މި ބްލޮގްގައި ޝެއާ ކުރަމުން ގެންދާނީ ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ "ކޮވިޑް-19" އާއި ގުޅުންހުރި އެންމެ ފަހުގެ ޚަބަރުތަކާއި ދުނިޔެ އާއި ރާއްޖެ އިން ފާހަގަ ކުރެވޭ ޚަބަރުތަކާއި ޚަބަރުތަކުގެ ތަފްސީލެވެ.


00:08

ފްރާންސުން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. މިހާރު ފްރާންސުން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 18 އަށް އަރާފައި.

23:39

23:32

އިޓަލީވިލާތަށާއި ޖަޕާނަށް ދަތުރު ނުކުރަން ސައުދީ އަރަބިއްޔާ އިން އެގައުމުގެ ރައްޔިތުންނަށް އަންގައިފި.

23:16

ފިންލޭންޑުން ކޮވިޑް-19 އަށް ދެވަނަ މީހަކު ޕޮޒިޓިވް ވެއްޖެ.

23:13

22:57

އިޓަލީވިލާތުން އިތުރު 17 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. އިޓަލީވިލާތުން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 400 އަށް އަރާފައި.

21:54

އިޓަލީވިލާތުން އިތުރު އަށް މީހަކު އަނެއްކާވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. މިހާތަނަށް އިޓަލީވިލާތުން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ މިހާރު ވަނީ 383 އަށް އަރާފައި.

21:52

21:26

21:19

ހެލްތު މިނިސްޓަރ: ކަރަންޓީން ކޮށްފައިވާ ދެ ދިވެހިންނަކީ ބެއިޖިން އިން އައި ދެމީހުން.

21:11

21:10

21:05

ހެލްތު މިނިސްޓަރ: އީރާނުންނާއި، އީރާން މެދުވެރިކޮށް މީހުން އައުން މެދުކަނޑާލަން ނިންމައިފިން.

21:04

ހެލްތު މިނިސްޓަރ އަމީން: ކްރޫޒްލައިނާތައް ރާއްޖެ އައުން މެދުކަނޑާލަން ސަރުކާރުން ނިންމައިފި.

20:58

ޖަރުމަންވިލާތުން ވެސް ވަނީ އިތުރު ދެމީހަކު ކޮވިޑް-19 އަށް ޕޮޮޒިޓިވްވެފައި.

20:57

ލުބުނާނުން ދެވަނަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ އީރާނުން ލުބުނާނަށް ދިޔަ މީހެއް. އޭނާ މިހާރު ވަނީ ކަރަންޓީން ކޮށްފައި.

19:45

18:55

18:52


ސްޕެއިން އާއި ކެނެޑާ އިންވެސް އިތުރު މީހަކު ވަނީ ޕޮސިޓިވް ވެފަ.

18:50

ސިންގަޕޫރުން އިތުރު ދެމީހަކު ވައިރަސް އަށް ޕޮސިޓިވް ވެއްޖެ. މިހާރު އެ ގައުމުން ވަނީ 93 މީހަކު ޕޮސިޓިވް ވެފަ.

18:16

17:41

ސަޕެއިން އިން އިތުރު މީހަކު ވައިރަސް އަށް ޕޮސިޓިވް ވެއްޖެ. މިހާރު އެ ގައުމުން ޖުމްލަ 11 މީހަކު ވަނީ ޕޮސިޓިވް ވެފަ.

17:08

16:53

ކުވެއިތުން އަނެއްކާވެސް އިތުރު 6 މީހަކު ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެ. މިއާއިއެކު އެ ގައުމުން ޕޮސިޓިވް ވި މީހުންގެ އަދަދު ވަނީ 25ށް އަރާފަ.

16:18

16:17

16:17

15:21

އިރާނުން އިތުރު 33 މީހަކަށް ކޮވިޑް-19 ޖެހިއްޖެ. އެ ގައުމުގައި މިހާތަނަށް 139 މީހަކަށް ބަލި ޖެހިފައި.

15:20

ކުވައިތުން އިތުރު ހަ މީހަކު ޕޮޒިޓިވްވެއްޖެ. މިހާރު އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 19 އަށް އަރާފައި.

15:19

އޮސްޓްރޭލިއާ އިން އިތުރު އެކަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ. މިހާރު އެ ގައުމުން އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 23 އަށް އަރާފައި.

15:18

ހޮންގކޮންގ އިން އިތުރު 4 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ މިހާރު އެ ގައުމުގައި މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 89 އަށް އަރާފައި.

14:59

14:37

އިޓަލީ އިން އިތުރު 32 މީހަކު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައި. މިހާތަނަށް އެ ގައުމުގައި މި ބަލި ޖެހުނު މީހުންގެ އަދަދު 357 އަށް ވަނީ އަރާފައި.

14:37

ސްޕެއިން އިން މި ބަލި ޖެހިގެން އިތުރު އެކަކު ޕޮޒިޓިވްވި އިރު، މިހާތަނަށް އެ ގައުމުގައި ބަލި ޖެހިފައި ވަނީ 10 މީހުންނަށް.

14:36

ފްރާންސުން އިތުރު ތިން މީހަކު ކޮވިޑް-19 އަށްު ޕޮޒިޓިވްވެއްޖެ. އެހެންކަމުން އެ ގައުމުން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 17 އަށް އަރާފައި. އަދި އިތުރު އެއް މަރާއެކު، އެ ގައުމުން މި ބަލީގައި މިހާތަނަށް ދެ މީހަކު ވަނީ މަރުވެފައި.

14:04

ކްރޮއޭޝިއާ އިން މި ބައްޔަށް އިތުރު މީހަކު ވަނީ ޕޮޒިޓިވްވެފައި. މި ބަލި އެ ގައުމުގައި ޖެހިގެން ދެ މީހަކު މިހާތަނަށް ރިޕޯޓުކޮށްފައިވޭ.

14:04

ކުވެއިތުން އިތުރު އެކަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި. މިހާތަނަށް އެ ގައުމުން 12 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައި.

14:03

ބަހްރޭނުން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައި. އެ ގައުމުގައި މިހާތަނަށް 26 މީހަކު ވަނީ ޕޮޒިޓިވްވެފައި.

14:01

އިޓަލީ އިން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ. އެ ގައުމުގައި މިހާތަނަށް 325 މީހުންނަށް ބަލި ޖެހިފައިވޭ.

14:01

ޖަޕާނުން އިތުރު 11 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ. މި ބަލި ޖެހިގެން ޖަޕާނުން ވަނީ އެކަކު މަރުވެފައި. ޖަޕާނުގައި މިހާތަނަށް 172 މީހުންނަށް ބަލި ޖެހި ދެ މީހަކު ވަނީ މަރުވެފައި.

13:57

ދެކުނު ކޮރެއާ އިން އިތުރު 115 މީހަކު ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެއްޖެ. އެހެންވެ، މިހާތަނަށް އެ ގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1،261 އަށް އަރާފައި.

13:50

13:50

13:50

13:04

13:03

12:22

12:04

ޓައިވާނުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 32 އަށް އަރައިފި.

12:03

މުޅި ގައުމަށް ކޮވިޑް-19 ފެތުރިގެން ހިނގައިދާނެ ކަމަށް އީރާނުން ބުނެފި. އީރާނުން ބުނީ މާޗް 20 ގައި ފަށާ "ޕާސިއަން" އާއަހަރުގެ ކުރިން ވައިރަސް ކޮންޓްރޯލް ކުރަން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް.

11:53

އީރާނާއި ދެމެދު ކުރާ ފްލައިޓް ދަތުރުތައް ކަޒަކިސްތާނުން ހުއްޓާލައިފި.

10:42

10:34

10:28

ތައިލެންޑުން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. މިހާރު އެގައުމުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 40 އަށް އަރާފައި.

10:05

އީރާނާއި ދެކުނު ކޮރެއާ އިން ވެސް ކޮވިޑް-19 ޖެހިގެން އިތުރު އެކަކު މަރުވެއްޖެ. އީރާނުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 16 އަށް އަރާފައި. އަދި ދެކުނު ކޮރެއާ އިން މަރުވި މީހުންގެ އަދަދު ވަނީ 12 އަށް އަރާފައި.

09:59

09:33

09:13

ކުވޭތުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް އަރައިފި.

08:21

01:00

00:27

އިޓަލީވިލާތުން އަނެއްކާވެސް އިތުރު މީހަކު މަރުވެއްޖެ. އެގައުމުން މަރުވި މީހުންގެ އަދަދު މިހާރު 11 އަށް އަރާފައި.

ކޮވިޑް-19 ދުނިޔެއަށް ވަރަށް ބޮޑަށް ފެތުރިދާނެ ކަމަށް ލަފާކުރެވޭތީ، ބޮޑު ރޯގާއަކަށް ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ތައްޔާރުވެ ތިބުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން މިއަދު ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މިއަދު ވަނީ 2700 ފަހަނައަޅައި ގޮސްފައެވެ. ދެކުނު ކޮރެއާ އިން ބަލި ޖެހުނު މީހުންގެ އަދަދު 970 އަށް ވުރެ މިހާރު ވަނީ އިތުރު ވެފައެވެ. އިޓަލީވިލާތާއި އީރާންގައި ވެސް ހަލުވިކަމާއި އެކު ބަލި އަންނަނީ ފެތުރެމުންނެވެ.

ދުނިޔޭގެ މަސްރަހުން މިއަދު ފާހަގަ ކުރެވުނު އެހެން ޚަބަރުތަކަށް ބަލާއިރު މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް މިއަދު ވަނީ އަވަހާރަވެފައެވެ.

މުސްލިމުންގެ ރަށްވެހިކަން ގެއްލުވާލަން އިންޑިއާ އިން ފާސްކުރި ޤާނޫނާއި ދެކޮޅު ހަދަން އެގައުމުގައި ކުރިއަށް ގެންދާ މުޒާހަރާތައް އިތުރަށް ހޫނުވެފައިވާ ޚަބަރު ވެސް މިއަދު ލިބުނެވެ.

ރާއްޖެ އިން ފާހަގަ ކުރެވުނު ޚަބަރުތަކަށް ބަލާއިރު ކުރީގެ ރައީސް ޔާމީން ރާއްޖެ އިން ބޭރަށް ވަޑައިގަތުމަށް ސަރުކާރުން ހުށަހެޅުމުން އެހުށަހެޅުން ގަބޫލުކުރައްވަން ޔާމީން ދެކޮޅު ހެއްދެވި ޚަބަރު މިރޭ ވަނީ ލިބިފައެވެ.

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު މިރޭ ވަނީ ސަރުކާރު ހިންގާ ކޯލިޝަނަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

ދޮންދަރިއަށް ޖިންސީ ގޯނާކުރި މީހަކު މިއަދު ހައްޔަރުކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަން

    މިހެނ ލިޔުނީމަ ކިޔަން ފޫހި