ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަކީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި ފަހަތަށް އެޅި ފިޔަވަޅެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބުދާރީވުމަށް މަޖިލިހުގައި ބޭއްވި ޖަލްސާގައި ސަލީމް ވިދާޅުވީ މަލްޓި ޕާޓީ ޑިމޮކްރަސީގައި އެންމެ ވަރުގަދަ އުންސުރަކީ ވާދަވެރި ޕާޓީތަކުން ސިޔާސީ ދަނޑުގައި ހަރަކާތްތެރިވެ ސަރުކާރު ޒިންމާދާރުކުރުވުން ކަމަށެވެ. މި މަފްހޫމްގައި އިދިކޮޅު ސިޔާސީ ލީޑަރަކީ ރައްޔިތުންނާ އެކީގައި ސަރުކާރު ޖަވާބުދާރީކުރުވަން ޖެހޭ އެންމެ ނުފޫޒު ގަދަ ލީޑަރު ކަމަށް ސަލީމް ވިދާޅުވިއެވެ.

"މަލްޓި ޕާޓީގެ ޑިމޮކްރަސީގެ ޅަފަތުގައި ފަސް އަހަރުގެ ދައުރެއް އެންމެ ފުރަތަމަ ރާއްޖޭގައި ފުރިހަމަ ކުރެއްވި ރައީސް ޔާމީން ވަނީ 2019 ވަނަ އަހަރު ނުހައްގުން ދެ ފަހަރަށް ޖަލަށްލާފައި. މިހާރު އެ ދަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން،" މަނީ ލޯންޑްރިންގެ މައްސަލައެއްގައި ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމަށް އިޝާރާތް ކުރައްވައި ސަލީމް ވިދާޅުވިއެވެ.

"އިދިކޮޅު ސިޔާސީ ލީޑަރު ޖަލަށްލުމަކީ ޑިމޮކްރަސީގެ ހަޔާތުގައި ފަހަތަށް އެޅި ފިޔަވަޅެއް،"

ސަލީމް ވިދާޅުވި ގޮތުގައި ޔާމީން ޖަލަށްލުމަކީ ވާދަވެރި ސިޔާސީ ނިޒާމަށް ކުރިމަތިކުރި ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެހެންވެ، ޖަލަށްލާފައިވާ އިދިކޮޅު ލީޑަރު ވަގުތުން މިނިވަން ކުރުމަށް ސަލީމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލައްވައިފައެވެ.

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން ރާއްޖެ އިން ލިބެން ނެތް ބައެއް ފަރުވާތައް ޔާމީނަށް ރާއްޖެ އިން ބޭރުން ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭން އައިޖީއެމްއެޗުގެ ޑޮކްޓަރުންގެ ޓީމަކުން ލަފާ ދެއްވައިފިއެވެ. ޔާމީނަށް އެގޮތަށް ލަފާ ދެއްވީ، ހިތުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން މިދިޔަ ހަފުތާގައި ވަނީ ފަރުވާ ދީފައިވަނިކޮށެވެ.

ޔާމީން މިދިޔަ ހޮނިހިރު ދުވަހު ހޮސްޕިޓަލުން ދޫކޮށްލުމުން ޖަލަށް އަނބުރާ ގެންދިޔައީ، ރާއްޖެ އިން ބޭރުން ފަރުވާ ހޯދަން ޑޮކްޓަރުން ދެއްވި ލިޔުމާ އެކުގައެވެ. އެ ލަފައާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ޖަލުގައި ޔާމީންއާ ބައްދަލުކުރައްވައިފައެވެ. އެނގިފައިވާ ގޮތުގައި ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށް ބޭރަށް ވަޑައިގަތުމަށް އިމްރާން ހުށަހެޅުއްވި ނަމަވެސް ޔާމީން އެކަމަށް އެއްބަސްވެވަޑައެއް ނުގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ދިރާސާ

  ހަމައެކަނިހީއަކަށް ނުވަތަޒާތީހަދައެއްފިލުވައިލުމަށް އަނިޔާކުރުމަކީ ޖަލަށްލުމަކީ ޑިމޮކްރަސީގައި
  ފަހަތަށްއެޅި ފިޔަވަޅަކަށްވާނެ އަދި ފާޅުގައިކުރިކުށަކަށް 13އަހަރުގެ ޖަލުހުކުމެއްއައިސްފައިވާ
  ފަރާތެއް އެހުކުމުގެ........

  18
  2
 2. ޝޭޚްރުޝްދީ

  އާން ؛؛ ވަރަށް ބޮޑު ތެދެއް. އެންމެ ބޮޑު ޑިމޮކްރެސީ އަކީ އިސްލާމް ދީން. އެ ދީނުގަ އިންނަނީ ވައްކަން ކުރިކަން ޝަރީޢަތަށް ސާބިތުވުމުން އަތް ކެނޑުން.. ޔާމީންގެ ހަތަރެސްފައި ސަލާމަތުން އެހެން ހޫރުވަން ހުރުމަކީ އިސްލާމް ދީނާ ދެކޮޅަށް ކޯޓޫން ނިންމި ނިންމުމެއް. ވީމާ ޑިމޮކްރަސީވެސް ނެތުނީ އެ.

  8
  33
 3. ޝާން

  ވަގުން ނާއި ބޮޑެތި މުޖުރިމުން ޖަލަށް ލުމަކީ ޑިމޮކްރަސީ ގަ ފަހަތަށް އެޅޭ ފިޔަވަޅެކޭ ބުނާނީވެސް އެފަދަ މީހުންނަށް ހިއްވަރުދޭ މީހުން.

  1
  6
 4. މޯދީ

  ސިޔާސީ ދެކޮޅުވެރިން ޖަލަށްލާ ބަންދުކުރުމަކީ “ޑިމޮކްރަސީ” ބުއްޅަބޭ ތައާރަފް ކުރި ދިމޮކްރަސީން ދަސްވީ މިކަންތައް!

 5. މޯދީގެ އައްމަ

  އަހަރުމެންގެ ޑިމޮކްރަސީ ގައި ރާހުލްގާދީ ޖަލަކަށްނުލަން ސޯނިޔާގާދީ ބަންދެއްނުކުރަން!

  2
  1
 6. މާވަޑި ފަލާހް

  ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަކީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި ފަހަތަށް އެޅި ފިޔަވަޅެއްކަމައް ސަލީމްބުނާއިރު މިކަމުގަ ދީނުގައި އޮތްގޮތްބުނެލަދިންނަމަ ވަރަށް ސަޅިވީސް، ވައްކަންކުރާމީހުންނަށް ދީނުގަ އޮންނަނީކިހިނެއްތޯ؟ ރައްޔިތުންނަށް ނަމޫނާދައްކަންވީ ވައްކަންކުރާމީހުން ދައުލަތުގެ މަތިފަޑީގަ ބައިތިއްބައިގެންތޯ؟ ކޮސްނުގޮވާ

  1
  2
  • ޝަރފު

   ޔާމީނަށް ކުރީ ސިޔާސީ ޙުކުމެއް. ކޯޓަށް ހުށަހެޅީ ވަކިކަމެއް, ވަކާލާތު ކުރީ ވަކި ކަމަކަށް, ހުކުމް ކުރީ ވަކި ކަމަކަށް. މިހެން ހިގާގޮސްފަ އޮތް ކަމެއް ކިތަންމެ ވަރަކަށް ދިފާޢު ކުރަން އުޅުނަސް ނުވާނެ.

 7. އަބުތީ

  މިސަރުކާރު ވަރައްޖެހިލުންވާނެ އިދިކޮޅު ލީޑަރާކުރިމަތިލާން އެއައްވުރެ މާފިނޑިސަރުކާރެއްމީ ޙަޤީގަތުގަވެސް އިދިކޮޅު ލީޑަރ ޖަލައްލުމަކީ މިސަރުކާރުން ޑިމޮކްރަސީގަ ފަހަތައްއެޅިފިޔަވަޅަކައްނޫނީ ނުވާނެ އިދިކޮޅު ލީޑަރަކީ ސަރުކާރުން ހިންގާ ނޭއްގާނި ކަންތައްތައް ރައްޔިތުންނައް އޮޅުންފިލުވާދީ ސަރުކާރު ޒިންމާދާރުކުރަން ހުރިފަރާތް މިސަރުކާރުން ރައީސް ޔާމީން ޖަލައްލީ އެމަނިކުފާނު ސަލާމަތުން ހުންނެވިއްޔާ މިސަރުކާރު މިހާރު ބޮލާ ފޮށާއެޅިފައޮތްވަރައްވުރެބޮޑައް ބޮލާފޮށާއެޅޭނެތީ ރައީސްޔާމީން ވިދާޅުވެފައޮތީ އެމްއެމްޕީއާރސީގެމައްސަލަ މިސަރުކާރަކައްބަލާކައް ނުކެރޭނޭ އެއީ ދޮގެއްނޫން އެބަކެރޭތަބަލަން ދުއިސައްތަ އެތައްމީހުންނެއްބައިވެރިވާ މައްސަލައެއްކަމައްވަނީ