މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރައްވަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސިއްހީ ހާލަތުގެ ސަބަބުން އެމަނިކުފާނު ގެއަށް ބަދަލުކޮށްދޭން އާއިލާއިން އެެދިއްޖެއެވެ.

އާއިލާއިން މިގޮތަށް އެދިފައިވާކަން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމްގެ ހިމެނިވަޑައިގަންނަވާ ބޭފުޅަކު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އާއިލާއިން އެމަނިކުފާނު ގެއަށް ބަދަލުކޮށްދޭން އެދުނުއިރު، މިދިޔަ ހަފްތާ ބުދަ ދުވަހުން ފެށިގެން ތިން ދުވަސްވަންދެން އެމަނިކުފާނު އޮންނެވީ އައިޖީއެމްއެޗްގައެވެ. އެމަނިކުފާނު އައިޖީއެމްއެޗްގައި އެއިރު އޮންނެވީ ޓެސްޓުތައް ހެދުމަށްޓަކައި ކަމަށް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވިއެވެ.

ދާދި ފަހުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަނީ ރައީސް ޔާމީނާއި ބައްދަލު ކުރައްވާ އެމަނިކުފާނުގެ ސިއްހީ ހާލަތާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

އެގޮތުން އެ ބައްދަލުވުމުގައި، ރައީސް ޔާމީން އަބްދުލް ގައްޔޫމް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް ސަރުކާރުން އެމަނިކުފާނަށް ހުށަހެޅި ކަމަށް
"ވަގުތު"އަށް ވަނީ އެނގިފައެވެ. އެހެން ނަަމަވެސް ރައީސް ޔާމީން އެ ހުށަހެޅުން ގަބޫލުފުޅު ނުކުރައްވައެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮަލަރުން ޖޫޫރިމާނާ ކުރީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ކުށް ސާބިތު ވުމުންނެވެ. އެމަނިކުފާނު ކަފާލާތުގެ ދަށުން މިނިވަން ކުރަން ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމާފައި ވަނީ ރައީސް ޔާމީން މިނިވަން ކުރެވެން ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ކަނަމަނަ

  ޢެއްވެސްކަމެއްސާބިތުވެގެންކުރިހުކުމެއްނޫން ގަދަކަމުން ފަޑިޔާރުބަދަލުކޮއްގެން ސަރުކާރުން ކުރުވިހުކުމެއް

  78
  19
 2. ތެރޯ

  އެމްޑީޕީ ހަދާހެން އަހަރެމެންވެސް ނުކުންނަންވީ މަގުމައްޗައް ތިކަންކުރުވަން

  65
  21
 3. ޙާލަތު

  ކުށް ސާބިތުވެގެނެއް ނޫން ޙުކުމް ކުރީކީ.... މިގޮތަށް އިސްލާޙް ކޮށްލައްވާ

  61
  20
  • ޙާލަތުގެ ބައްޕަ

   ދަރިފުޅާ ދަރިފުޅުވެސް އަނެއްކާ އެފައިސާގައިޖެހިފަ ހުރީތަ؟ ދުވާލުގެ އިރުފަދައިން އެފައިސާ ޖަމާވިކަމާ، އެފައިސާ އެހެން އެކައުންޓަކަށް ޖަމާކުރިކަމައް ހުދު އެމަނިކުފާނުގެ ދުލުންވެސްވަނީ ބުނެފަ. ދެންކިހާވަރަކަށްތޯ ސާބިތުކުރަންޖެހޭނީ، އަމިއްލަފުޅު ދުލުން ދޫވެއްސައްވަން ފައިސާ އަކީ ހަލާލުފއަިސާއެއްނޫނޭވެސް ބުނި، އަދިވެސް ދަރިފުޅު ތިއުޅެނީ މިކަލޭގެ ފަހަތުންނުނެއްޓިގެންތާ

   17
   44
   • ޙަސަބް

    ތިބޭފުޅާ އަށް ތިއޮތީއެނގިފަ ޒިއަތު ހެކިބަސް ދިންގޮތް ލާރިޖަ މާވިގޮތްވެސް

    4
    3
 4. ވަގު ޔާނު

  ކޮބާ ކިހިނެތްބާ ވަގުރައިސް

  13
  46
 5. އަލީ ރަސީދު

  މަގޭ އަންނަނީ ހަމަ ހިނި މީ ދެން މިހުކުމައް ކިޔާނީ ކޮންކަހަލަ ހުކުމެކޭތަ؟ ޔާމީނުގެ ޢަދާވާތްތެރިންގެ ފަރާތުން ހެކިބަސް ހޯދާއިގެން، ބަލަ އިސްލާމްދީނުގެ އަދި އެހެންދީން ތަކުގަވެސް މިގޮތަކަށް ކުޝެއްސާބިތުކުރުމަކައް ހެކި ހުށަ ނާޅައޭ!

  35
  11
 6. Anonymous

  ޢާއިލާއިން އެކަންޏެއް ނޫން މުޅި ދިވެހި ރައްޔިތުން ވެސް ނޭދޭ ތަރައްޤީ ގެ ބާނީ ޖަލުގައި އޮންނަވާކަށް. ދުޢާކުރަމުން މިހާރުވެސް މިގެންދަނީ އަވަސް ގޮތަކުން އެމަނިކުފާނު ސަލާމަތް ވެވަޑައި ގަންނަވާ ތޯ. ފާޑެއްގެ ލާދީނީ ބައިގަނޑެއްގެ އަތްދަށަށް ދިއައީމަ މިޤައުމުގެ ކަންކަން ބޮއްސުންލައިގެން ދަނީ.

  37
  14
 7. Anonymous

  ޔުނުސް އަލައިހިއްސަލާމް ވިދާޅުވި ދުއާ ޔާމީންގެ ހުރިހާ އެންމެން ކިޔާ ދުއާކޮށްބަލަ

  46
  11
 8. ސާބިތު

  ސާބިތުވީތަ ނުވަތަ ސާބިތުކުރުވީތަ!

  46
  11
 9. އެކްޓަރ

  ކެނޑި ނޭޅި ހުއްޓުމެއްނެތް މުޒާހަރާއަކަށް ނުކުންނަންވީ.ޕީޕީއެމް ލީޑަރޝިޕް ފަހަތުފަޔަށް ބުރަވާނަމަ ރ.ޔާމިންގެ ސަޕޯޓަރސް މޫމަންޓުން ނުކުންނަންވީ..ރ.ޔާމިނަށް ކުރާ އަނިޔާތަކުން ކެތްތެރިކަން ކޮޅުންލަނީ.... ހަބޭސް ފުރީ ރ.ޔާމިން..ދަގަޑު ކެޑޭނީ ދަގަޑުން....

  32
  10
 10. މަންމާފުޅު އަދުރޭ

  މީނަ އެކަނިތަ އާއިލާ އޮށްނަނީ، މީނަގެ ވެރިކަމުގަ މަގުމަތީ މުޒާހަރާބަލަން ހުންނަމީހާވެސް ގެންގޮސް 2 އަހަރު 3 އަހަރު ޖަލައްލާފައި އެތަކެއްް އަނިޔާއެއްދީފަހުރި، އަނބިދަރިން ނިކަމެތިވެ ކިތައް އާއިލާތޯ ބަޑަށްޖެހުނީ، ކިތައް އާއިލާތޯ ރޫޅިގެންދިޔައީ، ތީނަގެއަށްބަދަލުކުރާނަމަ ޖަލުގައިތިބި ހުރިހާ އެންމެންޖެހޭނީ ގެއަށްބަދަލުކުރަން

  19
  64
 11. އ. ޖ. އ

  ހުއްދަ ނުދީގެންތަ ރާއްޖެއިން ބޭރަށް ނުދާން އެ ހުންނަނި

  2
  8
 12. ކާފަބޭ2020

  ފިލިޕާޓީތަކުގެ މީހުންފިލުވިއިރު އޭރުޖަލުގަތިބި މީހުން ފިލުވިނަ މަ މިހާރުއެކަންކުރަންޖެހޭނެ! އޭރުއެކަން ނުކޮށްފަ މިހާރުއެކަންކުރަންޖެހޭސަބަބެއްނެތް! ދެންއޮންނާނީ " އެހެންނަ މަވެސް" މިހާރުހަ މަޖެހިފައި ވަނީ( މަތިންލިޔެފާފޮނުވިގޮތަށް) ހުކު މްކުރާށެވެ.

  5
  1
 13. Anonymous

  ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް މިޤައުމުގެ ޚަޒާނާ ލޫޓުވަނީ އެއިރެއްގައި ވެރިކަމުގައި ތިބޭބަޔަކާ ކުރިން ވެރިކަން ކޮށްފައިތިބި މީހުންނާއި އެކު އެންމެން ގުޅިގެން، ކިތަންމެ ވަރަކަށް ލޫޓުވިއަސް، ކިތަންމެ ވަށްކަމެއް ކުރިއަސް މުޅިޤައުމު ދޮވެލިއަސް ވެރިކަމުގައި ތިބޭބަޔަކަށްވެސް ވެރިކަންކޮށްފަދާ މީހަކަށްވެސް ދޭނެއަދަބެއް، އެމީހަކުއަތުން ހޯދޭނެ އެއްޗެއް މިޤައުމަކު ނޯންނާނެ

 14. ގުންޑާ

  އެމްޑީޕީ ވަގުން ވަގަށް ކައިފަހުރިވަރު ނޫހުގައި ޖަހަންފަށައި ފިއްޔާ ދެން އިތުރު ޚަބަރެއް ޖަހާނެ ޖާގައެއް ނޫހުގައި ނޯންނާނެ ތިލާދީނީ ބައިގަނޑު ވަކަން ކޮށްކޮށް ބަރަހަނާ ވީމަ ދެންއަބަދުވެސް އެހެންމީހުނަށް ވަގަށް ގޮވޭނީ އެރީނދޫ ބައި ގަނޑު ކުރާވައްކަން ފޮރުވުމަށް އެވެސް ކުށެއްނެތް ނިކަމެތި އިންސާނުންގެ ބޮލުގަ އިވަގުބަދުނާމް އެއަޅު ވަނީ ﷲ ބޮޑުވެގެން ވާއަނިޔާ ވެރިކަމެއް ލާދީނި ރީނދޫ ބައި ގަނޑަށް ދައްކަވާށި އާމީން ﷲ ހަރާމް ކުރެއްވި މަސްތުވާ ތަކެތިން މަސްތުވެގެން އުޅޭ އެމްޑީޕީގެ ޖާހިލު ންތަ ﷲގެ އެމެހައި ނިއުމަތްތަކު މަހުރޫމް ކުރައްވާށި އާމީން

  11
  1