ފެމަލީ ކޯޓުގެ ގާޟީ ހުޒައިފާ މުހައްމަދު އާއި ލ.ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަބްދުލްފައްތާޙް ޢަބްދުލްޣަފޫރުގެ މައްސަލައެއް ބަލަން ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވިދާޅުވެއްޖެއެވެ.

ޖޭއެސްސީން ވިދާޅުވީ، ޖޭއެސްސީންގެ ގާނޫނުގައިވާ ގޮތަށް މައްސަލަ ބެލުމާއި މެދު ގޮތެއް ނިންމާ ކޮމިޓީއިން ބެލުމަށްފަހު، މިއަދުގެ ކޮމިޝަންގެ ބައްދަލުވުމަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ކޮމިޓީން ހުޒައިފާ އާއި ޢަބްދުލްފައްތާޙްގެ މައްސަލަ ބެލުމަށް ތަޙްޤީޤު ކޮމިޓީ އެކުލަވާލި ކަމަށެވެ.

އެ ދެ ފަނޑިޔާރުންނާއި ގުޅޭގޮތުން ބަލަމުން ދަނީ ކޮން މައްސަލައެއްކަން ހާމަކޮށްފައެއް ނުވެއެވެ.

ޖޭއެސްސީން މީގެ ކުރިންވެސް ހުޒައިފާއާ ގުޅޭ މައްސަލައެއް ބެލިއެވެ. ފަހުން ޖޭއެސްސީން ވިދާޅުވީ، އެ މައްސަލަ ނުބަލަން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން، މިއަދު ޖޭއެެސްސީން ވަނީ، ސިވިލް ކޯޓުގެ ޤާޟީ ޢަބްދުއްނާޞިރު ޝަފީޤާ ބެހޭގޮތުން ކޮމިޝަނުން 07 އޮކްޓޫބަރ 2010 ގައި
ތަޙްޤީޤުކުރުމަށް ނިންމާފައިވާ މައްސަލަ ސާބިތުނުވާކަމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙަސަނާ

    ވަރައްސާފުކޮއް މިހާރު އިގޭ މިރާއްޖޭގަ އަދުލުއިންސާފު ގާއިމުކުރަން އިސްލާމީ ސަރީއާ ކިއަވާފަހުރި އެކަކުވެސްނުބަހައްޓާނެ އަދިެަންހެންގާޒީންވެސް އައުރަނިވާކުރާ ގޮތައްހެދުން އާޅާނަމަ ވަކިކުރާނެ ތިޖޭސީގަމިހާރު ނެތް ސަހަލު އެކަކުވެސް މިގަުމުގަ ސެކިއުލާ ވެރިކަމެއްފެށެން ތައްޔާރުވަނީ އެފިކުރެއްދެންމަތައެއްނުކުރެވޭނެ ވެރިކަމުގެ ކޮއިލުވަނީހިސޯރުކޮއްފާ...

    20
    2
  2. ޙަސަނާ

    ވަރައްސާފުކޮއް މިހާރު އިގޭ މިރާއްޖޭގަ އަދުލުއިންސާފު ގާއިމުކުރަން އިސްލާމީ ސަރީއާ ކިއަވާފަހުރި އެކަކުވެސްނުބަހައްޓާނެ އަދިެަންހެންގާޒީންވެސް އައުރަނިވާކުރާ ގޮތައްހެދުން އާޅާނަމަ ވަކިކުރާނެ ތިޖޭސީގަމިހާރު ނެތް ސަހަލު އެކަކުވެސް މިގަުމުގަ ސެކިއުލާ ވެރިކަމެއްފެށެން ތައްޔާރުވަނީ އެފިކުރެއްދެންމަތައެއްނުކުރެވޭނެ ވެރިކަމުގެ ކޮއިލުވަނީހިސޯރުކޮއްފާ.....ސުބހާނައްލާހު ހުރިހިތާމައެއްގެ ބޮޑުކަމާއެ..

    14
    1
  3. އަލިބެއްޔާ

    މީހަކަށް ލަޑެއް ދޭނަމޭ ހިތާ އުޅުނު މީހެއް.. މީހާރު އޭނަ އާއި ދިމާލަށް..

  4. އިބްރާ

    ޝޭޚް އިމްރާންމެންފަދަ އަމިއްލަ އެދުމުން ފޯވެފައިވާ ބަޔަކު ރައްޔިތުން ހައްލައިގެން ރާއްޖެއަށް ގެނައި ލާދީނީ ވެރިކަން މިވަނީ މުޅިރާއްޖެ ހަލާކު ކޮށްލުމާއި ދިމާލަށް މިސްރާބު ޖަހާފައެވެ. މިހިސާބަށް ކަންކަން ދިޔައިރުވެސް އިމްރާނާއި އިލްޔާސް މެންފަދަ ބޭފުޅުން ސަރުކާރަށް ތާއީދުކުރާކަމި ރާއްޖެ ހަލާކުވެގެންދިއުންވެސް އެބޭފުޅުންގެ ވަޒީފާ ދޫކޮށްލުމަށްވުރެ ރަނގަޅުކަމެވެ.

  5. ޒާހިރު21

    ހަމަ ރޭވުމެއްގެ ދަށުން ޕޯޕް އަންގައިގެން ކުރާ ކަންކަން