ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލުތައް ބެލުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލި އެސެޓް ރިކަވަރީ ކޮމިޝަނުގެ މެންބަރު ކަމުން އާސް އަބްދުﷲ އިސްތިއުފާ ދެއްވައިފިއެެވެ.
ފޭސްބުކްގައި އާސް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮމިޝަނުން އިސްތިއުފާ ދެއްވި ކަމުގެ ލިޔުމުގެ ސިޓީ މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިހާރު ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި އެފަދަ ކޮމިޝަނެއްގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބުމުން އާސް ވަނީ ރައީސް ސޯލިހަށް ޝުކުރު ދަންނަވައިފައެވެ.
ނަމަވެސް އާސް އިސްތިއުފާ ދެއްވީ ކީއްވެގެން ކަމެއް ވިދާޅެއް ނުވެއެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވައުދުފުޅެކެވެ.
އެ ކޮމިޝަން އުފައްދިތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ އިރު، އެތަނުގެ މަސައްކަތްތައް ލަސްވެ ބައެއް މައްސަލަތަށް އަދި ބަލަން ވެސް ނުފެށި ހުރުމުން ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ.
ކޮމިޝަނުގެ މަސައްކަތްތައް ނިމިފައިހުރި ވާހަކަ އާއި ރިޕޯޓް ތައްޔާރު ކުރަމުންދާ ވާހަކަވެސް ވަގުތު ނޫހުގައި އެބައޮތް ނޫންތޯ؟