ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މަޖިލީހަށް ބައިސްކަލުގައި މިއަދު ވަޑައިގެންފިއެވެ.

މިއީ ފަހުގެ ތާރީހަކަށް ބަލާއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ބައިސްކަލުގައި މަޖިލިހަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ހަސަން ލަތީފު ރައްޔިތުންގެ މަޖިލިހަށް ބައިސްކަލުގައި ވަޑައިގަންނަވާ މަންޒަރު ފެންނަ ވީޑީއޯއެއް ސޯޝަލް މީޑިއާގައި މިހާރު އާންމުވެފައިވާ އިރު، އޭނާ ސިފަ ކުރެއްވި ގޮތުގައި މިއީ ވަރަށް ރަނގަޅު ބަދަލެކެވެ.

"މިއީ ވަރަށް ރަނގަޅު ބަދަލެއް. ކަސްރަތަށްވެސް، ތިމާވެއްޓަށް ވެސް" ހަސަން ލަތީފު ވިދާޅުވިއެވެ.

ހަސަން ލަތީފު ވިދާޅުވީ، މަޖިލީހުގައި ތިއްބެވި ކަސްރަތު ނުކުރައްވާ މެމްބަރުން ވެސް ބައިސްކަލް ދުއްވަން ފައްޓަވައިފި ނަމަ، އެ ބޭފުޅުންގެ ސިފައެއް ބަދަލު އަންނާނެ ކަމަށެވެ.

ހަސަން ލަތީފް ބައިސްކަލެއްގައި މަޖިލިހަށް ވަޑައިގެންނެވި އިރު، މަޖިލިހުން ދާދި ފަހުން ވަނީ ރާއްޖޭގެ ތިމާވެށީގެ ހާލަތު ނުރައްކާ ކަމަށް ބުނެ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ގޮވާލައި ގަރާރެއް ފާސްކޮށްފައެވެ.

މަޖިލިހުގައި ދާދި ފަހުން ބޭއްވި ޖަލްސާއެއްގައި މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރިން ވިދާޅުވީ މާލޭގައި އެއް ތަނުން އަނެއް ދާން ހިނގާފައި ނުވަތަ ބައިސްކަލުގައި އުޅެވޭނެ ކަމަށާއި އެއް ތަނުން އަނެއް ތަނަށް ދާން ކާރާއި ސައިކަލު ފަދަ ވެހިކަލްތައް ބޭނުންވާނެ ސަބަބެއް އެއްވެސް ގޮތަކަށް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

މަލޭގައި ގިނަ ބަޔަކު ހިނގާބިނގާވެ ނުވަތަ ބައިސްކަލުގައި އުޅެން ފަށައި، އެފަދަ އާދަތަކެއް ހަރުލައިފިނަމަ މާލޭގެ ކާރޫބާރޫ ބޮޑުވުމާއި ޕާކިންގެ މައްސަލަތައް ކޮންމެ ވެސް ވަރަކަށް ފިލައިގެން ދާނެ ކަމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

 1. ާަާަަައަސްލު

  ތީރައްޔިތުން ގުނބޯހައްދައިގެންއުޅޭބައެއް...ތީތިމަހާރަކު ސަޅިއެއްނޫނޭ...ކަލޭގެ އޮޑިޓް ރިޕޯޓް ކިހާސަޅި...؟!

  67
  3
 2. ފާއިޒް

  ތަންތަނުގައި އުޅޭ ސިކުނޑި ހަމަނުޖެހޭ ގަމާރުން ތިފަދަ އެތައް ކަމެއް ކުރާނެ..

  66
  5
 3. ދެބޯ ގެރި

  މީ މީނަގެ ފޮޓޯ ނޫސްތަގަ ނުޖަހާތީ ނޫސްތަކުގަ ފޮޓޯ ޖަހަންވެގެން ޖެހި ރޮކެޓެއް.. ބައިސްކަލްގަ އުޅުއްވާނީ ކިހާ ދުވަހަކު ބާއޭ ހިތައްއަރާ...

  63
  4
 4. ނަޝީ

  ކާޓޫނެއްތަ

  46
  3
 5. ޑައެލޯގް

  މިސަރުކާރަކީ ފޮޓޯނެގުމަށާއި ކަންދެއްކުމުގެ ސަރުކާރު ބޭކާރު ކަންކަމުން ރިކޯޑް ހެދާވަގުތު ބޭކާރު ކުރުން ކަމަކީ، ބަލަ ކީއްކުރަން ބައިސްކަލް ދުއްވަންވީ ހިގާފަ ދޭބަލަ މާބޮޑަށް ކެލޮރީ އަދާނެ ސިއްހަތަށްވެސް ރަގަޅުވާނެ، ދެން ރެކޯޑް މުގުރަން މަގުމައްޗަށް ކުޑަގިފިލިވެސް ކޮށްފާނެ

  54
  2
 6. މޯޑާ

  ކަން ދެއްކުންނޫން ދެން ކޮން ކަ މެއް؟؟؟؟؟؟ ހަޖާ މުބޭބޭ.

  49
  2
 7. ކޮރަލް

  ދެއްކުން ތެރިކަ މެވެ.

  46
  2
 8. އަޅުގަނޑު

  އަޅުގަނޑު ސަރުކާރު ވަޒީފާގަ 31 އަހަރުވީ. ކޮންމެދުވަހަކުވެސް އޮފީހަށް އައިސް ގެޔަށް ދަނީ ހިނގާފަ. އެކަކުވެސް މިކަން ފާހަގައެއް ނުކުރޭ.

  62
  1
 9. ގުންޑާސަރުކާރު

  އެޖެންޑާ 19 ވަރަށް ވެސްތަފާތު އެހެން ނޫންތޯ ނުހައްގުވެރިކަ މެއްގެ ސަބަބުންރާއްޖެ ފަހަތަށްގޮސް
  އޮބާލަނީބާ ނުހައްޤު ހަރާންވެރި ކަމެއްގެގެސަބަބުން މުޅިދުނި ޔެއަށް ނުރަށްކާތެރި ބައްޔެއް ފެތުރެމުން ދަނީ ެއެވަރުންވެސް މިއުޅޭ ލާދީނީ ރީނދޫ ބައި ގަނޑު ހައްދުފަހަނައަ ޅައިދިއުމުގައި އެންމެ ތަންފުކެއްވެސް ފަހަށް ނުޖެހިކުރިޔަށް ނިކަމެތި އިންސާނު ނަށް ނުހައްޤުން އަނި އަނިޔާވެރިވުމުގައި އިންތިހާ ނުހަޤުން އަނިޔާވެރިވާ މީހުނަށް ﷲ ގެ ގަދަ ފަދަވެގެންވާ މުސީބާތެ އްކުރިމަކުރަށް ވާށިއާމީން ނުހައްޤުން އަނިޔާލިބެމުންދާ ނިކަމެތި އިންސާނުނަ ށްކާމިޔާބާއި ކުރިއެރު މާއިއެންމެހާ ބަލިތަކު ރައްކާތެރި ކޮށްދެއް ވާށި އާމީން

  40
  • ކަނީރު

   ވަރިފަށެއްވެފަ ތިހުރީ. ލިބުނު އެތިގަނޑު ބޮޑުވެފަ މިހާރު ނުލިބުނޭމަ ތިހެން އުޅުމަކުން ހައިރާނެއްނުވޭ

   9
   1
 10. Anonymous

  އަހަންނަށްވަރިހަމަ ބިންމަތީގަ ބަނޑުކާއްތަނުން ދެމެމުންދިޔަޔަސް... މިމީހުންނަށް ކުރަން ހަވާލުވެފައި ހުރިކަންކަން ވަނީއެއްނޫން... ކުރާކަމަކީ އެކަކު އަނެކަކަށް ވަގަށްގޮވުމާ ފިލްމުކުޅުން... ދެން ދަށުންދަމާ ކުޅުން.

  34
 11. ސިދާތާގެ ބެޑްސީޓް

  ދެން ހަމަ މީހުންގެ ސަމާލުކަން ހޯދަން ތިމީހުންގެ ގޮތް ނޭގޭ ބަޔަކު ކުޅޭތަ ނަސީދު ދެދުވަހުން އެއްދުވަހުން ކިހަލަ ސަރާތްތެއް ގަންނާނެ މީހުންގެ ސަމާލުކަން ހޯދަންވެގެން

  28
  2
 12. ސުންބުލި

  ތީ ހަބަރެއްތަ ! ތީ ނޫސްތަކަށް އަރުވާވަރުގެ ހަބަރެއްތަށް ، އެމްޑީޕީ ގެ ބޭފުންނަށް ބައްލަވާނީ ތިމާވެއްޓަށް ދެން ކުޅިވަރަށް ދެން ކަސްރަތަށް، ދައުކލަތް ހިންގުމަށް ހަވާލުކުރުމުން މީ މި ބޭޅުން ބައްލަވާ ކަންކަމަކީ، ގައުމު ތަރައްޤޫީ ކޮށް ކުރިއަރުމުގެ ބަދަލު ދަރަނި ވެރިކޮށް ފަގީރުކޮށްލާފި، ދެން އަތްޖަހާ ، އަތްޖަހާ ، އަތްޖަހާ

  27
  2
 13. މކޖޔޗ

  ދެއްކުންތެރިކަން.....

  29
  1
 14. މާ

  ހަތަރު ތަނބިކަށި މާލޭ މީހާ ދޯ>>>>>>>

  31
  1
 15. ބާރީ

  ދެކުންތެރިކަން... ދެން ކޮންކަމެ ދޯ.....

  26
  1
 16. ބޮއްޅަހުއްތު

  ތިޔައް ކިޔަނީ ދެއްކުންތެރިކަން . ބޮއްޅަ ހުއްތުވެސް ބައިސްކަލުގަ އުޅެނީ، ފޮޓޯ ނަގާފަ އެންމެންނަކަށް ނުދައްކާ،، ހާދަ މޮޅެތި ސްޓަންޓް ޖައްސަން ދަންނަ ބައެކޭ،ދޯ . ތި ހަމަ ލާދީނީނޫން ބަޔަކަށް ނުކިޔޭނެ،، ކިތަންމެ ސްޓަންޓް އެއް ޖެއްސިޔަސް

  29
  1
 17. ޢަލީ

  އަހަރެމެންގެ ބައިސްކަލްވެސް ތިގޮތަށް އައިސް އޮފީސް ގޯތިތެރެއަށް ވެއްދޭނެނަމަ އަދި އެގޯތިތެރެއަށް އެހެން ބަޔަކަށް ނުވަދެވޭނަމަ އަންނާނީ ބައިސްކަލުގަ، މިހާރު މިވާވަރަކީ ސައިކަލްވެސް ބަހައްޓާ ތަނުގައެއް ނުހުންނާނެ. ކާރު ދުއްވާމީހުންނާ ލޯރީ ދުއްވާމީހުންގެ އުނދަގޫ ބޮޑުކަމުން، ކުންފުނީގެ މީހުންގޮވައިގެން އައިސް ދެކޮޅުގަ ހިފައިގެން ޖަހާ ދުރައްލާފަ ލޯރީ ބާއްވަފާނެ. ކާރު ދުއްވާމީހާވެސް ހަރުމަތީ ސައިކަލު އަނބުރަމުން ގޮސް ދުރައްލާފަ ކާރު ބާއްވާނެ. މިކަން ނިމުމަކަށް އައިމާ ދެން ބައިސްކަލް ދުއްވޭނީ،

  25
 18. ށާރިފް

  ގައުމުގެ ހާލަތު ދަނީ ތިދިމާލަ.....އަދި ފައިމަގުއުޅެން ޖެހޭނެ..... ދެން ކިޔާ ކަސްރަތޭ، ތިމާވެއްޓޭ ... ގާމާރު ދިވެހިން.... މެންދުރު ފަތިސް ޖަޒީރާ

  32
  1
 19. މަންނު

  ބޮޑު ވެގެން ބައިސްކަލު ލިބިގެން ދޯ..؟..މީހާ ހުރީ މަރުމޯލެހެން

  29
  2
 20. ގުލްނަވާ

  އާޓު! ހިނގާފަ ދޭބަލަ. ޢާދައިގެ ފެންފައިވާނެއްގަ މުންޑުލައިގެން. ވޯޓަށްވީ މަ ކޮންހާ އަނދުނެއް އަޅުވާކަ ށް.

  13
 21. ޕަކަސް

  މަޖިލިސް ގޯތި ތެއިން ވައްކަންކުރާތީތަ ތަޅުތިލަނީ؟ ކުޅެފަ އިން ފިލުމަކާ ވައްތަރީ

  14
 22. އިބުރާ

  ދެއްކުން ތެރިކަ މެވެ. ގަމާރު

  12
 23. ރަޒާން

  ނަޝީދު ކޮޕީ ނުކޮއްބަލަ.

  10
 24. ހާޖީ

  އަހަރެމެން މިތިބީ ދުވަސް ގުނަން. 1 މަސް ވެސް ހިފަހައްޓާނުލެވޭނެ

  13
 25. އަލީ

  މާރަގަޅު މީހެއްކަމަށް ދައްކަން އުޅޭނެކަމެއްނެތް! ޔުތްމިނިސްތަރަކަށްހުރިއިރު ބަޑުއަޅާލި ރައްޔިތުން 200 މިލޔަން ރުފިޔާ އަވަހަށް ދައްއުލެ

  17
 26. މާދަމާގެ ސުރުޚީ

  ހަސަންލަތީފު މިއަދު މަޖިލީހަށް ވަޑައިގަތީ ކުނިމޫނާ!

  16
 27. ސޮރު

  އަހުންނަށް ކީއް، ފުރޮޅެމުން ދިޔަޔަސް؟

  16
 28. ޙަރުބީ

  ޝޯރ އޮފްހަމަ!

  10
 29. ގުބޯލު

  ބައިސްކަލު ޕާކުކޮއްފަ ހަވީރު ނިކުންނެވީ ކާރުކޮޅުގައި، މި އުޅެނީ ރަތްޔިތުން ގުންބޯ ހައްދާގެން ބައިސްކަލަށް އަރުވަން އޭރުން ނެންނު މިބޭފުޅުންގެ ކާރުކޮޅު ދުއްވަން ފަސޭހަވާނީ. ހުރިހާ ސިޔާސީބޭފުޅުން ކާރުކޮޅު ބަހައްޓައިފަ ބައިސްކަލަށް އެރީ މަވެސް އެރީ.

  12
 30. އ. ޖ. އ

  ރަނގަޅު އެއްގޮތެއް ވެސް ނެތީއެވެ

  3
  3
 31. ޢަލިބެ

  ހިނގާލާފައި އަންނާކަށްނުކެރުނެއްނު. ކޮންމޮޅުކަމެއް ތިކުރެވުނީ.

  10
 32. ސޫތު

  ބަރޯ އެއްގަ ދިޔަސް މީހަކުބަލާވެސް ނުލާނެ..

  14
 33. ބޭޗާރާ

  މީހަކު ނާޗާރުވެއްޖިއްޔާ ބޭކާރު ކަންތައް ނުކޮށެއް ނުހުންނާނެއެވެ.

  13
 34. ބޭބެ

  ތިޔަށް ކިޔާނީ ދެބޯގެރި ދުއްވުން ނުވަތަ ރައްޔިތުންގެ ފޯކަސް ބަދަލުކޮށްލުން، ބޮޑުތަނުން ފެއިލްވީމާ ވާގޮތް! ޕަކާސް!!!!!

 35. ޟުންދިގު

  މީނާއަކީ 100 ޕަސެންޓް މާލޭމީހާ. ލާރި ހުރިއްޔާ ބައިސްކަލާއި ޖެޓްސްކީވެސް ގަނެވޭވެ. ދުއްވަން ދަސްކުރީމަ ދުއްވޭބެ. ނޫސްވެރިންނަށް ރިޕޯޓްކޮށް ފޮޓޯ ފޮނުވީމާ ނޫސްތަކުގައި ފޮޓޯއާއެކު ޖަހާނެ. މޮޅުމީހުނާއި ވިސްނުން ތެރިން ބަސްމަދުވެފައި އަމަލު ގިނަވެފައި ދެއްކުން ތެރިކަމަށް ކަންކަން ނުކުރާނެ. ގުބޯހައްދަން ނުވާކަން ކުރާނަމެކޭ ނުކިޔާނެ