ރަޙުމްކުޑަ ގޮތަކަށް، 3 އަހަރުގެ އިބްތިހާލް މަރާލި މައްސަލައިގައި އޭނާގެ މަންމަ، އާފިޔާ މުހައްމަދު މަނިކުއަށް ދެވެން އޮތް އެންމެ ހަރުކަށި އަދަބެއް ދިނުމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

ދަޢުލަތުގެ ފަރާތުން ވ. ރަކީދޫ، ލައިޓްހައުސް، އާފިޔާ މުޙައްމަދު މަނިކުގެ މައްޗަށް ދައުލަތުން ކުރަނީ 2 ދައުވާއެވެ. އެއީ ޤަސްތުގައި ކުއްޖަކު މެރުމުގެ ދަޢުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދަޢުވާއެކެވެ. އެ ދެ މައްސަލައުގެ ޙުލާސާ ބަޔާން ހުށަހެޅުމަށް ބޭއްވި އަޑު އެހުމުގައި ދައުލަތުން ވަނީ އެ މައްސަލައިގެ ޙުކުމް މާރޗްމަހުގެ 15އިގެ ކުރިން ކޮށްދިނުމަށް އެދިވަޑައިގަންނަވާފައެވެ.

ޝަރީއަތުން ނިންމެވީ މި މައްސަލައިގެ ޙުކުމް މާރޗް މަހުގެ 12 ވަނަ ދުވަހު ކުރުމަށެވެ. ކުރިން މި މައްސަލައިގެ ޙުކުމް ކުރަން ހަމަޖެހިފައި އޮތީ މާރޗް އަށް ވަނަ ދުވަހުއެވެ.

އިބްތިހާލް މަރާލި މައްސަލައިގައި ތުހުމަތުގައި، ބަންދު މުއްދަތު ޖަހަން އާފިޔާ ވ. ތިނަދޫ މެޖިސްޓްރޭޓު ކޯޓަށް ގެންދިޔުމުން އެ ކޯޓުގައި އާފިޔާ ވަނީ ގާޒީގެ ކުރިމަތީގައި، އިބްތިހާލް މަރާލިކަމަށް އިއުތިރާފްވެފައެވެ. މީގެ އިތުރުން ފުލުހުންގެ ތަހުގީގަށް އާފިޔާ ދިން ބަޔާނުގައި އާއި ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައިވެސް އޭނާ ވަނީ އިބްތިހާލް މަރާލިކަމަށް އިއުތިރާފްވެ އިބްތިހާލް މަރާލި ގޮތުގެ ތަފްސީލްވެސް ހާމަކޮށްފައެވެ.

ނަމަވެސް އޭގެ ފަހުން އާފިޔާގެ އިއުތިރާފް ބަދަލުކޮށް، ގަސްތުގައި އިބްތިހާލް އަށް އަނިޔާ ނުކުރާ ކަމަށާ، އިބްތިހާލް މަރާލީ ގަސްތުގައި ނޫން ކަމަށް އާފިޔާ ވަނީ ބުނެފައެވެ.

"ޑޮކްޓަރުން ހަދަނީ ދޮގު. އެއްވެސް ކުއްޖަކަށް ގަސްތުގައި އަނިޔާކޮށްފައެއް ނުވާނެ. އެއްވެސް ކުއްޖަކު ގަސްތުގައެއް ނުމަރަން." އާފިޔާ ބުންޏެވެ.

ދައުލަތުން ވިދާޅުވީ މަރުގެ މައްސަލައިގައި އާފިޔާގެ މައްޗަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ ވަރަށް ހެކި ހުށަހެޅިފައިވާ ކަމަށް ޤަބޫލުކުރައްވާކަމަށެވެ. އަދި އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އެ މައްސަލަ ސާބިތުވާ ކަމަށް ގާޒީއަށް ފެނިވަޑައިގަންނަވާ ނަމަ، އެ ހާލަތުގައި ތައުޒީރީ އަދަބެއް ދިނުމަށް ހުކުމް ކުރެވިދާނެކަންވެސް ދައުލަތުން ފާހަގަކުރެއްވިއެވެ.

އެއްވެސް ޝައްކެއް ނެތް މިންވަރަށް މަރުގެ މައްސަލައެއް ސާބިތުވެ، ވާރިސުން ގިސާސް ހިފަން ބޭނުންވާ ނަމަ އެ މީހެއްގެ މައްޗަށް ކުރާނީ މަރުގެ ޙުކުމެކެވެ. އަދި ގިސާސް ހިފަން ބޭނުން ނުވާ ނަމަ ކުރާނީ ޖަލު ހުކުމެކެވެ. އެހެންނަމަވެސް، މަރުވާ މީހާގެ މައިންބަފައިންގެ ތެރެއިން މީހަކު ދަރިފުޅު މަރާލާ މައްސަލަތަކުގައި އިސްލާމީ ޝަރީއަތުގެ ދަށުން ގިސާސް ހިފުމަކީ ހިލާފު އުފެދޭ މައްސަލައެކެވެ.

ޙުލާސާ ބަޔާން އިއްވަމުން ދައުލަތުން ވަނީ އިބްތިހާލް މަރުވެފައު ވަނީ އާާފިޔާ އޭނާ ނޭވާ ހާސްކުރުމުން ކަމަށާ، އާފިޔާ އިބްތިހާލްއަށް އަނިޔާ ކޮށް، އިހުމާލުވާ ކަމާއި، އަފިޔާގެ އެހެން ދަރިންނާއި އިބުތިހާލް އާއި ތަފާތުކުރިކަން ހެކިންގެ ހެކިބަހުން އެނގޭ ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ދައުލަތުން ހުށަހަޅާފައިވާ ޝަފަވީ އަދި ކިތާބީ ހެކިތަކުން އެނގޭކަން ދައުލަތުން ފާހަގަކުރައްވައެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައި އޮތް މައްސަލައެއްގެ ހުކުމަށް ރިއާޔަތްކުރައްވާ ދައުލަތުން ވިދާޅުވީ، އާދަމްގެ ދަރިއެއްގެ ހައްގު ހިމެނޭ މައްސަލައެއްގައި އިއުތިރާފުވުމަށް ފަހު ދެއްކި ވާހަކަ އަނބުރާ ގެންދިޔަ ކަމުގައި ވިޔަސް ކުރިން ވެފައިވާ އިއުތިރާފު ގަބޫލު ކުރެވޭނެ ކަމަށެވެ.

އަދި އިބްތިހާލްގެ ސިއްހީ ރިޕޯޓްތަކުންނާއި، އާފިޔާ ފުލުހުންނަށް ދީފައިވާ ބަޔާނުގެ ރެކޯޑިން އިން އިބްތިހާލް މަރާލުމުގެ ވިސްނުން އާފިޔާގެ ހުރިކަން ސާފުވާ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

އަނިޔާވެރި ގޮތަކަށް އިބްތިހާލް މަރާލާފައިވަނީ 2015 ވަނަ އަހަރު ތެރޭގައެވެ. އޭނާ އަށް ވަރަށް ބޮޑަށް އަނިޔާކޮށްފަ ހުރި ކަމުގެ ނިޝާންތައް ވަނީ ހަށިގަނޑުން ފެނިފައެވެ. އާފިޔާގެ މައްޗަށް އިބްތިހާލް މެރިކަމުގެ ދަޢުވާ ކުރެވޭއިރު އޭނާ ވަނީ އިބްތިހާލަށް ވަރަށް ގިނައިން އަނިޔާކޮށްފައިވާނެ ކަމަށް މީގެ ކުރިން ބޭއްވި ބައެއް ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފް ވެފައެވެ. އަދި އޭނާ އަނިޔާ ކުރަނީ އެއީ "ބައްޕަ ނެތް ކުއްޖަކަށް ވާތީ" ކަމަށްވެސް ވަނީ ބުނެފައެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެ ދައުވާއަށް އިންކާރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަރުކަށި އަދަބު

    1. ހެނދުނު ހެނދުނާ ކަރުތާފެނަށް މޫދަށް އެރުވާފައި އިރު އޮއްސުނީމާ ގެނެސް ގޮޅިއަށްލުން
    2. މިސުރު ގަނދަކޯޅިފަތަކުން އެތެޅިތެޅީނުން ތަޅާ ސުންނާފަތިކޮށްލުން (ބަސްއަހަންދެން)
    3. 17އަހަރުވަންދެން ކައިކައިގެން ގޮޅީގައި ނިދުން.

    13
  2. ހަރުކަށި އަދަބުގެ ކޮމެންޓާ ގުޅޭ

    ނަމަނަމަ މަރާނުލާތި

    2
    26
  3. ތެދުބަސް

    މިފަދަ އަމަލުކުރާ މީހުންނަށް ދޭންޖެހޭ އަދަބަކީ ދުނިޔެއަށް މިސާލެއްގެ ގޮތުގައި ދަށްކުވައިދޭ ފަދަ އަދަބަކަށް ވާންޖެހޭނެ.ބައަޕަ ނެއްކުއްޖެކޭ ބުނާއިރު ބައްޕަނެތް ކުއްޖަކަށް އެކުއްޖާވީ ކާކުގެ އިހުމާލުން.އެދުންވެރިކަން ބޮޑުވެގެން ކަހައިގެން ޒިނޭކުރިއިރު ނޭގޭތަ މިފަދަ ހާލަތެއް އަތުވެދާނެ ކަމަކަށް.ނުބައި ކަމެއް ކޮށްފަ އަދި އިތުރު ނުބައި ވެގެންވާ ބޮޑު ނުބައިކަމެއް މިކުރީ.މީނަހަމަ އޮށްގަލުންތަޅާ ރަޖަމް ކުރަންވީ.

    32
    2
    • 19 ނަވާރަ

      ވެދާނެ ގަނދަކަމުން ޖިންސީ ގޯނާ ކުރީކަމަށް.

  4. ادم

    ރާއްޖޭގެ تاريخ ގައިވެސް އެ ބުނާ ثابت ހެއްކާއި އެކު މަރުގެ حكم تنفيذ ކުރިތޯއެވެ؟ ނުކުރޭ.
    ދެން މީނަ އަށް ވާ ގޮތް ވެސް ފެނިގެން ދާނެ ތާ!