ސަރުކާރު ހިންގާ ކޯލިޝަންގެ ބައިވެރިން ތިބީ "ނުތަނަވަސް ކައިވެންޏެއް ކޮށްގެން" ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ މިރޭ "ސަންގް ޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.

އުމަރު ވިދާޅުވީ ކޯލިޝަން ރޫޅާލަން އުޅެނީ ރައްޔިތުންގެ މަޖިލިސް ރައީސް ކަމަށާއި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ކޯލިޝަންގެ ލީޑަރުންގެ ގައިގަ ލެގިވަޑައިގެން ހުންނަވައިގެން ނޫންގޮތަކަށް ވެރިކަން ކުރެއްވެވެން ނެތް ކަމަށެވެ. އެއީ ރައީސް ޞާލިހްގެ ސިޔާސީ ބާރުވެރިކަން ނެތުމުގެ ސަބަބުންނާއި، ރައީސް ނަޝީދު ފަހުން ރައީސް ޞާލިހާއި ދެކޮޅު ވާނެތީ ކަމަށެވެ.

"އިބްރާހިމް މުހައްމަދު ޞާލިހް މިހުންނަވަނީ ކޯލިޝަންގެ ބޭފުޅުންގެ ގައިގަ ލެގިގެން. ރައީސް ޞާލިހް ބޭނުންވޭ ގާސިމް ގައިގަ އާއި މައުމޫންގެ ގައިގަ އާއި އިމްރާން ގައިގަ ލެގިގެން ހުންނަން. އެބޭފުޅުންނަށް ވެސް މިއަދު ރަނގަޅީ އެގޮތް. އެއީ އެބޭފުޅުންނަށް ނެތް އޮޕޮޒިޝަނަށް ނިކުމެވޭކަށް. ދައުރުގައި ވަރަށް ގިނަ ދުވަސްތަކެއް އަދި ބާކީ އޮތުމުން މައުމޫނާއި، ގާސިމާއި އަދި އިމްރާނަށް ވެސް ރަނގަޅީ މިވަގުތު ކޯލިޝަންގައި ތިބުން." އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އިންތިޚާބަށް ގާތްގަނޑަކަށް އެއްއަހަރަށް ކައިރިވާއިރު ކޯލިޝަންގެ ބައިވެރިން އިބްރާހިމް މުހައްމަދު ޞާލިހް ދޫކޮށްލާފައި ދާނެ ކަމަށާއި ދެން އަންނާނީ "ނަޝީދު ކުޅޭނެ ވަގުތު" ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އެމްޑީޕީގެ ލީޑާޝިޕަށް އިބްރާހިމް މުހައްމަދު ޞާލިހް ބޭނުންފުޅުވާނަމަ ނަޝީދު ޖެހޭނީ އެމްޑީޕީން ބޭރުވާން ކަމަށެވެ. 2023 ވަނަ އަހަރު ދެ އެމްޑީޕީ އޮންނާނެ ކަމަށާއި އެއިން އެއް އެމްޑީޕީ ލީޑް ކުރައްވާނީ ރައީސް ޞާލިހް ކަމަށް އުމަރު ވިދާޅުވިއެވެ. އަދި އަނެއް އެމްޑީޕީ ލީޑް ކުރައްވާނީ ނަޝީދު ކަމަށް އޭނާ ވިދާޅުވިއެވެ.

އުމަރު މިރޭ ވިދާޅުވީ މިހާރު މައުމޫނާއި ގާސިމްގެ މަގުބޫލްކަން ދަށްވެއްޖެ ކަމަށާއި އަދި އަދާލަތުގެ މަގުބޫލްކަމެއް އެއްވެސް ވަރަކަށް ނެތް ކަމަށެވެ.

"ރައީސް މައުމޫންގެ މަގުބޫލްކަން ދަށްވެއްޖެ. ގާސިމްގެ މަގުބޫލްކަން ދަށްވެއްޖެ. އަދާލަތުގެ މަގުބޫލްކަމެއް ނެތް. މިއިން އެއްވެސް ބޭފުޅެއްގެ ކުރީގެ ބަރުދަނެއް ނެތް. އޭގެ ހުރިހާ ފައިދާއެއް ވީވެސް އެމްޑީޕީއަށް. ގިނަ ބަޔަކު ދިޔައީ އެމްޑީޕީ އަށް. ކުރީގެ ރައީސް މައުމޫނެއް ނޫން މިއަދު ފެންނަނީކީ. މައުމޫނުގެ 90 އިންސައްތަ ބުރަދަށް ދަށް ވެއްޖެ. ގާސިމްގެ 50 އިންސައްތަ ދަށް. އެއީ ކޯލިޝަންތަކާއި އެކު މަސައްކަތް ކުރުމުގެ ނަތީޖާ." އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ މިހާރު ފެންނަމުން ދަނީ ޑަބަލް ސްޓޭޓެއް ކަމަށާއި މިއޮތީ އަމިއްލަ އަށް ބޮޑުވަޒީރު ކަމަށް އިސްވެގެން ހުންނަވާ ބޭފުޅެއްގެ ވެރިކަމަކާއި ރައީސުލްޖުމްހޫރިއްޔާގެ ވެރިކަން ކަމަށެވެ. ދެބޭފުޅުންގެ ދެމެދުގައ ނުފެންނަ ހަނގުރާމައެއް ކުރެވެމުންދާ ކަމަށް އުމަރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން ސަރުކާރު ހިންގުމުގެ ބާރުގެ ތެރެއަށް ވަންނަކަން ފާހަގަކޮށް އުމަރު މިސާލެއްގެ ގޮތުގައި ނެންގެވީ ޓީއެމްއޭގެ މައްސަލައެވެ.

"ޓީއެމްއޭގެ މައްސަލަ ވަރަށް ފަހުން މިފެނުނީ. ޓާމިނަލް އަގު ކަނޑައެޅުމާއި ކަންކަމަކީ ރައްޔިތުންގެ މަޖިލީހާއި ބެހޭ ކަމެއް ނޫން. އެއީ ސަރުކާރުން ކުރަން ޖެހޭ ކަމެއް. ނަމަވެސް ފެނިގެން ދިޔައީ އޭގެ ތެރެއަށް ރައްޔިތުންގެ މަޖިލީހުން ވަދެ އަގު ކަނޑައެޅިގެން ދިޔަތަން." އުމަރު ވިދާޅުވިއެވެ.

ސަރުކާރުގެ ކަންކަން ކުރިއަށްދާވަރު ލަސްކަން ފާހަގަކޮށް އުމަރު ވިދާޅުވީ މިސަރުކާރު މިހިނގަނީ "ދެވަނަ ގިއަރުގައި" ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މުހަމަދުސައީދު

    އުމަރުއެވިދާޅުވީވަރަށްބޮޑުތެދުހަގީތްގަތެއް މިއީހަމަސަތޭކައިންސަތޭކައިވާހަކައެއް މިހާރުއެއޮތީތް ހުރިހާސިޔާސީޕާޓީތްގެ އަގު ރަށްއިތުންގެކުރިމްތީވެއްޓިފައި އެއަކުނެއް އެއްވެސްސަކެއް

    27
    2
  2. އާދިލް

    މިދިޔަ ރިޔާސީ އިންތިހާބުގައި އެމް.ޑީ.ޕީ އާއި އެކު ވަޖިދު ނުވެ ހުންނެވި ހަމައެކަނި ލީޑަރަކީ އުމަރު. ނަމަވެސް ރައީސް ޔާމީނަށް ނުހައްގުން ޝަރީއަތް ކުރެވި ޖަލަށްލެވުނު މައްސަލައިގައި އުމަރު ހަނު ހުންނެވުމުން ގަބޫލު ކުރެވެނީ އުމަރަކީ އިންސާފުގެ ކަންކަން ރަގަޅަށް ފިލާފައިނުވާ މީހެއްކަން. ނަމަވެސް ތިޔަ ދައްކަވަނީ ރަގަޅު ވާހަކަ. އިންޝާﷲ ގައުމު ބަނގުރޫޓުކޮށްލުމުގައި އުމަރު ބައިވެރިވުން ނެތްކަން މިއީ ވަރަށް އުފާވާކަމެއް.

    25
    1
  3. އަޙްމަދު ސަޢީދު

    ކައިވެންޏަކީ އަންހެނަކާއި ފިރިހެނަކު އަނތްބަކާއި ފިރިއެއްގެ ގޮތުގައި ދިރިއުޅުމަށް ދީނީ ހަމަތަކެއްގެ މަތިން އެދެމީހުން ގުޅުވައިދޭ ގުޅުވައިދިނުން. މިއީ ޝައްކެއްނެތް ގޮތުގައި އެނޫންގޮތަކަށް މާނަކުރެވޭ ބަހެއް ނޫން. އެހެންވީމާ، މިމަތިވެރި ގުޅުމަށް ދިވެހިބަހުގައި އޮންނަ "ކައިވެނި" ސިޔާސީ މީހުން އެބައިމީހުންގެ ފިކުރުތައް މީހުންނަށް ކިޔައި ދިނުމުގައި އެއްޕާޓީ އަނެއް ޕާޓީއަކާ ކައިވެނިކޮށްފިއޭ ނުވަތަ އިނދެފިއޭ ވަރިކޮށްފިއޭ ކިޔާފައި އަޅުގަޑުމެންގެ ޅަދަރިންނަށް ދީނުގައި އޮންނަ މިމަތިވެރި ގުޅުން އާދެ ކައިވެންޏަކީ ކޮންއެއްޗެއްކަން ވެސް ނޭގި މަގު ފުރެދިގެންދާ ގޮތަށް ބަސްމަގު ބެހެއްޓުމަކީ އަޅުގަނޑު ދިވެހި މުސްލިމު ރައްޔިތެއްގެ ހައިސިއްޔަތުން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާ ކަމެއް އަދި އެގޮތަށް ބަސްމަގު ނުބެހެއްޓުމަށް ނަސޭހަތްތެރިވެ އަޅުގަނޑުގެ ފަރުދީ ޒިންމާ އަދާ ކުރެވިއްޖެ ކަމުގެ ހިތްހަމަޖެހުން ލިބިގަންނަން.

    7
    25
    • ދާލ

      ކަލެއަށް ތިޔައޮތީ ފަރުޖުގެ ޒިންމާ އަދާކުރެވިފަ ދެން އުފަލުން މޮޔަގޮވަނީ

      11
      4
    • ސަޢީދޫ

      ރީދޫހުން ޖެހުނަސް ތިއީ ބޮޑުވަރު. ކޮންމެ އެއްޗެއް ކިޔާގެންވެސް ލާދީނީ އެކުވެރިން ހިމާޔަތްކުރާނެ. އުމަރު ބޭނުން އެކުރަނީ މިސާލެއް. ކޯލިޝަންގެ ގުޅުންއޮތީ ނުތަނަވަސް ކައިވެންޏެއްހެންނޭ ވިދާޅުވީ. ކޮބާ މައްސަލައަކީ؟

  4. މުޙައްމަދުދީދީ

    ރައްޔިތުން އުމަރު ބަލައިގަންޖެހޭ އެއްވެސް ސިފައެއް އުމަރުގެ ކިބަޔަކުނެތް އަބަދުވެސް ފެންނަނީ ތިމާވަރު މީހަކުނެތްކަމަށް ހެދިގެން އުޅޭތަން ހުދުވަލެއްގެ ވާހަކައާއި ތިމާގެ މޮޅުވާހަކަ އަބަދު ދައްކާއިރު ތިބާގެ ފަސްބާގެ ކިލަނބުކަމުގެ ވާހަކަވެސް ދައްކަންޖެހޭ، ރައްޔިތުންނަށް ޚިދުމަތްދޭ މުއައްސަސާ އެއްގައި މަސައްކަތް ކުރެއްވިއިރު ކަންތައްކުރެއްވި މުޑުދާރުކަން ހަދުމަ ހުންނަންވެސް ޖެހޭ، ވަރަށްގާތުން ސިފައިންގެ ސަފުތެރޭން އަޅުގަނޑަށް އުމަރު ދަސްވެފައިވޭ އޭނައަކީ އެވަރުގެ ޝަހުސިއްޔަތެއްނޫން، ކޮންމެ ކުލައަކުން އުމަރު ނިކުތަސް ގައުމުގެ ވަލީއްޔުލް އަމުރުގެ މަގާމަށް އެބޭފުޅާ ގެންނަން ހެޔޮނުވާނެ

    44
    4
  5. ތުވާ

    ފާޅުގަ ކެއީމަ ހުކުމެއް އައީ.... ޔާމީނުވެސް ބައެއްކަންކަން ބާރުގެ ބޭނުންކުރީ. އަދުލު އިންސާފު ނެތީ އެބެއިވެސް

    3
    19
    • ޞވގހސ

      ޙޫމް ކަލެ އައް ބޮޑަށް އެނގެނީ

  6. ......

    މަށަށް ފެންނަނީ އުމަރަށް ގޮތް ބަލާލަން ވެރިކަން ހަވާލު ކުރަން....ގިނަ ބައެއް ކެމްޕޭނަކާނުލާ އުމަރަށް ތާއީދު ކުރާކަމީ އަހަރެންދަންނަ ހަގީގަތެއް...

    6
    1
  7. ލައިސް

    މި ތިބެނީ ތިޔަ ފުޅާ ކޯޅޭސަނުން މައުމޫނު ފޮޅާލާނޭ ދުވަހެއްގެ އިންތިޒާރުގައެވެ. އެދުވަހަކީ އަހުރެމެންގެ ޢީދެއްކަމުގައި ހަދާނަމެވެ.

  8. ލޮލްލް

    ޕިސްޕިސް މީނައާ ބެހިލާނެ މީހަކުވެސް ނުވަނީ ދޯ

    3
    2
  9. ިދިވެހި މީހާ

    މީނަމީ ދެންކާކު މިހާޜު މީނަދަޙްކާ ވާަހަކަ ގަބޫލުކުރާނެ މީހަކު މިއުޑުދަޟަކުނެތް

    1
    1