މުވައްޒަންނަށް ޖިންސީ ގޯނާ ކުރި ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގް އިސް މެޖިސްޓްރޭޓް ހަސަން ދީދީ މަގާމުން ވަކި ކުރަން ރައްޔިތުންގެ މަަޖިލީހަށް ހުށަހަޅަން ޖުޑިޝިއަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން ވިދާޅުވީ، .ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓު އިސްމެޖިސްޓްރޭޓް ހަސަންދީދީއާ ގުޅޭ މައްސަލަތަކެއް ސާބިތުވެފައިވާތީ އޭނާ މަގާމުން ވަކި ކުރުމަށް ޖޭއެސްސީން ނިންމާފައިވާކަަމަށެވެ.

އެގޮތުން ހަސަންދީދީގެ މައްޗަށް އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރުމާއި، ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ ބެލުމާއި، މުވައްޒަފަކަށް ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ ދެއްކުމާއި ޤާނޫނާ ޚިލާފަށް ދަތުރުކުރުމާއި، ބިލްތައް ހެދުމާއި، ހަޑިހުތުރުބަހުން އެއްޗެހި ގޮވުމާއި، ކޯޓުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރުމާއި، ހެކީންގެ ބަޔާން ނެގުމަށް ހުރަސްއަޅާ މައްސަލަތައް ސާބިތުވެފައިވާކަަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

ޖޭއެސްސީން ވިދާޅުވީ، ހަސަން ދީދީ ފަނޑިޔާރުކަމުގެ މަސްޢޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގަ އާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ ބަޔާންކުރާ ސުލޫކާ ކަނޑައެޅިގެން ޚިލާފުވެ، ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ ޢަމަލުތަކެއް އޭނާ ކޮށްފިކަމަ ކޮމިޝަނަށް ސާބިތުވެފައިވާ ކަމަށެވެ.

އަދި އޭނާ ފަނޑިޔާރުކަމުގެ މަޤާމާ އެކަށީގެން ނުވާ އަމަލުތަކެއްކޮށްފައިވާކަމަށް ސާބިތުވެފައިވާތީ އޭނާ ފަނޑިޔާރުކަމުން ވަކި ކުރުމަށް ޖޭއެސްސީން މަޖިލީސް އަށް ހުށަހަޅަންް ނިންމީ ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

އޭނާއާ ގުޅޭ މައްސަލަތަކެއް ފުލުހަށްވެސް ހުށަހެޅިއެވެ. އަދި އެ މައްސަލަތަކާއި ގުޅިގެން އޭނާާ ވަޒީފާއަށް ނުނިކުތުމަށްވެސް އެންގިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢެސްކޮބާ

    ކޮބާ؟ ހީވޭ ކަމެއްހެން. މީ އެމްޑީޕީ އަށް ތާޢީދު ކުރާ، އެމްޑީޕީ އަށް މަރުދޭ ގޮލައެއް. އަދުލު އިންސާފް ޤާއިމް ކުރުމަށްޓަކައި، ފަނޑިޔާރުގެ މިނިވަން މުސްތަޤިއްލު ތަނަކަށް ހެދުމަށްޓަކައި ރައީސް އ.މުޙައްމަދު ޞާލިޙް ވެފައިވާ ވަޢުދު ފުއްދާތަން މިފެންނަނީ. ޕާޓީ އަށް ތާޢީދު ކުރާ ޤާޞީ މުުލުން ލުހެލަނީ. މިއީ ޢިންޝާﷲ ރައްޔިތުންގެ އިތުބާރާ ލޯބި ހޯދާނެ ވެރިއެއް
    މަޑުމައިތިރި، ޙިކްމަތްތެރި،ޙުލްޤް ހެޔޮ ކެތްތެރި ވެރިއެއް ، ޢިންޝާﷲ

    2
    5
  2. މަރިޔަމް ރރ

    ވަރަށް ރަނގަޅު ނިންމުމެއް. އިންސާފުގެ ކުލަވަރު މި ފެންނަނީ. ނޯވަން އިޒް އެބޯ ދަ ލޯ. ދެން ކޮންއިރަކުތޯ ގާޒީ ހަސަން ނަޖީބުގެ މަައްސަލަތަށް ބަލަނީ. އޭނާ ހިންގާފައިވާ ޖަރީމާތައްވެސް ބަލަންޖެހޭ.

    1
    1
  3. މަރިޔަމް 15

    ވަރަށް ރަނގަޅު ނިންމުމެއް. އިންސާފުގެ ކުލަވަރު މި ފެންނަނީ. ނޯވަން އިޒް އެބޯ ދަ ލޯ. ދެން ކޮންއިރަކުތޯ ގާޒީ ހަސަން ނަޖީބުގެ މަައްސަލަތަށް ބަލަނީ. އޭނާ ހިންގާފައިވާ ޖަރީމާތައްވެސް ބަލަންޖެހޭ.

  4. އެމަންޖެ

    މިސަރުކާރައް ކުރެވޭނެ ހަމައެކަނި ކަމަކީ އަނގަ ތލވުން އެކަނި، އިސްތިއުފާ.