އައިޖީއެމްއެޗް އިންގިނަ އަދަދެއްގެ ނަރުހުން ހޯދުމަށް އިއުލާން ކޮށްފިއެވެ.

އެ ހޮސްޕިޓަލުން އިއުލާނެއްގައި ބުނީ އައިޖީއެމްއެޗްގެ ނާސިން ޑިޕާޓްމަންޓުގައި މަސަތްކަތް ކުރާނެ 59 ނަރުހުން ބޭނުންވާ ކަމަށެވެ. އެ ހޮސްޕިޓަލުން އެދިފައިވަނީ މިކަމަށް ޝައުގުވެރިވާ މީހުން ސިވިލް ސާވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ފުރުމަށެވެ.

އައިޖީއެމްއެޗުން ބުނީ ސިވިލް ސާވިސްގެ ވަޒީފާއަށް އެދި ހުށައަޅާ ފޯމް އަދި ވަޒީފާއަށް މީހުން ހޮވުމަށް އައްޔަން ކުރެވޭ އެންމެހާ އުސޫލާއި ގަވާއިދުތައް ސިވިލް ސާވިސް ކޮމިޝަންގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.

މީގެ އިތުރުން މި ވަޒީފާގެ މަގާމުތަކަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 8 މާރިޗް 2020 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން އެ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ހިއުމަން ރިސޯސަސް ޑިޕާޓްމަންޓްއަށް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އަދި ވަޒީފާއަށް އެދި މެއިލް ކުރާނަމަ، [email protected] އަށް ފޮނުވަން އައިޖީއެމްއެޗް އިން އެދެއެވެ.

އެގޮތުން މި ވަޒިފާއަށް ވެއްދުމަށް ބާއްވާ އިންޓަވިއު މާރިޗު މަހުގެ 10 ވަނަ ދުވަހުން އެމަހުގެ 30 ވަނަ ދުވަހާއި ދެމެދު އޮންނާނެ ކަމަށް އައިޖީއެމްއެޗް އިން ބުނެއެވެ.

މި އިއުލާނާ ގުޅިގެން އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް 3335221، 3335343 ނަނބަރާއި ގުޅުއްވުމަށް ހޮސްޕިޓަލުން އެދެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޣފ

    ބަންގާޅުން ހޯދުން އެއްމެފަސޭހަވާނީ!އެއްވެސް ގައުމަކަށް ނިސްބަތްނުވާ ބަޔަކުވެސް މިތާއެބައުޅޭ!

    1
    1
    • 19 ނަވާރަ

      މިއީ އިންޑިޔާއިން ނަރުހުން ގެންނަށް ޖަހާ މަޅިއެއް. އަބަދުވެސް ދިވެހިން ތިބޭނީ މަޅީގައި ބެދިގެން.

  2. ކޮރަލް

    ދިވެހީން ނުލިބިގެން 59 ނަރުހުން އިންޑިޔާ އިން ގެނަ އީ އެވެ. މިއީ އަޑު އަހަން ބޭނުން ވާހަކަ އެއް ނޫނެވެ.