މަގުމަތީގައި ހަރަކާތްތެރިވާ ފުލުހުންގެ ޔުނީފޯމްގައި ކެމެރާ ހަރުކޮށްފިއެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަޖުމަ ބެލުމުގެ ގޮތުން ފްރަންޓްލައިންގައި މަސައްކަތް ކުރާ ބައެއް ފުލުހުންގެ ގައިގައި ބޮޑީ ވޮން ކެމެރާ (ބީޑަބްލިއުސީ) ހަރުކޮށްފައިވާ ކަމަށެވެ.

ކެމެރާ ހަރުކުރުމަކީ ފުލުހުންގެ ޚިދުމަތް ރަނގަޅުކޮށް ފުލުހުންނާ މެދު ކުރާ ޝަކުވާތައް މަދުވެ، ފުލުހުންނަށް އާއްމު ކުރާ އިތުބާރު އިތުރުވާނެ ކަމެއް ކަމަށް ވެސް ޕޮލިސް ކޮމިޝަނަރު ވިދާޅުވިއެވެ.

ދުނިޔޭގެ އެހެން ގިނަ ގައުމުތަކުގައި ވެސް ފުލުހުންގެ ޔުނީފޯމްގައި ކެމެރާ ހަރުކޮށްފައި ހުރެއެވެ.

އެންމެ ފުޅާ ދާއިރާއެއްގައި ފުލުހުންގެ ގައިގަ ކެމެރާ ހަރުކޮށްފައިވާ އެއް ގައުމަކީ އެމެރިކާއެވެ. އެމެރިކާގެ ހުރިހާ ފުލުހުންގެ ޔުނީފޯމްގައި ކެމެރާ ހަރުކޮށްފައި ހުރެއެވެ.

އޮސްޓްރޭލިއާ، ކެނެޑާ، ސިންގަޕޫރު ފަދަ ގައުމުތަކުގައި ވެސް ފުލުހުންގެ ޔުނީފޯމްގައި ކެމެރަ ހަރުކޮށްފައި ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ސުކުރިއްޔާ

  ވަރަށް ރަނގަޅު ކަމެއް. މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކުރިއަށް އެޅި ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި ދެކެން.

  58
  8
 2. ޙަސަނު

  ތުނބުޅީގެ ދިގުމިންބަލާފަ ހައްޔަރު ކުރަން ހަރުކަށި ، ޕާޓޭން ފާހަގަކޮށްފަ މަޑުކަށި ކުރުވުން

  34
  3
 3. ކޮންމެ ޑޮލަރެއް

  ފަހަތުގައި 2 ކެމެރާ. ސަޅި.

  25
  4
 4. ާަހިޔާލު

  ތީގެންވެސް ފައިދާ ތަކެއް ރައްޔިތުން އަތުން ހޯދަން ކުރިކަމެއް ކަމައް ބެލެވެނީ... އެހެން ގޮތަކައް ބަލާނަމަ ޕޮލިހުންގެ ވާހަކަ ދެއްކުން ރީތި ވާނެކަމަ މިބަލަނީ....ރައްޔިތުން އައް އިޙްތިރާމާ އެކު ވާހަކަ ދައްކަން ދަސްކޮއްދޭން އެބަޖެހޭ ޕޮލިހުންއަށް...

  16
  4
 5. ޖަމްސީދު

  މޯދީ ކެމެރާ އަޅުވާފަހުންނަނީ ގެރީގަ ގެރިމަސްކާ މުސްލިމުން ހޯދުމައް މޯދީއައް މިކޮމަންޓް އިނގިރޭސި އެނގޭ ކުއްޖަކުޓުވިޓް ކޮއްލާތި

  15
 6. ކަނަމަނަ

  ތިވެސް އަންހެނުންގެ މޫނުބަލަންށާ ބޭނުންވާމީހުން ދޫކޮއްލަން ބުނަންވެގެންކުރިކަމެއް ކަމެއްރަގަޅުކުރުމުގެ އެއްވެސް ނިޔަތެއް މިސަރުކާރު ނެތް

  13
 7. ކަސްފާނަ

  ކެމެރާ ހަރުކުރަންވީ ފުލުސްއޮފީހު ވެރިންގެ ނިތްކުރީގައި. ނިކަންގިނަ ޖަރީމާތައް ފަޅާއަރާނެ. ދަށްފަންތިއަށްވުރެ މަތީފަންތީގައި ތިބި އޮފިސަރުންގެ ޖަރީމާތައް ގިނަ.

  18
  1
 8. ޕޮގް

  ކެމެރާފަދަ އިލެކްްޓްރޯނިކް ޑިވައިސް ތަކުން ދޫކުރާ ރޭޑިޝަން ގެ ސަބަބުން.. ފަހުން ދެރަގޮތެއް ވެދާނެކަމަށް މާހިރުން ލިޔެފައި ހުރޭ.. އެހެންވެއްޖެ ކަމުގައިވާނަމަ.. ތިޔައީ އެހާ ވިސްނުންތެރި ކަމެއްކަމަށް ގަބޫލެއް ނުކުރެވޭ..

  7
  3
  • މޮޔަ

   ކަލޭ ދެން ފޯނުވެސް ނުގެން ގުޅުބަަލަ، އޭގެން މާރޭދިއޭޝަންް ް ބޭރުވާނެ.

 9. ރާނީ

  މަގުމަތީގައި އުޅޭ ފުލުހުންވެސް އުޅޭތަ؟

 10. މާޔޫސް

  ތިޔަކުން ވަކި މިހާރު ނުވިކަ މެއް ނުވާނެ. އެހެން ނަ މަ ކޮން މެ ރަށެއްގައި ކަހަލަ ގޮތަކަށް ޕޮލިހުން ތިބެންފެށު މުން ކުށްކުރާ މީހުން މަދު ވީހެއްނު.

 11. ތެދުބަސް

  ބެލެވެނީ އިތުބާރު ނުކުރެވެނީ ކަމަށް.ބާޢާވާތެއް ހިންގާކަށް ފުރުސަތެއް ދޭނެކަމަކަށް ޤަބޫލެއް ނުކުރެވޭ،މީވަރަށް ވާހަކަ.

 12. ހަސަނު

  އެކަަމަކުވާ މިއައްވުރެ ކުޑަ ކެމެރާއެއް ހަމަ ނުލިބުނީތޯ އެވެ. މީ ހީވަނީ ފިލްްމް ކުޅެން އުޅޭ މީހުން ގެންގުޅޭ ވަރު ކެމެރާހެން. ދެން ގޯހެއް ނޫންތާ އަޖުމަބަަލަން ވިއްޔާ އޯކޭ