ޤަވައިދާއި ހިލާފަތް ރިޕޯޓް ކުރުމެއް ނެތި ކުރަމުން އަންނަ މަސްވެރިކަން ހުއްޓުވަން ބަނދަރުތަކުގައި އަޅާ ފިޔަވަޅުތަކާއި ބެހޭ ޤަވައިދު ތަންފީޒު ކުރުމާ ގުޅޭ ގޮތުން މޯލްޑިވްސް ކަސްޓަމްސްއާއި ފިޝަރީޒް މިނިސްޓްރީ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ޤާނޫނާއި ޤަވާއިދާ ޚިލާފަށް ބެލެހެއްޓުމެއްނެތި، އަދި ރިޕޯޓުކުރުމެއްނެތި ކުރާ މަސްވެރިކަން (އިލީގަލް އަންރެގިޔުލޭޓެޑް އެންޑް އަންރިޕޯޓެޑް ފިޝިންގ) ހުއްޓުވުމަށް ބަނދަރުތަކުގައި އަޅާނެ ފިޔަވަޅުތަކާބެހޭ ޤަވާއިދުގައި ކަނޑައަޅާފައިވާ ކަންތައްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ތަންފީޒުކުރުމަށް އެއިދާރާ އާއި ކަސްޓަމްސްއާއި ގުޅިގެން މަސައްކަތްކުރުން ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން މިނިސްޓްރީއާއި ކަސްޓަމްސް އެއްބަސްވާ މައިގަނޑު ކަންތައްތަކަކީ، ގަވާއިދުގެ ދަށުން ރާއްޖޭގައި ބަނދަރުކުރާ ބޭރުގެ މަސްވެރި އުޅަނދުފަހަރާއި މަސްއުފުލާ ކެރިއަރު ފަދަ އުޅަނދުފަހަރު އިންސްޕެކްޓްކުރުމާއި، ބޭރުގެ މަސްބަރުކުރާ ކެރިއަރުތަކަށް މަސްބަރުކުރުމަށް ރާއްޖޭގެ ޕޯޓްތަކުގައި ކުރިއަށް ގެންދާ އޮޕަރޭޝަންތައް މޮނިޓަރ ކުރުމުގައާއި، އިންސްޕެކްޝަން އޮފިސަރުންންނަށް ބޭނުންވާ ތަމްރީން ފޯރުކޮށްދިނުމާއި ކަމާގުޅޭ މަޢުލޫމާތު ބަދަލުކުރުމުގައި ދެއިދާރާއިން ގުޅިގެން މަސައްކަތް ކުރާނެއެވެ.

އެ މިނިސްޓްރީން ބުނީ، މިޤަވާއިދުގެ ދަށުން، މަސްގަތުމަށް ނުވަތަ މަސް ބަރުކުރުމަށް ނުވަތަ އެހެނިހެން ބޭނުމަކަށްވެސް ރާއްޖޭގައި ބަނދަރުކުރުމަށް އަންނަ ބޭރު ގައުމުތަކުގެ މަސްވެރިކަން ކުރާ އުޅަނދުފަހަރާއި، މަސްއުފުލާ ކުރިއަރު، ފަދަ އުޅަނދުފަހަރަށް އިންވަރޑް އަދި އައުޓުވަރޑް ކްލިއަރެންސް ދިނުމާއި، އެފަދަ އުޅަނދުފަހަރު އިންސްޕެކްޓްކުރުމުގެ ކަންކަން ބައިނަލްއަޤްވާމީ މިންގަނޑުތަކާއި ހެދިފައިވާ ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެމަތިން ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށެވެ.

އަދި މިގޮތުން އަޅާފިޔަވަޅުތަކުގެ ސަބަބުން، ޤާނޫނާއި ގަވާއިދާ ޚިލާފަށް ހަރަކާތްތެރިވާ ބޭރުގެ މަސްވެރި އުޅަނދުފަހަރުގެ ހަރަކާތްތައް ހުއްޓުވައި، އެފަދަ އުޅަނދުފަހަރުން ތަފާތު ބޭނުންތަކަށް ދިވެހިރާއްޖޭގެ ބަނދަރުތައް ބޭނުންކުރުން ހުއްޓުވިގެން ދާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަސްވެރިއެއްގެ ދުލުން

    މަށަކީ ކުޑައިރުއްސުރެން ފެށިގެން މަސްވެރިކަން ކުރަމުން އަންނަމީހެއް މިހާރު އުމުރުން 45ވެއްޖެ މިހާރު ރާއްޖޭގެ އެންވެރިކަމާއި މަސްވެރިކަން ހަލާކުވެގެން މިދަނީ ބޑިޖަހާގެން ނާއި ސިލިންގް ބޭނުންކޮށްގެން އެންއަރާ ފަރުގަރާ ހާހަލުގަ އެންހަރުލަނީ ބޮޑެތި މަސް އެހަލުތާކާ ފަރުތަކުގަ ވަށާގެން ތިބޭތީ ބޭނުމާ ބަަޑިޖެހުމާ ދަގަނޑުޖެހުމާ ވަރށް ތަފަތު ބަޑި ޖެހީމަ މަސްތަށް ވަގުވަނީ ގިނަފަހަރު ލައްވާނުލާ ދާފަހަރުތަކާ އަނިޔާވެގެން ފަރު ދޫކޮށް ދާނީ މިހެން ވުމުގެ ސަބބުން އެންވެރިކަން ހަލާކުވަނި އެން ހާހަލާ ފަރުފަރުގަ ހަރުނުލަނީ މިހެންވެ ބޮޑެތި މަސް ނޫޅޭ ކަމަށް ވާނަމަ އެން އެތަނެއްގަހަރެއް ނުލާނެ ސަރުކާރުން މިކަމާ ދޭތެރޭ ވަރަށް ފުންކޮށް ވިސްނާ ގާނުނކުން މަނާކުރަންޖެހޭ