ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް ސަރުކާރުން އެމަނިކުފާނަށް ހުށަހަޅައިފިއެވެ.
"ވަގުތު"އަށް އެނގިފައިވާގޮތުން މި ހުށަހެޅުން ހުށަހެޅީ އިއްޔެގެ ވަގުތެއްގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ރައީސް ޔާމީނާއި ބައްދަލުކުރެއްވުމަށް ފަހުއެވެ.
ނަމަވެސް މި ހުށަހެޅުމާއި ރައީސް ޔާމީން ވަގުތުން ދެކޮޅު ހައްދަވާ ބޭރަށް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވިއެވެ.
ސަރުކާރުން މިގޮތަަށް ހުށަހެޅީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ކަމަށް ވިދާޅުވިއެވެ. "ވަގުތު"އަށް އެނގިފައިވާގޮތުން ދާދި ފަހުން ޑޮކްޓަރުން ވަނީ ރައީސް ޔާމީން ބޭރުން ފަރުވާ ކުރެއްވިމަށް ލަފާ ދީފައެވެ.
މީގެ ކުރިން ވެރިކަން ކުރެއްވި ބައެއް ރައީސުންނާއި ޕާޓީތަކުގެ ލީޑަރުން ސަރުކާރު ތަކާއި ޑީލް ހެދުމަށްފަހު ރާއްޖެއިން ބޭރަށް ވަޑައިގެންނެވިއެވެ.
ވަރަށް ބޮޑަށް އާލާސްކަންފުޅު ބޮޑެގެން ވަޑައިގަންނަވާ ބޭފުުޅުން ރަނގަޅުވެ ބޭރުގައި ތިއްބަވައިގެން ސިޔާސީ މަސައްކަތް ކުރައްވާފައި ވެއެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ކުރީ ސަރުކާރުގައި ބޭރަށް ވަޑައިގެންނެވީ ބޭސް ފަރުވާއަށް ކަމަށް ވިދާޅުވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޔާމީން ރާއްޖެ އިން ބޭރަށް ވަޑައިގެންނެވުމުގެ ކުރިން ކްރިމިނަލް ކޯޓުން މިހާރު ޙުކުމް ކޮށްފައިވާ ގޮތައް 77 މިލިއަން ރުފިޔާ ދައްކަވަން ވެސް ހޯމް މިނިސްޓަރ އިމްރާން، ރައީސް ޔާމީން އަރިހުން އެދިވަޑައިގެންނެވިއެވެ. ނަމަވެސް ރައީސް ޔާމީން ވަނީ ކްރިމިނަލް ކޯޓުގެ ޙުކުމުގައި ހުރި ހަމަނުޖެހޭ ކަންތައްތައް ވިދާޅުވެ، އިސްތިއުނާފް މަރުހަލާ ނިމުމުގެ ކުރިން ފައިސާ ދައްކަވަން ދެކޮޅު ހައްދަވާފައެވެ.
އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިއްޔެ މާފުށި ޖަލުގައި މިވަގުތު ގެ ހާލަަތު ގާތުން ބެލުމަށް އޭނާ ކުރި ޒިޔާރަތުގައި، ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުންގެންދަވާ ކުރީގެ ރައީސް ޔާމީން އާ ބައްދަލުކޮށް އެމަނިކުފާނު ގެ ކަންބޮޑުވުންތައް އަޑުއެެހި ކަމަށެވެ.
"އޭގެ ތެރޭގައި އެމަނިކުފާނަށް ޑޮކްޓަރުން ދެއްވާފައިވާ ސިއްހީ ލަފަޔާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވުނު، އަދި ޑޮކްޓަރުން ދެއްވާފައިވާ ލަފާ މިހާރު ވަނީ އާއިލާއާ ހިއްސާކުރެވިފައި". އިމްރާން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ، 5 އަހަރު ދުވަހުގެ ޖަލު ޙުކުމް، ހައިކޯޓުގައި އިސްތިޢުނާފުކޮށްފައިވާތީ ބޭއްވި ފުރަތަމަ އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ރާއްޖެ އިން ބޭރަށް ފަރުވާ ހޯއްދަަވަން ޑޮކްޓަރުން ވިދާޅުވި ނަމަވެސް، އެމަނިކުފާނު ބޭރަށް ނުދިޔައީ، އެމަނިކުފާނު ފިލާފާނެ ކަމަށް ރައްޔިތުން ގަބޫލުކޮށްފާނެތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުގެ ހިތުގެ މައްސަލައަކީ ރާއްޖެއިން އިތުރު ތަހުލީލުތަކެއް ނުހެދޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ މައްސަަލައެއް. އެ މައްސަލަ އެންމެ ފުރަތަމަ އެނގުނީ ޝަރީއަތުގެ ކުރިން ކްރިމިނަލް ކޯޓުގެ އަމުރަކަށް ބަންދުގައި ހުންނެވިއިރު. އަޅުގަނޑު މިނިވަން ކުރުމަށް ހަމަ އެ ކޯޓުން ޙުކުމްކުރީވެސް މި ދެންނެވި ޙާލަތަށް ބައްލަވާފަ ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެނީ. އޭގެ ފަހުން އަޅުގަނޑު ގެންދިޔައީ ބަރާބަރަށް ޑޮކްޓަރަށް ދައްކަމުން. ޑޮކްޓަރ ރިކޮމަންޑް ކުރައްވާފަ އެބަވޭ ރާއްޖޭން ބޭރުން ފަރުވާ ހޯއްދަވަން. އަދި އަޅުގަނޑުވެސް ބޭނުންވާނީ، ހިތުގެ މައްސަލަ އެއް ވީމަ، ވީ އެންމެ ރަނގަޅު ފަރުވާ އެއް ބޭރުން ހޯއްދަވަން. ނަމަވެސް އަޅުގަނޑު ރާއްޖޭން ބޭރަކަށް ނުދަން. ނުދިޔައީ، އެ ދަނީ ފިލަން ކަމަށް ރައްޔިތުންނަށް ޤަބޫލުކުރެވިދާނެތީ.". ރައީސް ޔާމީން ވިދާޅުވިއެވެ.
ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ޖޫޫރިމާނާ ކުރީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ކުށް ސާބިތު ވުމުންނެވެ. އެމަނިކުފާނު ކަފާލާތުގެ ދަށުން މިނިވަން ކުރަން ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމާފައި ވަނީ ރައީސް ޔާމީން މިނިވަން ކުރަން ނުޖެހޭ ކަމަށެވެ.
ދެން ރައީސް ޔާމީން ވެސް ހައްދަވަންވީ ގޮތަކީ ބުރުމާ ގާސިމް އަންނި ހެދިހެން ބޭރުގަ މަޑުކޮއްލައްވަންވީ ގައުމައް ވަޑައިނުގެން
ތެދެއް ބޭރައްދާތަނުން ހައްޔަރުވެސް ކޮއްފާނެ، ބަޔަކަށް ރިސްވތުދީ ނުބައި ބޭހެއްވެސް ކޮށްފާނެ. ވަﷲއައުލަމް
އަހުން އެދެނީ ޔާމިންއަށް ރަގަޅު ފަރުވާދޭން މި ގައުމަށް ރަގަޅު ޑޮކްޓަރަކު ގެންނަށް. ޔާމިން ބޭސްފަރުވާއަށް ދާން ޖެހެނީވެސް އެމްޑީޕީ ކެނޕެއިންނަށް ދަންކަންޖެހޭ ލާރިގަޑު ދެއްކުމަށްފަހު ދާތަނަކަށް ދާންވީ
ތި ނިންމެވުމަށް ތާއީދު، ކުއްލިއަކަށް ތި ހުއްދަ ދިނުމުގަ ގޯހެއްވެ ރޔ ގެ ސަލާމަތަށް ނުރައްކާވުން ގާތްނޫންކަމާމެދު ޝައްކު.
ޔާމީނު ބަދުނާމުކުރަންވެގެން ބޭރަށްފޮނުވަން އެއުޅެނީ. ޔާމީނު ފިލައިގެން ދިޔައީ ކަމައް ހަދަންވެގެން . ާބޭސްފަރުވާޔަށޭ ކިޔާފަ ފިޑިވެގެންދިޔައީ އޭ ކިޔަންވެގެން
ބޭހަށް ނުފޮނުވައި ހުއްޓާ ކަމެއް ވެއްޖިއްޔާ ކަލޭ ވަގުތު ޕޭޖަށް ވަދެ ފަންސުރު ނެގުމަށްފަހު ލިޔާނީކީކޭބާ. ޙަމަތިޔަ،މެސެޖް ލިޔާންކެރޭނެދޯ
އިހްލާސް ތެރިކަމެއް ރަނރީދޫ އެކަކުގައިގަވެސް ނުހުންނާނެ. ހަ ޖްނުވެގެން ވަގުތު ނޫހައް ވަރުބޭލިޔަސް ކެޔޮނިރަކުން އަލަގަހެއް ނުފަޅާނެ
ތިކަމުގެ އަޑީގައި ވަރަށް ބޮޑު ރެވުމެއްވެދާނެ. އިސްރާއީލުގެ ސިއްރު އެޖެންޓުންނާއިވެސް ހަވާލުކޮށްފާނެ. އިސްރާއީލާއި މިސަރުކާރާ ވަރަށް ބޮޑަށް ގުޅޭނެ.
ބޭރަށް ދާން ހުއްދަ ނުދީ ލަފާއެރުވީމަ މާނަ ވަރަށް ތަފާތު.ހުއްދަ ދިންނަމަ ދިޔައިސް ކަންނޭގެ އެކަމަކު ލަފާ އެރުވީމަ އެވީ ގޮތަކީ ކޮބާ ބާ.އަނެއް ކޮޅުން އިތުރު މައްސަލަ ބަލަނީޔޯ. އޮޅިއްޖެ.
ރޔާމީން އެއްގޮތަކަށްވެސް ސަރުކާރުގެ ހުށަހެޅުން ގަބޫލު ނުކުރާތި..ބޭރަށް ވަޑައިގަންނަވަންޏާ ރޔާމީން ވަޑައިގަންނަވާނީ އެމަނިކުފާނުގެ އިސްތިއުނާފު މަރުހަލާއިން ސާފުވެގެން..ރޔާމީނަކީ ފިޑިއެއްނޫން..ރޔާމީނައްޓަކާ އަހަރެމެން ފަޙުރުވެރިވޭ..ނިޒާމުން ގެއްލުވާލަން ސަރުކާރުން ޖަހާމަޅިއެއް..ރޔާމީން މި މަޅިފަތިން ހުޝިޔާރުވާތި..ޕޕމގެ އެއްމެހާ ސަޕޯޓަރުން ވަރަށް ހުޝިޔާރުވެތިބޭ..އަހަރެމެންގެ ރައީސާ ކުޅުނަދީގެންނުވާނެ..
ހަމަހިލާ ވަޑައިނުގަންނަވާތި ލޮބުވެތިރައީސް. ލާދީނީ ބަޔަކު ޖަހާހާ ބެރަކަށް ނަށަށް ޤާސިމާއި މައުމޫނާއި އިމްރާނާއި އިލްޔާސާއި އިޔާޒާއި މިބޭފުޅުން ތިއްބެވިޔަސް މަނިކުފާނު ހެއްލިވަޑައި ނުގަންނަވަން އާދޭހާއި އެކު ދަންނަވަން. މިޤައުމަށް ހެޔޮއެދޭ ބައެއްނޫން މިބޭޅުންނަކީ. މިހާރު ވޯޓްން ބަލިވާނެކަން ޔަޤީން ވީ. އެހެންވެ އެއުޅެނީ.
ރައީސް ޔާމީން ހުންނެވީ އިސްލާމް ދީނުގެ ދިފާއުގަ، ގައުމުގެ ދިފާއުގަ، ގައުމުގެ ރައްޔިތުންގެ ދިފާއުގަ ކެރިގެން ސާބިތުކަމާއެކީ. މީ ރައީސުންނަކީ.
ޗައިނާއިން އަދި ސައުދީއިން އެދޭ ގޮތަށް ބޯލަނބަން މަޖްބޫރުވީ.
މިސަރުކާރަށް ކުރެވުނު ކަމަކީ ރައްޔިތުބްގެ ޓެކްސްފައުސާއިން ރައްޓެހިންނަށް ބަދަލު ދެވުނީ އަދި ޕާޓީކުދިންނަށް ނުއުފުލޭވަރުގެ ޒިއްމާ އާއި ބޮޑު މުސާރަދީ ބަޖެޓް ހުސްކުރީ.
ތަރައްގީއަށް އެއްވެސް ގައުމަކުން އެގީއެއްނުވި.
ޔާމިންވެސް ދާންވީ ގޮސް ގަދަބެގެން އައިސް އަނެއްކާ ވެރިކަންކުރަންވީ
ގަޓުރައީސް ކިޔަނީ ކިޔަންވެގެން . މިކަމާ އަންނި ކަޑަވާނެކަންވެސް އެނގިހުރެ މިހެން މި ލިއުނީ . ޥަރަށް ވެދުން
ވަރުގަދަ ކަންތައްގަނޑެއް އިންޑިއާއެކު ނިންމާލަންވެގެން އެއުޅެނީ. ރައީސް ޔާމީނު ރާއްޖޭގައި ހުންނެވިއްޔާ ސަޕޯޓަރުންނަށް ހިތްވަރު ލިބިގެން އަރައިގަންނާނެކަން އެނގޭތީ. ނުލަފާކަންވެސް ހައްދުން ނެއްޓިފަ ތިބޭ ބައެއް މީ.
ވީމާ ސަރުކާރުން ރައީސް ޔާމީނާ އަޅަިގަނެގެން މި ހިންގާ ޝަރީޢަތްތަކަކީ ޙައްޤާއި އިންސާފުގެ ޒައްރެއްގެ މިންވަރުވެސް ނެތް ފަސާދައެއްކަން ތި އޮތީ ސާބިތުވެފައި! ކުށްވެރިއަކު ކީއްވެބައި ފަދަބަދަވިކަމުން ރާއްޖެއިން ބޭރަށް ފޮނުވާލަން އެ އުޅެނީ! ބުއްޅަބެޔާ ބުރުމާއާއި ޖަނގިޔާ ނާޒިމާއި ޖާބިރާއި ޖަކީ ފިލައިގެން ދިޔައީ ކުށްވެރިހާލުގައި އަދަބަށް ފިލަން! ތިހުރީ ރަގަޅު ވެރިންގެ ތަފާތު ހުރި ވަރު!
ރާއްޖެއިން ބޭރައްފޮނުވާފަ ބުނާނެ ފިލާގެންނޭ އުޅެނީ ތިމަންނަ މެން ބުނިދުވަހައް ރާއްޖެ ނައައުމުން ޕާސްޕޯޓު ކެންސަލް ކޮއްފީމޭ އެނިމުނީ މަކަރުން އެހެން ހަދަން ވެގެން އެދިޔައީ .....
އަހަތުމެންގެ ގަޓް ރައީސު ޔާމީނާއިމެދު މިގާރު އަހަރު ބިތުބޮޑުވެއްޖެ، އެމަނިކޔފާނު އަމިއްލައަށް ބޭރަށް ވަޑައިގަންނަވަން ބޭނުންވާކަމަށް ވިދާޅުނުވުމަކާއި ނުލައި ސަރުކާރުން އެމަނިކުފާނޔ ބޭރަށް ފޮނުވަންއުޅއނީ ކޮންމެވެސް ނުބައިތޭވުމެއްގެ ތެރެއިން، ފަހަރެއްގަވެދާނެ އެމަނިކުފާނަށް އަބަދަށް މިގައުމަށް ނައާދެވޭގޮތްހަދަން ނުބައި ރޭވުމަކުން ނުވަތަމަރާލަން ވެގެން،، ސަބަބަކީ އެމަނިކުފާނަށް ރައްޔިތުންގެމެދުގައި ތާއިދު
އެހެން މީހުން ތެޅި ފޮޅުނީ ބޭރަށް ދާން ވެގެން. އެއެއްޗެކޭ މިއެއްޗެކޭ ކިޔާފަސެޓިފިކެޓުތައް ހުށަހަޅާ ބޭރުގެ ޕްރެޝަރ ކުރިމަތި ކުރުވީ. އެކަމަކު ރައީސް ޔާމީނަށް ސަރުކާރުން ހުށަހެޅުއްވީމާވެސް އެވަރަކުން ބޭރަށް ވަޑައިގަންނަވަން ބޭނުންފުޅެއް ނުވި "ވަރަށް ތަފާތު"
ރައީސް ޔާމީން ޖަލުގައި ހުންނެވިޔަސް މިވެރިންނަށް ކައުންސިލު އިންތިޚާބު ނުކުރެވޭނެތީ ފޮނުވާލަން އެ ވިއްދަނީ...
ގަބޫލު ކުރުމާއި ނުކުރުން ބިނާވެފައި އޮންނަނީ އެބައެއްގެ ފިކުރުގެ މައްޗަށް ، މިގައުމު ދުއް އެންމެ ވަރުގަދަ ލީޑަރަކީ ހަގީގަތުގައި ވެސް ރ ޔާމީން ، 5 އަހަރު 1825 ދުވަސް ތެރޭގައި މިގައުމަށް ގެނާ ތަރައްގީ ގުނާ އަދަދެއް ނުކުރެވޭ! ، ރީދޫ ކުދިން އެބުނާ ވ ކޮށްގެން ވެސް ތަރައްގީ ކުރި ، ހެޔޮވެރިކަމުގައި ކަންޒް ކަހަނބު ބަލަން ދާހެން ވަގުތު ބޭކާރެއް ނުކުރޭ! ، އޮބާމާ ވެގެން ފޮޓޯ އެއް ނުނަން ގާ ، ޑޭ ވަން ނުން ފެށިގެން އުޅުއްވީ ގައުމަށް ކަމެއް ކުރެވޭތޯ ، ފުޅައް ބުޑުން ދަންޔާ ހަސަނަށް ހީވާނީ ކެޔޮގަނޑު ކަޑާހެނޭ ބުނާހެން، ހުސް ވަގުން ، ވަގުނޫން ވެރިޔަކު ނެތް ، ނާސިރެއް، މޫންބެއެއް، އިސްތިއުފާއެއް،.ވަހިއްޓެއެއް ، ސޯބެއެއް ކިޔާނެ ކަމެއް ނެތް ހައްތަހާ ވެސް އެކައްޗެއް ، ކެޔޮކޭވަރު އެނގޭނީ ބިތު ފަންގި ނެގީމަ ، ދެއްތޯ!!! ނަން މިވަނީ ޔާންޓޭ ކިހާ މަޖާ،،
އަހަރުމެންގެ ގަޓުރައީސު ޔާމީނާއިމެދު މޖާހިލު ސަރުކާރުން ކަންކުރާ ގޮތާއިމެދު ބިރުބޮޑުވެއްޖެ، އެމަނިކުފާނު އަމިއްލައަށް ބޭރަށް ވަޑައިގަންނަވަން އެދިފައި ނުވާއިރު ސަރުކާރުން އެމަނިކުފާނު ބޭރަށް ފޮނުވަންއުޅެނީ ކޮންމެވެސް ނުބައިތޭވުމެއްގެ ތެރެއިން، ފަހަރެއްގަވެދާނެ އެމަނިކުފާނަށް އަބަދަށް މިގައުމަށް ނައާދެވޭގޮތްހަދަން ނުވަތަ އެމަނިކުފާނު މަރާލަން ވެގެން،، ސަބަބަކީ އެމަނިކުފާނަށް ރައްޔިތުންގެމެދުގައި އޮތްތާއިދު ދުހުންދުވަހަކަށް އިތުރުވަމުންދާ ބޮޑުކަން ފެނިއެވެ، އަދި އެމަނިކުފާނު ގައުމުގައި ހުންނެވިއްޔާ އަދިވެސް ރައީސުކަމަށް އަރާނެކަންވެސް ބުއްޅަބޭމެންނަށް ޔަގީންވާތީއެވެ. އެމްޑީޕ ވެރިކަން ހޯދާފައިވަނީވެސް މަކަރުހަދައި އެތައްހާސް ރައްޔިތުންގެ ޙައްޤު ނިގުޅައިގެންފައި ވިއްޔާ.
ގަބޫލު ކުރުމާއި ނުކުރުން ބިނާވެފައި އޮންނަނީ އެބައެއްގެ ފިކުރުގެ މައްޗަށް ، މިގައުމު ދުއް އެންމެ ވަރުގަދަ ލީޑަރަކީ ހަގީގަތުގައި ވެސް ރ ޔާމީން ، 5 އަހަރު 1825 ދުވަސް ތެރޭގައި މިގައުމަށް ގެނާ ތަރައްގީ ގުނާ އަދަދެއް ނުކުރެވޭ ، ރީދޫ ކުދިން އެބުނާ ވ ކޮށްގެން ވެސް ތަރައްގީ ކުރި ، ހެޔޮވެރިކަމުގައި ކަންޒް ކަހަނބު ބަލަން ދައުލަތުގެ ތިޖޫރިން ބައި އަނައެއް ވެސް ނުނަގާ ، އޮބާމާ ވެގެން ފޮޓޯ އެއް ނުނަން ގާ ، ޑޭ ވަން ނުން ފެށިގެން އުޅުއްވީ ގައުމަށް ކަމެއް ކުރެވޭތޯ ، ފުޅައް ބުޑުން ދަންޔާ ހަސަނަށް ހީވާނީ ކެޔޮގަނޑު ކަޑާހެނޭ ބުނާހެން ، ހުސް ވަގުން ، ވަގުނޫން ވެރިޔަކު ނެތް ، ނާސިރެއް، މޫންބެއެއް، އިސްތިއުފާއެއް،.ވަހިއްޓެއެއް ، ހައްތަހާ ވެސް އެކައްޗެއް ، ކެޔޮމޭވަރު އެނގޭނީ ބިތު ފަންގި ނެގީމަ ، ދެއްތޯ!!! އެމަމަކު ނަން ވަނީ ޔާންޓޭ... ހެހެހެ
ރައީސް ޔާމީން ބޭނުންވަނީ އެފަދަ ޓެސްޓުތަށް ހެދޭނެ ފެސިލިޓީސް ރާއްޖޭގަ ގާއިމު ކުރުވަން. ފަހުން އޭރުން ރައީތުންނަށް ވެސް އެ ހިދުމަތް ލިބޭނެތީ
ޔާމީނަށް ޖަލުޚުކުމް އިއްވީމަވެސް އެނގުނު ދުވަސްކޮޅެއްގަ ރައްޔިތުންނަށް ގޮތް ދައްކާލަން ޖަލުގަ ބަހައްޓާލާފައި ބޭރަށް ފޮނުވާލާނެކަން، އެއީ މިރާއްޖޭގައި ވެރިކަން ކުރާ ހުރިހާ މިހުން ރާވައިގެން ޤައުމު ދަވާލަން ކުޅޭ ގޭމެއް، ވެރިމުގައި ހުރެވޭނީ އެއިރަކު ރައްޔިތުންގެ ތާޢީދު އޮތް މީހަކަށް އެކަމަކު ޤައުމު ދަވާލައިގެން ބައިއަޅާނީ ވެރިކަންކުރާ އަދި ވެރިކަން ކޮށްފައިތިބި އެންމެންނަށް.
ރައްޔިތުން ވަރަށް ބޮޑަށް ހޭލާތިބެން އެބަޖެޖޭ ރައްޔިތުންނަށް އަވާމެންދުރު ދައްކާ މީހުންނާ މެދު ވަރަށް ބޮޑަށް ވިސްނަން އެބަޖެހޭ
އަހަރެމެންގެ ރައީސަކީ ގަހޓް ރައީސެއް ﷲއިރާދަކުރެއްވިއްޔާ އެމަނިކުފާނު ފުރިހަމަ ސިއްޙަތުގަ ދިގުޢުމުރެއްގަ ލަހައްޓަވާނެ
ގައުމު ތަރައްގީގެއާ އުސްމިނަކަށް ގެންގޮސް ރައްޔިތުންގެ ހެވާލާބަ އަށް ކޮށް ދެއްވި މަސައްކަތައް އަޅުގަނޑުގެ އަމިއްލަ ނަމުގައި ޝުކުރު އަދާކުރަން ޓިބޭފުޅާއަކީ ނަމްބަރ1 ރައިސް އެކަމަކު ކޮންމެ ގައުމެއްގައިވެސް ފައިސާއަށް ވިކޭ ޢަދަރު ވެރިން ތިބޭ އެކަހަލަ ޢައްދާރުން ގެ ސަބަބުން މަނިކުފާނު ޖަލުގައި އޮންނަވަން ޖެހޭތީ ހިތާމަކުރަން އަޅުގަނޑު އަބަދުވެސް ރައިސް ޔާމީން އަށް ﷲ ރަހުމަތް ލެއްވުމަށް އެދި ދުއާކުރާނަން ތީ އަޅުގަނޑުގެ ބިގް ބްރާދާރ ގޮތުގައި ދެކެން ވަރަށް ލޯބިވޭ އަޅުގަނޑުގެ ވިސްނުން އެކަކަށްވެސް ނުގަނެވޭނެ މީ ހިތުގެ އަޑިން ކުރާވައުދެއް
ޔާމީން، ފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވަން ޑޮކްޓަރުން ލަފާދީފި ނަމަވެސް މަމެން އެކަމެއް ގަބޫލެއް ނުކުރާނަމޭ
ކޮބާ ހުންނާނެ މިހާރު ތަމެންނަށް ރަނގަޅަށް ރާކަނި މަސްކެވިފައޭ މަމެން ބުނަންނެތީމޭ ތަމެން ކޮމިއުނިކޭޝަން ކަޓޭ މެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ...
ސާބަހޭ ރައީސް ޔާމިން ތީ ފިސާތި ހިތްވަރު ގަދަ ރައީސެއް...
މަމެންގެ ގަޓް ރައީސް އާއި ތަމެން ކުޅެލުމުން ތަމެންގެ ބޮލުން ދުން އަރާވަރު މިފަހަރު ކުރާނަމޭ މެލޭސިއާގެ ބޮޑު ވަޒީރު ކަމުން މަހާތީރު ވެސް ޖެހުނީ އިސްތިއުފާ ދީފައި ގެއަށް ކަނޑާލަން ނޫންތޭ ތަމެންނަށް ވެސް ވާނީ އެވަރޭ ދެން ތަމެން ދެން ރަށަށް ދޭބަލަ ރަށަށް ރަށަށް ރަށަށް ދޭބަލަ...
ތަމެން ހާސް ހުށައެޅުން ހުށައެޅި ނަމަވެސް ގަބޫލުކުރާނެ ގޮތެއްް ނޯންނާނެއޭ މީ މަމެން ޕިންކީންގެ ގަޓް ރައީސޭ ތަމެންނަށް ދެން ކުރެވޭނެ ކަމެއް އަދި ކުރާނެ ކަމެއް ނޯންނާނެއޭ ހަމަ ޖެހޭނީ ދޫކޮށްލަންއޭ ދޫނުކޮށްދާނީ ކޮންތާކަށްތޭ ވަށައިގެން ކަނޑުވިއްޔާ އޮތީ ދޯ...
ކޮން ހުށައެޅުމެއްތޭ އެއްވެސް ހުށައެޅުމެއް ނޯންނާނެއޭ އިނގޭތޭ ހަމަ މިހާރުން މިހާރަށް މަމެންގެ ގަޓް ރައީސް ދޫކޮށްލަންވީއޭ މީގައި އޮވެގެން ނުވާނެއޭ އިތުރު އެއްވެސް ޗޮއިސް އެއްވެސް އަދި އިތުރު އެކްސްކިއުޒެއް ވެސް މިމަގުން މިކަން ހިނގަން ޖެހޭނެއޭ އެނިމުނީއޭ ޗެޕްޓަރ ކްލޯސްޑް...
މިއީ ހިތްތަކުގެ ގައުމީވަންތަ ރައީސް.ގުޑުވާނުލެވުނު ތަރައްޤީގެ ބާނީ.ސާބަހޭ ރައީސް.ހަމަ ހުވާ މަށަށް ރޮވިއްޖެ.މަނިކުފާނަށް ގަޓް ރައީސް ކިޔަނީ ކިޔަންވެގެން.ބަޔަކު މަނިކުފާނުދެކެ ދިވެހިރައްޔިތުންވާ ލޯބި ކަފުންކޮށްލަން އުޅުނަސް އިންޝާﷲ އެކަމެއްނުވާނެ.އަދި މަނިކުފާނު މި ގައުމުގެ ވެރިކަންކުރާތަން ބެލުމަށްވުރެ ބޮޑަށް އެދޭ އެދުމެއްނެތް.މާތްﷲ އެ ގޮތްމިންވަރުކުރައްވާށި.އާމީން
ތީވަރަށްމޮޅުގޮތެއް. ރައްޔިތުންގެ ފައިސާ ކާނެވަރަކަށްކައިފައި ބޭރަށްފުރުވާލީމާ ނިމުނީ. މީދޯ އެމް.ޑީ.ޕީ ގެ ފަލްސަފާއަކީ މީދޯ.
ނުދާން އުޅުނަސް ގަދަކަމުން ވެސް ފޮނުވާލެވޭތޯ! ބޮލުގަ ދޮގު ބަދުނާމު އަޅުވައިގެން ސަލާމަތް ނުވީމަ މިހާރު އިންޑިޔާއަށް ބޭސްފަރުވާއަށޭ ކިޔާފަ ފޮނުވާލާފަ ދެން ރާއްޖެ އަޔަ ނުދޭން!
ޔާމީނު ނޫޅޭ ގޮނޑިދުއްވަން ލަންޑަންއަށް ދާކަށް! އާޓު ޖައްސާ ކޯޓު ބޭރުގަ ފުރޮޅޭކަށެ! އަދި ކޯޓުތެރެއަށް އަނބުރައިގަނެެގެން ވެއްޓޭކަށެ! ޔާމީން އަކީ ހަމަ އިބުރާހިމު ނާޞިރު ފަދަ ޤައުމީ ބަޠަލެއް!
ކޮރޯނާ ވައިރަސް އުޅޭތީ ނުދާންވެގެން އަސްލު އެއުޅެނީ.
އެއްކައުވަންތަ އިލާޙު އަޅަމެންގެ މިގަަައުނމާ ޢިސްލާނދީން ސަލާމެއް ކޮއްދެއްވާދޭ،،،
އާމީން!!!
އާމީން
އާމީން
ގަޓް ރައީސް ކިޔަނީ ކަމެއް ވެގެން.