މާފުށި ޖަލުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އިއްޔެ ބައްދަލުކުރެއްވީ "ޑީލެއް" ހަދަން ކަމަށް ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން، އެ ބައްދަލުވުމާއި ގުޅޭ މައުލޫމާތުތައް އިމްރާން ހިއްސާކުރައްވައިފިއެވެ.

ރައީސް ޔާމީނާއި ހޯމް މިނިސްޓަރ އިމްރާން އާ"ޑީލެއް ހަދަން" އުޅޭކަމަށް ޖަލުތައް ބަލަހައްޓާ ކަރެކްޝަނަލް ސާވިސްގެ އިސްވެރިޔާގެ މަގާމުން ދުރުކުރި އަބްދުﷲ މުނާޒް ވަނީ އިއްޔެ ވިދާޅުވެފައެވެ.

އެ ވާހަކަތަކާއި ގުޅިގެން އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ،އިއްޔެ މާފުށި ޖަލުގައި މިވަގުތު ގެ ހާލަަތު ގާތުން ބެލުމަށް އޭނާ ކުރި ޒިޔާރަތުގައި، ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުންގެންދަވާ ކުރީގެ ރައީސް ޔާމީން އާ ބައްދަލުކޮށް އެމަނިކުފާނު ގެ ކަންބޮޑުވުންތައް އަޑުއެެހި ކަމަށެވެ.

"އޭގެ ތެރޭގައި އެމަނިކުފާނަށް ޑޮކްޓަރުން ދެއްވާފައިވާ ސިއްހީ ލަފަޔާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވުނު، އަދި ޑޮކްޓަރުން ދެއްވާފައިވާ ލަފާ މިހާރު ވަނީ އާއިލާއާ ހިއްސާކުރެވިފައި". އިމްރާން ވިދާޅުވިއެވެ.

އިމްރާން މިގޮތަށް ވިދާޅުވިއިރު. މުނާޒް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މަޑުމަޑުން އެބަ ތިލަވާކަމަށެވެ."

"ދެން ފެންނާނީ އަދީބްގެ ބޮލަށް ހުރިހާ ކަމެއް ޖަހާފައި ގައުމަށްޓަކައި، ދީނަށްޓަކައި ހާމަކަން ބޮޑުކޮށް ސަރުކާރުގައި ތިބެގެން އަމަލީ މަސައްކަތް ފަށާތަން. އެމްޑީޕީ ހޭލާ" މުނާޒް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގައިދީ

    މަޤާމުގެ ކުފޫހަމަނުވާތީ ވަކިކުރީމައިވެސް އެހެންމީހުން ގޯސްކުރަން ތިއުޅެނީ ! ހޯމްމިނިސްޓަރަކީ ޖަލުތަކުގެ ޙާލަތުބަލަންޖެހޭ ވަޒީރެއް! ބޭނުންވެއްޖެ ހިނދެއްގައި އެބޭފުޅާ އެތަނުގެ ގައިދީންނާއި ބައްދަލުކުރަންވެސްޖެހޭނެ! އެމީހުންނާއި ބައްދަލުކޮށްގެން އެތަނުގެ ޙާލަތު އެނގޭނީވެސް ! އަހަރެމެންނަށް އަޑުއިވުނު ތިބޭފުޅާ ޖަލަށް ދިޔައީ އެތާގައި އޮތް ބައްދަލުވުމަކަށޭ، އެކަމު ފެނުނީ ޤައިދީންނަށް އަނިޔާ ކުރާމަންޒަރު ބަލަން ދެއަތް ފުގަހަށްލައިގެން ތިބޭފުޅާ ސަޕޯޓްދޭން ހުއްޓާއި، ހުރިހާ ކަމެއް އައީ ހޯމްމިނިސްޓަރުބޮލަށް ، މިހާރުތިއުޅޭނީ އެމްޑީޕީ ބޮލަށް ސަވާރުވެގެން އެހެންމަގެއް ހޯދަންވެގެން .

    15
    1