަންކަމާއެކު ރައްޔިތުން ނިންމާ ކޮންމެ ނިންމުމަކަށް އަމަލުކުރުމީ އެއީ ޑިމޮކްރަސީއެވެ މިހާރު ތިބުނަނީ ޑިމޮކްރަސީ ގެ ހަމަތަކުން ފާސްކޮށްފައިވާ ގާނޫނުތައް ބަދަލުކުރާށެވެ. މިހާރު ޕަބްލިކް ރެފަރެމްޑަމަކަށް ދިޔައަސް ހަމަ ފާސްވާނީ އެކައްޗެކެވެ. 99 ޕަސެންޓް ވޯޓުލިބޭނީ މިހާރު އޮތްގޮތަށް ބާއްވާށެވެ. ވީއިރު ކަލޭމެން ތިއުޅެނީ އަހަރުމެން ކަލޭމެނާއެކު ނަރަކައަށް ވައްދާށެވެ.

  11. ވަބާ

    ތި ސަލަފަކީ ޔޫރަޕް މީހުންނަށްވުރެ އަދި މާ ނުރައްކާ ބައެއް. ބަލާ އެހެރަ ކިޔާ ނަންނަން...

    • ހުސޭނުބޭ

      ދެން ކަލެޔަށް ކިޔެއް! ކަލެޔަށް ކިޔާ ނަން މާކަ ރީއްޗެއްނޫން.

  12. އަލްޖިބްރާ

    މިރާއްޖޭގަ އިސްލާމްދީން އޮންނަތާ މިވީ ދިގު މުއްދަތުގައި އިސްލާމްދީން މިރާއްޖޭގައޮވެގެން ކަންބޮޑުވި އެއްވެސް ބަޔަކު ނެތެވެ. މިހުރިހާބަލާވެރިކަމެއް ޖެހެންފެށީ ތިޔަ ޔާމީނު ވެރިކަމަށް ސަވާރުވި ފަހުންނެވެ.

  13. ޖޮއްބެ

    މުޝްރިކުން ނަށް ލިބިފައިވާ އަގު ބޮޑުޖަވާހިރަކީ މިގައުމުގައި ތިމަންމެންބައިމީހުންގެ ވެރިކަމެއް ގާއިމުވެއްޖެނަމަ ކަލޭމެން އެދޭ ފަދަޔަކުން މިގައުމުގައި ދީނީ މިނިވަންކަން ގާއިމުކޮށްދޭނަމޭ ބުނަމުން އެމީހުންނަށް އާދޭސް ކުރަމުން ދުވާ ކެރަފާ ނަޝީދު އާއި އިދިކޮޅު މަސްހުނިގަނޑެވެ.

  14. ކަބީލާ

    މިރާއްޖޭގެ ފަހުގެ ތާރީޚްގައި ކަންހިނގާފައިވާ ގޮތަށް ބަލައި، އެއްޗެއް ބުނާނަމަ ބުނެވޭނީ މިތާންގައި "އަލްޖިބްރާ"ގެ ނަމުގައި ކޮމެންޓް ކޮށްފައި އެވަނީ އަމިއްލަ އެދުމުން ފޯވެފައިވާ، ޙަޤީޤަތް އޮޅުވައިލާ، ތިމާއަށް ފެނިފައިވާނެ ޙަޤީޤަތްތައް ނުފެންނަކަމަށް ހަދާ ޖާހިލެއްކަން.