މި ބްލޮގްގައި ޝެއާ ކުރަމުން ގެންދާނީ ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ "ކޮވިޑް-19" އާއި ގުޅުންހުރި އެންމެ ފަހުގެ ޚަބަރުތަކާއި ދުނިޔެ އާއި ރާއްޖެ އިން ފާހަގަ ކުރެވޭ ޚަބަރުތަކާއި ޚަބަރުތަކުގެ ތަފްސީލެވެ.


23:39

ޖަރުމަންވިލާތުން އިތުރު 13 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ބަލި ޖެހުނު މީހުންގެ ޖުމްލަ 40 އަށް އަރައިފި.

23:31

ޔޫއޭއީ އިން އިތުރު ހަމީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ބަލި ޖެހުނު މީހުންގެ ޖުމްލަ 19 އަށް އަރައިފި.

ސްޕޭނުން އިތުރު އެކަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ބަލި ޖެހުނު މީހުންގެ ޖުމްލަ 17 އަށް އަރައިފި.

އޮމާނުން އިތުރު ދެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ބަލި ޖެހުނު މީހުންގެ ޖުމްލަ ހައަކަށް އަރައިފި.

23:12

22:36

21:30

21:27

21:10

ލުބުނާނުން ކޮވިޑް-19 ޖެހިފައިވާ ތިންވަނަ މީހަކު ފެނިއްޖެ. ލުބުނާނުން ބުނީ އެގައުމުން ކޮވިޑް-19 އަށް އެންމެ ފަހުން ޕޮޒިޓިވްވީ މިމަހުގެ 24 ވަނަ ދުވަހު އީރާނުން އައި މީހެއް ކަމަށް. އޭނާ މިހާރު ވަނީ ބެއިރޫތުގެ ހޮސްޕިޓަލެއްގައި ކަރަންޓީން ކޮށްފައި.

މީގެ ކުރިން ލުބުނާނުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ ވެސް އީރާނުން އެގައުމަށް އައި ދެމީހުން.

19:27

ކެނެޑާގައި އިތުރު މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ، އެ ގައުމުން މިހާތަނަށް ކޮވިޑް19ޖެހުނު މީހުންގެ އަދަދު ވަނީ 13 އަށް އަރާފައި.

19:27

ސްވިޒްލޭންޑުގައި އިތުރު މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ، އެ ގައުމުން މިހާތަނަށް ކޮވިޑް19ޖެހުނު މީހުންގެ އަދަދު ވަނީ 4އަށް އަރާފައި.

19:25

ސިންގަޕޫރުގައި ތިން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ، މިހާރު އެގައުމުން ކޮވިޑް19 ޖެހުނު މީހުންގެ އަދަދު ވަނީ 96 އަށް އަރާފައި.

19:14

19:03

18:01

17:04

ކޮވިޑް19 ޖެހިގެން އިޓަލީން އިތުރު ދެ މީހަކު މަރުވެއްޖެ، އެ ގައުމުން ކޮވިޑް19 ޖެހިގެން މަރުވި މީހުންގެ އަދަދު 14 އަށް ވަނީ އަރާފައި.

16:35

އިސްރާއީލުން އިތުރު އެކަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ. އެގައުމުން މިހާތަނަށް ތިން މީހަކު ވަނީ ކޮވިޑް 19އަށް ޕޮޒިޓިވްވެއްޖެ

16:34

ގްރީސް އިން އިތުރު ދެ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ. އެ ގައުމުން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ތިނަކަށް ވަނީ އަރާފައި.

16:33

އޮސްޓްރިއާގައި އިތުރު މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ، ކޮވިޑް19 އަށް އެ ގައުމުން ޕޮޒިޓިވްވި މީހުންގެ އަދަދު 3އަށް އަރައިފި.

16:27

ހޮންގކޮންގ އިން އިތުުރު ތިން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ. އެ ގައުމުން ކޮވިޑް19 ޖެހުނު މީހުންގެ އަދަދު 92 އަށް ވަނީ އަރާފައި.

16:26

ކޮވިޑް19 ޖެހިގެން ޖަޕާނުން އިތުރު މީހަކު މަރުވެއްޖެ. އެ ގައުމުގައި މަރުވި މީހުންގެ އަދަދު 4 އަށް ވަނީ އަރާފައި. އަދި އެގައުމުން އިތުރު 35 މީހަކު ކޮވިޑް19 އަށް ވަނީ ޕޮޒިޓިވްވެފައި. އެ ގައުމުން މިހާތަަނަށް ޖުމްލަ 207 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައި.

16:20

16:12

އީރާނުން އިތުރު ސީނިއާ މީހަކަށް ކޮވިޑް 19 ޖެހިއްޖެ. އެގައުމުގެ ސިއްހަތާއި ބެހޭ ޑެޕިޔުޓީ މިނިސްޓަރުވެސް ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ.

16:00

އިނގިރޭސިވިލާތުން އިތުުރު ދެ މީހަކު ކޮވިޑް 19އަށް ޕޮޒިޓިވްވެއްޖެ. މިހާރު އެ ގައުމުން 15 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައި.

 

15:59

ސްވިޒް ލޭންޑް އިތުުރު ދެ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ. އެ ގައުމުގައި މިހާރު ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު ހަތަރަަކަށް ވަނީ އަރާފައި.

14:49

ބަހުރޭނުން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ. މިހާރު އެ ގައުމުގައި މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 15 އަށް އަރާފައި.

14:18

ދެކުނު ކޮރެއާ އިން އިތުރު 505 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

14:10

ސްވިޓްޒިލެންޑުން ކޮވިޑް-19 އަށް އެކަކު ޕޮޒިޓިވްވެއްޖެ. މިހާރު އެ ގައުމުގައި ދެ މީހެއްގެ ގައިން މި ބަލި ފެނިފައިވޭ.

14:09

ސްޕެއިން އިން ކޮވިޑް-19 އަށް އިތުރު މީހަކު ޕޮޒިޓިވްވެއްޖެ. އެ ގައުމުން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 14 އަށް އަރާފައި.

14:05

ދެކުނު ކޮރެއާ އިން އިތުރު 505 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ.

13:02

ކުވައިތުން އިތުރު 17 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ 43 އަށް އަރައިފި.

ޖަޕާނުން ވެސް އިތުރު 17 މީހުން ޕޮޒިޓިވްވެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ 189 އަށް އަރައިފި.

 

12:02

11:12

10:43

ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުންދާ އިޓަލީވިލާތް، އީރާން އަދި ދެކުނު ކޮރެއާގެ ޑެގޫ ސިޓީ އާއި ޗެންގްޑޯ އަށް ފާއިތުވި 14 ދުވަހު ޒިޔާރަތް ކޮށްފައިވާ މީހުން ފިޖީއަށް އެތެރެވުން އެގައުމުން މަނާކޮށްފި.

10:09

ޗައިނާ ފިޔަވައި ދުނިޔޭގެ އެހެން ގައުމުތައް އޮތީ ކޮވިޑް-19 ބޮޑަށް ފެތުރިގެން ހިނގައިދާނެ ކަމަށް ތައްޔާރުވެގެން ނޫންކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ.ބްރޫސް އަލްވާޑް ވިދާޅުވެއްޖެ.

09:59

ޕާކިސްތާނުން ކޮވިޑް-19 ޖެހިފައިވާ ދެމީހަކު ފެނިފައި ވާތީ ޕާކިސްތާންގެ ހުރިހާ ސުކޫލެއް މާޗް މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ބަންދު ކުރަން އެގައުމުގެ ސަރުކާރުން ނިންމައިފި.

09:39

ޑައިމަންޑް ޕްރިންސަސްގައި ތިބި އިންޑިއާގެ 119 ފަސެންޖަރުން މިއަދު ނިއުދިއްލީއަށް ގެންގޮސްފި. އެމީހުން ދިއްލީ އަށް ގެންދިޔައީ އިންޑިއާ ސަރުކާރުން ހަމަޖެއްސި ހާއްސަ ފްލައިޓެއްގައި.

09:17

ތުނބުޅި ހުންނަ ގޮތުން ނޮވެލް ކޮރޯނާވައިރަސް ކޮވިޑް-19 ޖެހުމުގެ ފުރުސަތު ބޮޑުވާކަމަށް އެމެރިކާގެ ސެންޓާސް ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެފި.

09:08

ކޮވިޑް-19 ހަލުވިކަމާއި އެކު ފެތުރެމުން ދާތީ އުމުރާގެ އަޅުކަމަށް އެހެން ޤައުމުތަކުގެ މީހުން ސައޫދީ އަރަބިއްޔާއަށް އެތެރެވުން ސައުދީ އަރަބިއްޔާ ސަރުކާރުން ވަގުތީ ގޮތުން މަނާކޮށްފި.

08:59

ބަހްރޭން އިން އިތުރު ހަތް މީހަކު ކޮވިޑް-19 އަށް ޮޕޮޒިޓިވް ވެއްޖެ. އެގައުމުން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 33 އަށް އަރާފައި.

08:58

ދެކުނު ކޮރެއާ އިން އިތުރު 334 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. އެގައުމުން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1594 އަށް އަރާފައި.

08:56

ރޮމޭނިއާ އިން ކޮވިޑް-19 ފެނިއްޖެކަން އެގައުމުގެ ސަރުކާރުން އިއުލާން ކޮށްފި.

08:45

ދެކުނު ކޮރެއާ އިން އިތުރު މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. ދެކުނު ކޮރެއާ އިން މިބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފައި.

08:44

ޖަޕާން އަންހެނަކަށް ދެވަނަ ފަހަރަށް ކޮވިޑް-19 ޖެހިއްޖެ. ޖަޕާން ސަރުކާރުން ބުނީ ދެވަނަ ފަހަރަށް ބަލި ޖެހިފައި ވަނީ ޓްއާ-ބަސް ގައިޑަކަށް ކަމަށް. ޖަޕާނުން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 186 އަށް އަރާފައި.

08:41

ހަވާއިއަން އެއާ އިން ދެކުނު ކޮރެއާގެ ވެރިރަށް ސޯލްއަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް އެއެއާލައިނުން ބުނެފި.

08:39

ދެކުނު ކޮރެއާ އަށް ދަތުރުކުރުމުގައި ސަމާލުވާން އެމެރިކާ އިން ނެރެފައި އޮތް ޓްރެވަލް އެޑްވައިޒަރީގެ ލެވަލް ތިން ވަނަ ދަރަޖައަށް މަތިކޮށްފި. މިހާރު މަޖުބޫރު ވެގެން ނޫން ގޮތަކަށް ދެކުނު ކޮރެއާއަށް ދަތުރު ނުކުރަން އެމެރިކާ ސަރުކާރުން އެގައުމުގެ ރައްޔިތުންގެ ކިބައިން އެދޭ.

08:37

ކޮވިޑް-19 ފެތުރެމުން ދާތީ ސްކޫލްތަކާއި، ކޮލެޖްތަކާއި، ސިނަމާތަކާއި، ކެފޭތަކާއި، ކްލަބްތަކާއި އަދި ކުޅިވަރު ކުޅުމަށް އާއްމުން އެއްވާ ތަންތަން މާޗް މަހުގެ 07 ވަނަ ދުވަހާއި ހަމައަށް ބަންދު ކުރަން އިރާޤު ސަރުކާރުން ނިންމައިފި.

އިރާޤު ސަރުކާރުން ވަނީ ޗައިނާ، އީރާން، އިޓަލީ، ދެކުނު ކޮރެއާ، ތައިލެންޑް، ސިންގަޕޫރް، ޖަޕާން، ކުވައިތު އަދި ބަހްރޭނުން އިރާޤަށް މީހުން އެތެރެވުން ވެސް މިއަދުން ފެށިގެން މަނާކޮށްފައި.

08:33

އެމެރިކާ އިން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. އެމެރިކާގެ ސީޑީސީ އިން ބުނީ ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ ބަލި ފެތުރެމުންދާ އެއްވެސް ގައުމަކަށް ޒިޔާރަތް ކޮށްފައިވާ މީހެއް ނޫން ކަމަށް.

08:22

ހޮންކޮންގް އިން އިތުރު ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. ހޮންކޮންގް އިން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 91 އަށް އަރާފައި.

އޭގެ ތެރެއިން އެކަކީ 49 އަހަރުގެ އަންހެނެއް. އޭނާ އަކީ އިތުރު ގައުމަކަށް ދަތުރު ކޮށްފައިވާ މީހެއް ނޫން. ނަމަވެސް އޭނާ ވަނީ ބުޑިސްޓް ޓެމްޕަލްއަކަށް ޒިޔާރަތްކޮށްފައި. އެތަނަށް ޒިޔާރަތްކުރި އެހެން މީހުން ވެސް މީގެ ކުރިން ވައިރަސް އަށް ޕޮޒިޓިވް ވެފައިވޭ.

ދެން ވައިރަސް އަށް ޕޮޒިޓިވް ވެފައި ވަނީ 26 އަހަރުގެ ފިރިހެނެއް. އެއީ ކުރިން ބަލި ޖެހިފައިވާ މީހެއްގެ ދަރިއެއް.

08:20

ކޮވިޑް-19 ޖެހިގެން ބުދަ ދުވަހު ޗައިނާ އިން މަރުވެފައި ވަނީ 29 މީހުން ކަމަށް އެގައުމުން ބުނެފި. ޗައިނާ ފިޔަވައި އެހެން ގައުމުތަކުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 3225 އަށް އަރާފައި. އަދި ޗައިނާ ފިޔަވައި އެހެން ގައުމުތަކުން މަރުވި މީހުންގެ އަދަދު ވަނީ 57 އަށް އަރާފައި.

08:09

ނޮވެލް ކޮރޯނާވައިރަސް ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ ޗައިނާގެ ވޫހާންގައި ތިބި ދެދިވެހިން މިއަދު އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ގެންގޮސްފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެ.

01:43

އިޓަލީން އިތުރު 58 މީހަކު ކޮވިޑް19 ޖެހިއްޖެ. މިހާރު އެގައުމުން ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު 458 އަށް ވަނީ އަރާފައި.

01:42

ކޮވިޑް-19 ޖެހިގެން ޖަޕާނުން އިތުރު މީހަކު މަރުވެއްޖެ. މިއީ އެ ގައުމުން ކޮވިޑް19 ޖެހިގެން މަރުވި ތިން ވަނަ މީހާ.

01:36

00:21

އެމެރިކާ އިން އިތުރު އެކަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. އެމެރިކާ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 15 އަށް އަރާފައި.

ކޮވިޑް-19 އީރާނާއި އިޓަލީވިލާތުން ފެނުނު ފަހުން އެދެގައުމުގެ އަވައްޓެރި ގައުމުތަކަށް ބަލި ފެތުރުން ވަރަށް ބޮޑަށް އިތުރުވެ، ބިރުވެރިކަން އިތުރުވާން ފަށައިފިއެވެ.

މިއަދު ޔޫރަޕާއި، މެދުއިރުމަތި، އަދި ދެކުނު އޭޝިއާ އާއި އުތުރު އެމެރިކާ އިން ވެސް ވަނީ ބައްޔަށް އިތުރު މީހުން ޕޮޒިޓިވް ވެފައެވެ. އުތުރު އެމެރިކާ ބައްރުގައި ހިމެނޭ ބްރެޒިލް އިން މިއަދު ވަނީ ކޮވިޑް-19 ފެނިފައެވެ. ދެކުނު އޭޝިއާގެ ޕާކިސްތާނުން ބަލި މިއަދު ފެނިފައި ވާއިރު އިޓަލީވިލާތާއި އީރާންގައި ހަލުވިކަމާއި އެކު ބަލި ދަނީ ފެތުރެމުންނެވެ.

ޑަބްލިއުއެޗްއޯ އިން ވިދާޅުވަމުން ގެންދަވަނީ ދުނިޔެ ބޮޑު ރޯގާއަކަށް ތައްޔާރުވާން ޖެހިފައިވާ ކަމަށާއި މިއީ ބޮޑު ރޯގާއަކަށް ތައްޔާރުވުމުގެ ވަގުތުކަމަށް ބަލައިގެން ހަރުދަނާ ފިޔަވަޅުތަކެއް ހުރިހާ ގައުމަކުން ވެސް އަޅަމުން ގެންދަން ޖެހޭ ކަމަށެވެ.

ބައްޔާއި ގުޅިގެން ރާއްޖެ އިން ލިބުނު ޚަބަރުތަކަށް ބަލާއިރު ކްރޫޒްލައިނާތައް ރާއްޖެ އައުމުގެ ހުއްދަ ނުދޭން ސަރުކާރުން ވަނީ މިރޭ ނިންމަވާފައެވެ.

އަދި އީރާނާއި ދެކުނު ކޮރެއާގެ ދެ ސަރަހައްދަކުން ރާއްޖެ އަށް މީހުން އައުން މަނާ ކުރަން ވެސް ވަނީ ނިންމާފައެވެ. ނަމަވެސް ބަލި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ އިޓަލީވިލާތުން ރާއްޖެ އަށް މީހުން ދަތުރު ކުރުގައި އެއްވެސް ހުރަހެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބްރޯ

    ދިުނިޔޭގެ އެއްގައުމުން އަނެއްގައުމަށް މީހުން ދަތުރު ކުރުމާއި ގެއިންބޭރަށް ނިކުމެ އުޅުން 2 މަސްދުވަހަށް ހުރިހާފަރާތްތަކަކުންވެސް އަމަލުކުރެވެފަދަ އެލާޓެއް ގާއިމް ކުރުމާއެކު މީހަކު ބަލިވެއްޖެ ނަމަ އެގެއެއް ކަރަންޓީނު ކުރުމާއެކު ސިއްހި ހިދުމަތްތެރިންނޫންމީހުން ޒިޔާރަތް ކުރުން މަނާ ކޮށްގެން ބަލި ކޮންޓްރޯލް ވޭތޯ މަސައްކަތް ކުރަންފެނޭ

  2. މަށަކީ

    ޕާކިސްތާނުން ކޮވިޑް-19 ޖެހިފައިވާ ދެމީހަކު ފެނިފައި ވާތީ ޕާކިސްތާންގެ ހުރިހާ ސުކޫލެއް މާޗް މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ބަންދު ކުރަން އެގައުމުގެ ސަރުކާރުން ނިންމައިފި

    ޕުލީޒް ދޮގުނަހަދާ..
    ހުރިހާ ސުކޫލެއް ނޫން ބަނދުކުރީ ..ހަމައެކަނި ކަރާޗީގެ ސިންދުގެ ސުކޫލުތަށް އެކަނި...

  3. ޖެކް

    ރާއްޖޭގެ ރައްޔިތުން ގެ ސަލާމަތަށް ޓަކަ އި ވަ އަރަސް ފެތުރޭ ގަ އިން ގެ މީހުން އައި އުން މަނާކުރޭ ފަތުރުވެރިކަމުން ލިބޭނެ މަންފާ އައް ނުވިސްނާ